ކޮވިޑް-19 ހުރިކަން ދެނެގަތުމަށް ހަދާ ޓެސްޓުގެ ނަތީޖާ ނައްސި (ނެގެޓިވް) ވުން އެއީ ބަލިން ރައްކާތެރިވުމަށް އަޅާފައިވާ ފިޔަވަޅުތައް ލުއިކޮށް ނަގަން ޖެހޭ ކަމެއް ނޫން ކަމަށް އެމެރިކާގެ ޑޮކްޓަރަކު ބުނެފިއެވެ.

އެމެރިކާގެ ހޮސްޕިޓަލެއްގެ އޮޕަރޭޝަން ޑޮކްޓަރެއް ކަމަށްވާ ޖެރޯމް އެޑަމްސް ބުނެފައިވަނީ މީހަކު ކޮވިޑް-19 ހުރިތޯ ބެލުމަށް ހަދާ ޓެސްޓުގެ ނަތީޖާ ނައްސިވުން އެއީ ފިޔަވަޅުތައް ލުއިކޮށްގެން ޖެހޭ ކަމެއް ނޫން ކަމަށާއި ބަލީގެ ސަބަބުން މީހާއަށް ނުރައްކާވެދާނެ ކަމަށް އަބަދުވެސް ތައްޔާރުވެގެން ތިބެން ޖެހޭ ކަމަށެވެ.

އޭނާ ވަނީ ބަލި ޖެހިފައިވާ މީހަކާއި ކޮންޓެކްޓް ވެގެން އެހެން މީހާކަށް ބަލި ޖެހެން ފަސް ދުވަހާއި 14 ދުވަހުގެ މުއްދަތެއް ނަގާ ކަމަށް ވިދާޅުވެފައެވެ. އަދި އޭގެ ފަހުން ބަލީގެ އަލާމާތްތައް ފެންނަން ފަށާނެ ކަމަށްވެސް އޭނާ ވަނީ ބުނެފައެވެ.

"މިތަނުގައި ހަގީގަތަށް ވާހަކަ ދައްކާނަމަ ބުނެވޭނީ، ބައްޔަށް ޓެސްޓު ނުކުރާ މީހަކާއި ޓެސްޓު ކޮށްގެން ބައްޔަށް ނައްސިވެފައިވާ މީހަކު ހުރި ނަމަ އަޅުގަނޑު ހުންނާނީ ނައްސި ވެފައިވާ މީހާ ކައިރީ. އެކަމަކު ބުނެލަން ބޭނުންވަނީ އިއްޔެ ނައްސި ނަތީޖާ ލިބިފައިވާ މީހާއަކީ މާދަމާ ސަލާމަތްވާނެ މީހެއްކަން ބުނެދޭން ނޭނގޭނެ ކަން. އޭގެ މާނައަކީ ފިޔަވަޅުތައް ލުއިކޮށް ނުނަގާށޭ" އެޑަމް ބުންޏެވެ.

މިފަދައިން ވާހަކަ ދައްކަވަމުން އޭނާ ވަނީ ކުރިއަށް އޮތްތަނުގައިވެސް، ކޮވިޑް-19 އިން ރައްކާތެރިވުމަށް އަޅާފައިވާ ފިޔަވަޅުތަކުގެ ތެރެއިން އެންމެ ލުއި ތިން ފިޔަވަޅު ކަމުގައިވާ މާސްކު އެޅުން، އަތް ދޮވުން އަދި ގައިދުރުކަން ބެހެއްޓުމަށް އާންމުންނަށް ނަސޭހަތްތެރިވެފައެވެ.

ކިޔުންތެރިންގެ ހިޔާލު