އިންޑިއާ އާއި ޕާކިސްތާނު ގުޅުނު ސަރަޙައްދީ އިމުގައި އޮންނަ ކަޝްމީރަށް އިންޑިއާ ސިފައިން ދިން ހަމަލާއެއްގައި ދެ މީހަކު މަރުވެފައިވާ ކަމަށް ރިޕޯޓްތައް ބުނެފިއެވެ.
ޕާކިސްތާނު އަސްކަރިއްޔާއިން މިކަމާއި ގުޅިގެން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، އިންޑިއާ ސިފައިން އަންގާރަ ދުވަހު ކަޝްމީރުގެ އާންމުން ދިރިއުޅޭ ސަރަޙައްދަކަށް ހަމަލާ އަމާޒުކޮށްފައިވާ ކަމަށެވެ. މި ހަމަލާތަކުގައި އާންމު މީހަކާއި ސިފައިންގެ މީހަކު މަރުވެފައިވާއިރު، އުމުރުން ދުވަސްވީ މީހަކާއި އަންހެނަކު ހިމެނޭހެން އިތުރު ބަޔަކު ޒަޚަމްކޮށްލާފައިވާ ކަމަށް ބަޔާނުގައި ބުނެފައި ވެއެވެ.
ކަޝްމީރުގެ ޕާކިސްތާނު ފަޅިޔަށް އިންޑިއާ ސިފައިން ދިން މި ހަމަލާ އާއި ގުޅިގެން ޕާކިސްތާނު ސިފައިން ވަނީ ދެޤައުމު ގުޅުނު ބޯޑަރު ސަރަޙައްދުގައި އިންޑިއާ ސިފައިން ޤާއިމްކޮށްފައި ހުރި ޕޯސްޓުތަކަށް ހަމަލާދީފައެވެ. ނަމަވެސް މި ހަމަލާގައި އެއްވެސް މީހަކަށް އަނިޔާއެއް ނުވެއެވެ.
ކަޝްމީރަށް އިންޑިއާ ސިފައިން ދިން ހަމަލާތަކުގައި ދެ މީހަކު މަރުވެ އިތުރު ބަޔަކު ޒަޚަމްވިކަން ޕާކިސްތާނު އަސްކަރިއްޔާއިން ހާމަކޮށްފައި ވީނަމަވެސް އިންޑިއާއިން ވަނީ އެކަން ދޮގުކޮށްފައެވެ.
ބިމުގެ މައްސަލައިގައި ކޯޅުންބޮޑު އިންޑިއާ އާއި ޕާކިސްތާނުން ވެސް ކަޝްމީރުގެ މިލްކުވެރިކަމަށް ދަޢުވާ ކުރެއެވެ. އެތައް އަހަރެއްވެގެން ގޮސްފައިވާ މި ނުތަނަވަސްކަމުގެ ތެރެއިން ތިން ފަހަރެއްގެ މަތީން ދެޤައުމުގެ ދެމެދުގައި ހަނގުރާމަވެސް ކުރެވުނެވެ. އޭގެ ފަހުން އަނެއްކާވެސް މަޝްރަހު ހޫނުވާން ފެށީ މިދޔަ އަހަރުގެ އޮގަސްޓު މަހުގެ ތެރޭގައެވެ.
ބިމުގެ މައްސަލައިގައި އިންޑިއާ އާއި ޗައިނާ އާއި ދެމެދުގައި ވެސް ފާއިތުވެދިޔަ ދުވަސްތަކުގައި އަންނަނީ ހަމަނުޖެހުން ހިނގަމުންނެވެ. މިގޮތުން ޗައިނާ އާއި އެޤައުމު ގުޅުނު ސަރަޙައްދުގައި ދެޤައުމުގެ ސިފައިންގެ ދެމެދުގައި ހިނގި ވަރުގަދަ ކުރިމަތިލުންތަކެއްގައި އިންޑިއާގެ ގިނަ އަދަދެއްގެ ސިފައިން މަރުވެފައި ވެއެވެ. ޗައިނާގެ އަސްކަރިއްޔާއިން ބުނެފައިވަނީ، އިންޑިއާ ސިފައިންނަށް ހަމަލާދޭން ޖެހުނީ، ސިފައިން ޤަވާއިދާ ޚިލާފަށް ޗައިނާގެ ބޯޑަރަށް ވަނުމުން ކަމަށެވެ.
