ސާފުނުކުރާ ތެޔޮ ބަރުކޮށްގެން ކުވައިތުން އިންޑިއާ އަށް ދަނިކޮށް ލަންކާގެ އިރުމަތީ ފަރާތު ބޭރުން މިއަދު ހެނދުނު އަލިފާން ރޯވި ތެޔޮ ޓޭންކަަރެއްގައި ހުރި ތެޔޮތައް ކަނޑަށް އެޅެން ފެށުމުން ރާއްޖެ އާއި ހަމައަށް ވެސް އެތެޔޮތައް ފެތުރިގެން ހިނގައިދާނެ ކަމުގެ އިންޒާރު ބައެއް ފަރާތްތަކުން ދޭން ފަށައިފިއެވެ.
ލަންކާގެ ކަނޑުގެ ސިފައިންގެ ތަރުޖަމާނަކު މީޑިއާ އަށް މައުލޫމާތު ދެމުން ބުނީ އަނދަމުންދާ ޓޭންކަރު މިހާރު އޮތީ ލަންކާގެ އިރުމަތިން 20 މޭލު ބޭރުގައެވެ. ޓޭންކަރުގައި ރޯވެ އަނދަން ފެށިއިރު ކަނޑަށް ތެޔޮ ލީކެއް ނޫވެއެވެ. ނަމަވެސް މިއަދު އިރުއޮއްސުނުއިރު ކަނޑަށް ކޮންމެވެސް ވަރަކަށް ތެޔޮ ލީކްވާން ފަށައިފި ކަމަށް ރިޕޯޓްތައް ބުނެއެވެ.
ލަންކާގެ މެރިން ޕްރޮޓެކްޝަން އޮތޯރިޓީން ބުނީ އަލިފާން ރޯވެގެން އުޅޭ ޓޭންކަރުގައި ދެ މިލިޔަން ފީފާގެ ސާފު ނުކުރާ ތެޔޮ އެބަހުރި ކަމަށެވެ.
ރައީސް އޮފީހުގެ މިނިސްޓަރު އަހުމަދު ނަސީމް ކުރެއްވި ޓުވީޓެއްގައި ވިދާޅުވެފައި ވަނީ ތެޔޮ ޓޭންކަރުން ބޭރުވާ ތެޔޮ ރާއްޖެއަށް ފޯރަފާނެތީ ރައްކާތެރިވުމުގެ ގޮތުން ފިޔަވަޅުތަކެއް އަޅަން ޖެހޭ ކަމަށެވެ. މިއީ ވަރަށް ބޮޑު ކާރިސާއަކަށްވުން އެކަށީގެންވާ ކަމަށް ވެސް ނަސީމް ވަނީ ވިދާޅުވެފައެވެ.
Maldives needs to watch this oil spill carefully and take all precautions to prevent it from reaching her shores. This could be a major disaster. pic.twitter.com/tTXPYHe3a0
— Ahmed Naseem (@KerafaNaseem) September 3, 2020
އަލިފާންގަނޑު ނިއްވައިލުމަށް ލަންކާ އިން އެހީތެރިކަމަށް އެދުމުން އިންޑިއާ އިން ވަނީ ތިން މަނަވަރާއި ޑޯނިއާ މަތިންދާބޯޓެއް އެ ސަރަހައްދަށް ފޮނުވައިފަ އެވެ. ސްރީލަންކާގެ ހަމްބަންޓޯޓާ ބަނދަރުގައިވާ ރަޝިއާގެ މަނަވަރުތަކެއް ވެސް އަންނަނީ އަލިފާން ނިއްވުމުގައި އެހީތެރިވަމުންނެވެ.
ލަންކާގެ މެރިން ޕްރޮޓެކްޝަން އޮތޯރިޓީން ބުނީ ތެޔޮތައް ކަނޑަށް އެޅެން ފަށައިފިނަމަ ދެން ކަންތައް ކުރާނެ ގޮތްތައް ވެސް މިހާރު ރާވަމުންދާ ކަމަށާއި އެންމެ ގޯސް ހާލަތުގައި ދިމާވެދާނެ ކަންކަމަށް ވެސް ތައްޔާރުވަމުންދާ ކަމަށެވެ.
ޕެނަމާގައި ރަޖިސްޓްރީކޮށްފައިވާ "ދަ ނިއު ޑައިމަންޑް" ނަމަކަށް ކިޔާ އެ ޓޭންކަރުގައި ރޯވީ އިންޑިއަން އޮއިލް ކޯޕަރޭޝަނުން ޗާޓަރުކޮށްްގެން އެގައުމުގެ ޕްރަދީޕް ބަނދަރަށް ދަތުކުރަނިކޮށެވެ.
