ސްރީލަންކާ ކޮވިޑް-19 ބަލީގގައި މަރުވާ މުސްލިމުން ރާއްޖޭގައި ވަޅުލާން، ސްރީލަންކާގެ ރައީސް ގޯތާބަޔަ ރާޖަޕަކްސަ، ރާއްްޖޭގެ ރައީސް އިބްރާހިމް މުޙައްމަދު ސާލިޙްގެ އަރިހުގައި އެދިވަޑައިގަތްކަން، އެނގިފައި ނުވާ ކަމަށް އެ ގައުމުގެ ކެބިނެކްޓް ތަރުޖަމާން ކެހެލިޔަ ރަމްބުކްވެއްލަ ވިދާޅުވެއްޖެ އެވެ.

މިނިސްޓަރ މިގޮތަށް ވިދާޅުވެފައި ވަނީ، މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ނޫސްވެރިއަކު ކުރެއްވި ސުވާލަކަށް ޖަވާބުދައްވަމުންނެވެ.

އޭނާ ވިދާޅުވީ، ކޮވިޑް-19ގައި މަރުވާ މީހުންގެ ހަށިގަނޑުތައް ވަޅުލާން ރާއްޖެއަށް ފޮނުވަން އެދުނުކަން، ވަޒީރުންނަށް އެނގިފައި ނުވާ ކަމަށެވެ. އެހެންކަމުން އެކަމުގެ މަޝްވަރާތައް ވަޒީރުންނާއި ކޮށްފައިނުވާކަން މި ވަނީ ހާމަވެގެން ގޮސްފައެވެ.

އެހެން ނަމަވެސް ރާއްޖޭގެ ފޮރިން މިނިސްޓްރީން އިއްޔެ ނެރުނު ބަޔާނެއްގައި ވިދާޅުވެފައި ވަނީ، ކޮވިޑް-19 ޖެހިގެން ސްރީލަންކާގައި މަރުވާ މުސްލިމުންނަށް އިސްލާމީ އުސޫލުތަކާއި އެއްގޮތަށް ޖަނާޒާގެ ކަންތައްތައް ފުރިހަމަކުރުމަށް އެ ގައުމުގެ ސަރުކާރަށް ދަތިތަކެއް ކުރިމަތިވެފައިވާކަމަށާއި، ރާއްޖޭގައި ލަންކާގެ މިފަދަ މުސްލިމުންނަށް އިސްލާމީ އުޞޫލުތަކާ އެއްގޮތަށް ޖަނާޒާގެ ކަންތައްތައް ހަމަޖައްސައިދިނުމަށް އެހީތެރިކަން ހޯއްދެވުމަށް އެދިވަޑައިގަންނަވާ ކަމަށް ވިދާޅުވެ، ސްރީލަންކާގެ ރައީސް ގޯތާބަޔަ ރާޖަޕަކްސަ، ރާއްްޖޭގެ ރައީސް އިބްރާހިމް މުޙައްމަދު ސާލިޙްގެ އަރިހަށް ސިޓީފުޅެއް ފޮނުއްވާފައިވާ ކަަމަށެވެ.

ފޮރިން މިނިސްޓްރީން ވިދާޅުވީ، އިސްލާމީ އުޚުއްވަތްތެރިކަން ދެމެހެއްޓުމުގެ މަތިވެރި ނިޔަތާއި މަގްސަދުގައި، އަދި ރާއްޖެއާ ލަންކާއާ ދެމެދު އޮތް ޒަމާންވީ ގުޅުމުގެ މައްޗަށް ރިއާޔަތްކުރައްވައި، ސްރީލަންކާގެ މުސްލިމުންނަށް ފޯރުކޮށްދެވޭ ހާއްސަ އެހީތެރިކަމެއްގެ ގޮތުގައި އެ ގައުމުގެ ރައީސްގެ މި ހުށަހެޅުއްވުމުގައި އެދިވަޑައިގެންފައިވާ ކަންކަން އިންތިޒާމް ކުރެވޭނެ ގޮތެއް އޮތްތޯ ބެލުމަށް ރައީސް އިބްރާހިމް މިހައްމަދު ސާލިހު ސަރުކާރުގެ ކަމާ ބެހޭ އިދާރާތަކުގެ މެދުގައި މަޝްވަރާކުރައްވަމުންދާ ކަމަށެވެ.

ރަމްބުކްވެއްލަ ވިދާޅުވީ، އެކަމާއި އިއްޔެ ބޭއްވި ބައްދަލުވުމުގައު މަޝްވަރާ ކުރައްވާފައި ނުވާ ކަމަށެވެ. އެހެންކަމުން ވަޒީރުން އެކަމާއި ދެކޭގޮތް ފަހުން މީޑިއާ އާ ހިއްސާކުރާނެ ކަމަށް ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

14 ކޮމެންޓް

  1. ޱސ

    ތަނަކުން އަންނަ ކޮންމެ އެްްޗެއް ގެ ސައްހަ ކަން ކަށަވަރު ކުރުމެއް ނެތިބަ ރައްޖެގެ ފޮރިން

    33
  2. ސޯލިޙު

    ތިޔަ ބައްދަލުވުމުގައި ދެކެވުނު ވާހަކަތައް ބައިވެރިވި ފަރާތައް ހާދަ ރަނގަޅަކަށް ފަހުމް ވެއްޖޭ ދޯ