އަހަރެންގެ ވެރިކަމެއް ގަ އިންޑިޔާ އިން ކަސްމީރުން ނުފައިބާ ހާ ހިނދަކު އިތުރު ގުޅުން ތަކެ ނުބާއްވާނަން.އަދި ޗައިނާ އިން ވެސް މުސްލިމުންނަށް އަނިޔާކުރުން ނުހުށްޓާހާ ހިދަކު އިތުރު ގުޅުމެއްނުވާއްވާނަން. އެދެ ގައުމު ނެތަށް ދުނިޔޭގެ މުއްސަދި ކަމާ ކުރިއެރުން ފަސޭހަ ކަމާ އެކު ލިބޭނެ. އެކަަކު އަހަރުމެން ގެ ވިސް ނުން ހުންނަނީ ވަރަށް ހަނި އަދި މިދެގައުމު ނުން ގޮތެއް ވިސްނަން ވެސް ނޭގޭ ހިސާބުގަ. އަދި މީހުން ކުރާކަންކަމާ ކުޑަކޮށްވެސް ވިސާނާލަން ބެނުން ނުވޭ.މިދެގައުމަކީ މުސްލިމުންނާ އަގީދަގެ ގޮތުންވެސް އެންމެ ގޯސް އަގީދާ ގެ ދެގައުމު. އެއްބަޔަކީ ކަލަކު ވާކަން ގަބޫލު ނުކުރާ ބައެއް އަނެއް ބަޔަކީ އެމިއްލަ އަށް އުފެދި އަމިއްލައަށް ކަންކަން ވާކަން ގަބޫލު ކުރާ މީހުން. ދެން އަހަރުމެ 5 ނަމާދު ކޮށް ދުއާކޮށް ރޯދަހިފާ މިކުރާ ކަންކަމާ އަހަރުމެނަށް ކުރިއެރުން ހޯދަން މިކުރެވޭ ކަމަކާ ދިމާ ވޭބާ.ހަމައެއްނުޖެހޭ.
ސައުދީ ަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަ އާ ޕާކިސްތާނާ ބާއްވާނަން ތަ؟
ދެން އަޑުއިވޭނީ އައްޑޫ ކުޅުއްދުއްފުށީގެ ވާހަކަ ނޫހުން.. މިކަހަލަ ހާދިސާ މާކަ ދުރެއްނޫން ނޫންސތަކަށް އަރަން..
އަދިވެސް ދިވެހީން ޕާރޓީ ކުލަޔަށް ގޮސް ހުސްވެ މިނިވަން ކަން ގެއްލޭއިރުވެސް މިތިބެނީ އެކަކު އަނެކަކަށް ޒުވާބުކުރަން..
ކޮމެންޓު ޖަހާއިރު ހީވަނީ.. އިންޑިޔާއަކީ ބޮޑު ބޭބެ ހެން..
މިއީ ޕާރޓީ ކަމެއްނޫން.. ކޮންމެ ޕާރޓީއެއް ވެރިކަން ކުރިޔަސް އެއީ ދިވެހީން.. މައްސަލައެއް ނެތް އެކަމުގައި.. އެކަމަކު ބޭރުގެ ބާރުގަދަ ގައުމެއްގެ ދަށުވާތީ މައްސަލަޔަކީ..
އެއްވެސް އިންޑިޔާމިޓްރީ މީހަކު ރާއްޖޭގެ ފަސްގަނޑުގައި ހުންނަން ޖެހޭ ސަބަބެއް ނުވިސްނޭ.. ތިބެގެންވެސް ނުވާނެ.. އެކަމަށް ތާއިީދުކުރާނީ ގައުމަށް ޢައްދާރުވާ މީހުން
އެއްގޮތަކަށްވެސް ވިޔަފާރި ނުކުރާށޭ.، ފިލްމު ނުބަލާށެކޭ ނޫން މިކިޔަނީ.. ފިޔާކިލޯއަކަށް ގައުމު ނުވިއްކާށެ..
ދޭހަނުވަނީ ގަމާރުވީމަ، ނޫނީ ޖާހިލުކަމުން ގޮސް އަޑުއަހަން ބޭނުން ނުވަނީ އަމިއްލަ އެދުމުގައި ޕާރޓީ ވެގެން..
#އިންޑިޔާ އައުޓު
ގެރި އިންޑިޔާ ކަލޭމެން މުސްލިމުން ނުމަރާ.👹👺😡
މިވަރަށް އިންޑިޔާ ބޭުރކުރަން ގޮވާއިރުވެސް ކަހާތާ ހިރުވާވެސް ނުލާ - ބާރުމިނުގައި އިންޑިޔާގެ އުގައްވެއްޓި، އެމީހުންގެ އައްޑާތައް ގާއިމުކުރަމުން ތިޔަގެންދަވަނީ.. މިއަން ފަހަރު ވޯޓުދޭނީ އިންޑިޔާމީހުން ތޯ؟
ނިކަން ތިބޭ އަހަރުމެން ކާރިޔަށް އާދޭސް ކުރަން ނައިސް ނުތިބެވޭނެ.. އިންޝާ ﷲ އެދުވަހުން ރައްދު ޖަވާބު ވަރަށް ފުރިހަމަ ކޮށް އަރުވާނަން..
އާދޭސް މިދަންނަވަނީ އިންޑިޔާއަށް 200 މިލިޔަން ޑޮލަރަށް އައްޑޫ ނުވިއްކާ އެފައިސާ އަބުރާ ދީ..
ކޮންމެ ޕާރޓީއަކަސް އިންޑިޔާ ބޭރުކުރާ ފަރާތަކަށް އެކަނި ވޯޓުލިބޭނީ!
#އިންޑިއާ އައުޓް.