ސްރީ ލަންކާގެ ހުރިހާ ސްކޫލްތަކެއް ބަންދުކޮށްފިއެވެ.

ލަންކާގެ ސްކޫލްތައް ބަންދު ކުރަން ނިންމި އިރު، އެކަން ދިމާވެފައި ވަނީ އެ ގައުމުގެ މުޖުތަމައުގެ ތެރޭގައި ކޮވިޑް-19 ފެނިފައި ވަނިކޮށެވެ. ރިޕޯޓުތައް ބުނާ ގޮތުގައި ވަކި ގޮތެއް އަންގަން ދެން ލަންކާގެ ހުރިހާ ސްކޫލެއް ހެން ހުންނާނީ ބަންދުކޮށްފައެވެ.

ލަންކާގައި މިހާތަނަށް 3،395 މީހަކު ކޮވިޑް-19 އަށް ފައްސިވެ 13 މީހަކު ވަނީ މަރުވެފައެވެ. ދުނިޔޭގެ ގިނަ ގައުމުތަކުގެ ތެރެއިން ކޮވިޑް-19 ފެތުރުން އެންމެ ބޮޑަށް ކޮންޓްރޯލްކޮށްފައި އޮތް ގައުމަކީ ވެސް ލަންކާއެވެ.

ލަންކާ އިން އެންމެ ފަހުން ކޮވިޑް-19 އަށް ފައްސިވީ ފެކްޓަރީއެއްގައި މަސައްކަތް ކުރާ 39 އަހަރުގެ އަންހެނެކެވެ. ލަންކާ އިން މީހަކު ކޮވިޑް-19 އަށް ފައްސި މިވީ މުޖުތަމައުގެ ތެރެެއިން ބަލި ނުފެންނަތާ ތިން މަހަށް ވުރެ ގިނަ ދުވަސް ފަހުންނެވެ.

ލަންކާ އިން މީހަކު ކޮވިޑް-19 އަށް ފައްސިވުމާ އެކު، އެ ގައުމުގެ ބައެއް ހިސާބުތަކުގައި ވަނީ ކާފިއު އިއުލާންކޮށްފައެވެ.