    19
  3. ހާޝިމް

    ލާރިކޮޅު މަދުވީދޯ މިގައުމު ބައިކުޅަބަޔައްހަދައިގެން ބޭރުގައުމުތަކައް ވިއްކަންނޫޅޭ

    25
  4. އަލި

    ދިވެހިން ހައްދަންވެގެން މޮޅުކަމެއް ފޮރިން މިނިސްޓްރީ އިން ކޮއްލީ ދޯ

    28
  5. ސްކިޕަރ

    ލަންކާގެ މުސްލިމުން އެދޭ ގޮތަށް، އިސްލާމީ އުސޫލުތަކާއި އެއްގޮތަށް މުސްލިމުންގެ ޖަނާޒާ ބޭއްވުމުގެ މިނިވަންކަންދޭން ލަންކާ ސަރުކާރުން ދަނީ ދެކޮޅުހަދާ، މުސްލިމުންނަށް ޖެއްސުންކުރަމުން. އެތައް ހާސް މޭލެއް ދުރުގައި އޮތް ރާއްޖެއަށް މުސްލިމުންގެ ހަށިގަނޑު ވަޅުލާން ފޮނުވާލުމުގެ ވާހަކައަކީވެސް މުސްލިމުންނަށް ކުރާ ބޮޑު ޖެއްސުމުގެ ބައެއް. މިކަމުގައި ރާއްޖެއިން ލަންކާއާއި ބައިވެރިވުމަކީ ދީނީ ކަމެއް ނޫން. އެއީ މުސްލިމުންނަސް ކުރާ ޖެއްސުމުގައި ބައިވެރިވުން.

    44
  6. ހުޅުކޮޅު

    އެޤައުމުގަ އުޅޭ މުސްލިމުންނަށް އެތާނގަ އުޅެން ދަތިވެގެން އުޅޭ މުސްލިމުން ޜާއްޖެގެނަސް މީހުންނާ ދެވާފަ މި ޤައުމުގައި ވަޒަންވެރި ކުރުވަންވީނު.

    18
    5
  7. ޗާބޫކު

    ރަނގަޅު ފައިސާ ގަނޑެއް ކާލަން ކުރާކަމަކަށް ވާނީ

    31
  8. ހޯރަ

    ދިވެހި ސަރުކާރުން މުސްލިމް ދިވެހި ރައްތިތުންނަށް ގަނާކުރަނީ!

    35
  9. 😒

    އެހެން ވީ އިރު މަށައް ހީވަނީ މި ކިނބޫ މަތިން ބައިން ޖެހިގެން ކަނޭނގެ މިއުޅެނީ ދޯ މިތަނަށް ތިޔަ މަރުވާ މީހުން ގެއްނަން.. އާން މިވެރިން ނުވެސް ދެނެހުރި ކަމަކަށް މިވީ

    20
  10. އިންޑީ

    ތިޔައީ ލަންކާއިން ފޮނުވި ސިޓީއެއް ނޫނޭ. ތިޔައީ ލަންކާގެ ނަމުގައި އިންޑިއާއިން ފޮނުވި އެއްޗެކޭ. ބޭނުމަކީ އިންޑިއާގެ މުސްލިމުން ރެފިއުޖީންނަށް ހަދާފާ ރާއްޖޭގެ ފަޅުރަށްތަކަށް ފޮނުވުމޭ. ދެން ފެށޭނީ އެ ޗެޕްޓަރޭ.

    23
  11. ގަބުރުސްތާނު ރައީސް

    މީނަ އަމިއްލައަށް ބޭނިގަނެގެންތާ މިއުޅެނީ! ބޭރު ގައުމުތަކުގެ ގަބުރުސްތާނަކަށް ރާއްޖޭގެ ބިންކޮޅު ވިއްކާ ކާލައިިގެން ދެގޮލާ ފިލަން އެއުޅެނީ.

    19
  12. ކަޅުބެ ދަރި ޑރ.

    ލަންކާއިން ކޮވިޑް ޖެހޭ ހުރިހާ މުސްލިމުން ރާއްޖެއަށް ފޮނުވަންވީނު. މަރުވީމަ ގެންނަން ހަދާނެ ކަމެއް ނެތެއްނު. މިއޮތީވާ ބލވެރިކަމެއް.

    16
  13. ކުދޭ

    މިތަނުގައި އެބަތިބި އިސްލާމްދީނަށް ފުރައްސާރަކުރާޓިމުގެ ބައިވެރިން އެކަން ހުއްޓުަން އަޅައިނުލައި ހާދައަވަހަކަށް މިޤައުމުގައި ލަންކާމީހުން ވަޅުލަން އެއްބަސްވީ މީ ފައިސާގަޑަކަށް ހިންގާ ކަމަކަށްވަނީ ވަޒީރުންނަން އަންގާނީފަހުން

    16
  14. އަންނި

    މިރާއްޖެއަކީ ހުރިހާ ގޮތަކުންވެސް ކުރި އަރާފައިވާ ގައިމެއް ކޮންމެހެން ކަލޭމެނައް އެނގޭކައް ނުޖެހޭނެ.