އީރާންގެ އެންމެ އިސް އެއްނިއުކްލިއާ ސައިންސްވެރިޔާ ކަމަށްވާ މުހުސިން ފަޚުރިއްޒާދީ އަވަހާރަވެގެން އެދިޔައީ އޭނާގެ ހުރިހާ އުއްމީދެއް ފުރިހަމަކޮށްފައި ކަމަށް އޭނާގެ އަނބިކަނބަލުން ވިދާޅުވެއްޖެއެވެ.
މުހުސިންގެ އަނބިކަނބަލުން މިހެން ވިދާޅުވީ މުހުސިން އަވަހާރަވުމާއި ގުޅޭ ގޮތުން އީރާންގެ ދައުލަތުގެ ޓީވީގައި ވާހަކަދައްކަމުންނެވެ. މުހުސިންގެ އަނބިކަނބަލުންގެ ނަމެއް އީރާންގެ ދައުލަތުގެ މީޑިއާ އިން ހާމައެއް ނުކުރެއެވެ. މުހުސިންގެ އަނބިކަނބަލުން ވިދާޅުވީ މުހުސިން އަބަދުވެސް ބޭނުންފުޅުވީ ޝަހީދެއްގެ ގޮތުގައި ދުނިޔޭގެ ދަންފަޅި ހަމަކުރަން ކަމަށާއި އެކަން ކާމިޔާބު ވެފައިވާ ކަމަށެވެ.
ހުކުރު ދުވަހު މުހުސިން އަވަހާރަވީ ހަތިޔާރު ހިފައިގެން ތިބި ބަޔަކު އޭނާގެ މޮޓޮކޭޑަށް ދިން ވަރުގަދަ ހަމަލާއެއްގެ ސަބަބުންނެވެ. މުހުސިނަށް އަމާޒުކޮށް ހަމަލާ ދިނީ ކޮންބައެއްކަން އަދި ކަށަވަރެއް ނުވެއެވެ. ނަމަވެސް އީރާން ސަރުކާރުން ތުހުމަތު ކުރަނީ އެއީ އިސްރާއީލުން ދިން ހަމަލާއެއް ކަމަށެވެ. އީރާންގެ ތުހުމަތުތައް އިސްރާއީލުން އަދި މިހާތަނަށް ދޮގެއް ވެސް ނުކުރެއެވެ.
އީރާންގެ ސުޕްރީމް ލީޑަރު އާޔަތުﷲ ޚާމަނާއީ ވިދާޅުވެފައި ވަނީ އީރާނުން އެންމެ ބޮޑު އިސްކަމެއް ދެން ދޭނީ މުހުސިންގެ މަރުގެ ބަދަލު ހިފަން ކަމަށެވެ. ދުޝްމަނުން ހަނދާން ނެތިގެން ނުދާނެ ވަރުގަދަ ބަދަލު ހިފުމެއް ދުޝަމަނުންގެ ކިބައިން ހިފާނެ ކަމަށް ވައުދުވާކަމަށް ޚާމަނާއީ ވިދާޅުވެފައި ވެއެވެ.
މުހުސިނަކީ ކުރިން އީރާންގެ އަސްކަރިއްޔާގައި މަސައްކަތް ކުރި ޖެނެރަލެކެވެ. އޭނާ އީރާންގެ ޑިފެންސް މިނިސްޓްރީގެ އިސް މަގާމަކަށް ބަދަލުވެ ސައިންސްވެރިއެއްގެ ގޮތުގައި މަސައްކަތް ކުރަން ފެށިފަހުން އީރާނުން ޒަމާނީ ހަތިޔާރުތައް އުފެއްދުމުގައި ވެސް ބޮޑެތި ކުރިއެރުންތައް ހޯދާފައިވާ ކަމަށް ރިޕޯޓްތައް ބުނެއެވެ.
ހުކުރު ދުވަހު މުހުސިން އަވަހާރަކޮށްލާފައި މިވަނީ އީރާންގެ ވަރަށް މަޝްހޫރު ނިއުކްލިއާ ސައިންސްވެރިއެއް ކަމަށްވާ މާޖިދު ޝަހްރިއާރީ އަވަހާރަކޮށްލިތާ 10 އަހަރު ފުރުން އީރާނުން ފާހަގަކުރިތާ ދުވަސްކޮޅެއް ފަހުންނެވެ. މާޖިދު ވެސް އަވަހާރަކޮށްލި ކަމަށް ތުހުމަތު ކުރެވެނީ ހުޅަނގުގެ ގައުމުތަކުގެ އަތެއް އޮވެގެން އިސްރާއީލުންނެވެ.
ފަހަތުގަ އިން ފޮތިގަންޑު ގަ ޖަހާފަ އިން ލިއުން ބަލާލަބަލަ
ކަލޭ މާމޭ އެކޭ ނެތް..
ދިވެހިން ތިބެނީ އިރާނުގެ ޝީއާ މަޒުހަބުގެ މީހުނާ އެއްކޮޅައްތަ؟
މިހާރު ދިވެހިންނަށް ނުވަތަ ދިވެހި ސަރުކާރަށް ސަޕޯޓު ކުރުމަށް ވުރެ އީރާނަށް ސަޕޯޓު ކުރުންވެސް މާއައުލާކަންބޮޑެވެ. މަޖިލިހުޖެ ގޮނޑިޔަށް އަރުވާފައި އެއިން ކަލޭގެ އެތާއިނދެ ﷲ އަށް ތަހައްދީކޮށް ﷲގެ ޙުކުމްފުޅުތަކަށް މަލާމާތްކޮށް ޖެއްސުން ކުރަމުންދާއިރު، އޭނާއަށް ސަޕޯޓު ކޮށްފައި، އީރާނަށް ސަޕޯޓު ނުކުރަންވީ ސަބަބެއް ދައްކަބަލަ! އީރާނަކީ ޝިޔައީ ޤައުމެއްކަމުގައި ވިއަސްވެސް އެޤައުމަކީ އެތައްމިލިޔަން މުސްލިމުންނެއް އުޅޭ ޤައުމެއް! މިރާއްޖެއަކީ ސަތޭކަޕަސަންޓްގެ ނަންބޯޑެއް ނިތްކުރީގައި ތަތްކޮށްގެން އުޅޭ ޤައުމެއްކަމުގައި ވިއަސްވެސް އެތައްހާސް ކާފަރުން އުޅޭ ޤައުމެއް!
ޝަހީދެކޯ
ހަސަނަށް ހުސެއިންއަށް ދުޢާ ކޮށްބަލަ ޝަހީދަކަށް ވެވޭތޯ
ޝިރުކު ގެ މުޑުދާރުންތައް
ދުޢާ އަކީ އަޅުކަން، އެކަން މި ކުރަނީ މަޚްލޫްުންތަކަކަށް
ބަލާބަލަ ފޮޓޯ ގެ ފަހަތް، ޙަސަން އަށް ދުއާކޮށްފަ
ޝިޢައީ އޭ މަޒހަބެއްތަ؟
ހިދާޔަތް ދެއްވާންދޭ އެވެ. ރީތި ބަހުން ޝިރުކުގެ ވެރިންނާ މުހާތަބް ކުރަމާ.