އަނެތްކާާ ކާލާނެ ލާރިގަަޑެތްބޯމަތިވަނީދޯ އަވަހަަަށް
ދުނިޔޭގެ އެހީ އަށް އަަވަހަށް އެދޭށެވެ ؟
ގޮންޑު ދަށުން ތެޔޮނެގޭ ގޮތް ތިވަނީ ... ރިހޭ ފައި މަށްޗަށް ފޮއި ... މިކަން ވެސް ދިމާ މިވަނީ ނަގާބިލު ސަ ރުކާ ރާ ދޯ؟
ދެން މިރާއްޖޭގަ ނޫނަސް މިސަރަހަށްދުގަ ދެރަކަމެއް ވެއްޖެއްޔާ އެއީ ސަރުކާރުގެ ނާގާބިލުކަން ދެއްތޯ؟ ތިޔައީ ކުފޫހަމަނުވާ ބައިކުޅަނދު ޕީޕީ ޑީފެކުސަނުގެ ޑީގުރޭޑު ގުނބޯލުންގެ ވިސްނުމުގެ ފެންވަރު ހުންނަވަރު.. ތިޔަޒާތުގެ މީހުންތިބެގެން ކޮންކަމެއް ރަނގަޅުވާނީ؟
ދެން ކޮބައިތޯ މައްސަލައަކީ. ބަޔަކަށް ނޫނީ އުފާވެރިޚަބަރެއް. ދެން ތެޔޮތައް ހުސްވަންދެން ބޯނީ ނޫނީ ނަގާނީ ނޫނީ އަޅާނީ
ދެން މަސްކޮޅެއް ވެސް ނުލިބޭނެ ... އިންޑިޔާ ބޭނުން ވާގޮތަށް މިކަން ވެސް ނިމޭނީ .؟ދިވެިހން ހާލުގަ ޖެހިފަ ދޯ
ތިތެޔޮތައް ނަގަން އެއްމެ ފައްކާވާނީ ކާށިދޫ މީހުން ރެޑްބްލް ކޮންޓެއިނާ ފަޅާލިގޮތަށް ތެޔޮތައް ނަގާ ހުސްކޮށްލިއްޔަ މާރަގަޅުދޯ
ލަންކާ އި ރުމަތިން ސްޕިލްވާތެޔޮ މިިދުވަސްވަ ރު ހރާއްޖެއަށް ޑް ރިފްޓް ވުމަކީ ނާދި ރު ކަމެއް. ހުޅަގު މޫސުމުގެ ވަޔާއި އޮއި ހިންނާނީ ރާއްޖެއާއި ދު ރައް.
ލަންކާ އިރުމަތިން ސްޕިލްވާތެޔޮ މިިދުވަސްވަރު ރާއްޖެއަށް ޑްރިފްޓް ވުމަކީ ނާދިރު ކަމެއް. ހުޅަގު މޫސުމުގެ ވަޔާއި އޮއި ހުންނާނީ ރާއްޖެއާއި ދުރައް.
ޢިންޑިޔާ ބޭނުންވާނީ ތި ރާއްޖޭގެ ގޮންޑުދޮށަށް ލައްގަން ... އޭރުން ކުޅުދުއްފުޝީ އިންޑިއާ ފެރީ ޓާރމިނަލްގަ ސިފައިން ތިސާފުކޮށް ދެން ތިބެވިދާނެ ނުން ދޯ
ސަމްތިން ސްމެލްސް.. ސޯ ފިޝީ..
ބޯގޮވި ނަސީމު ދައްކާވާހަކަ އަޑުއަހާކަށް ބޭނުމެއް ނޫން. މޫސުމެއް އޮއިވަރެއް ނޭގޭ މީހަކު ހަމަ ހުރެލާފަ ނުރައްކަލޯ.
ޔާމީން ޖަލުގަ ޮޮޮޮޮޮޮޮޮޮޮޮޮޮޮޮޮޮޮޮޮޮޮޮޮޮޮޮޮޮޮޮޮޮޮޮޮޮޮޮޮޮޮޮޮޮޮޮ އޮތީމަ ވީކަމެއް ތީ ނޫން ނަމަ އޭނަ ގޮސް ތި ނިއްވާނެ..ހެ ހެ ހޭ
Balanwaawarahnubeluny