އީރާނުން މަރުވެފައި އޮތް މީހަކު ދަންޖައްސައިފި ކަމަށް އެގައުމުގެ ވަކީލަކު ބުނެފިއެވެ.

އީރާނުގެ ވަކީލެއް ކަމަށްވާ އޯމިޑް މޮރާޑީ ބުނެފައިވަނީ އެގައުމުގެ ކަމާއި ބެހޭ އިދާރާތަކުގެ މީހުން ދަންޖައްސާފައިވަނީ އޭނާ ވަކާލާތުކަން ކޮށްދެމުން އައި ޒަހްރާ އިސްމާއިލީ ނަމަކަށް ކިޔާ އަންހެނަކު ކަމަށެވެ.

ޒަހްރާ ދަންޖެއްސުމަށް އެގައުމުގެ ކަމާއި ބެހޭ އިދާރާތަކުން ނިންމާފައިވަނީ އޭނާގެ ފިރިމީހާ އަލިރެޒާ ޒަމާނީ މަރާލި މައްސަލަ ސާބިތުވުމުންނެވެ. ޒަހްރާގެ ވަކީލު ބުނެފައިވަނީ ޒަމާނީ އަކީ އެގައުމުގެ މިނިސްޓްރީ އޮފް އިންޓެލިޖެންސްގައި އިސްކޮށް ހަރަކާތްތެރިވަމުން އަންނަ މީހެކެވެ.

އީރާންގެ ހިއުމަން ރައިޓްސް ގްރޫޕުން ބުނެފައިވަނީ ޒަހްރާ ދަންޖައްސާފައިވަނީ މިދިޔަ ބުދަ ދުވަހު އެގައުމުގެ ސިޓީއެއް ކަމަށް ކަރަޖްގައި ހުންނަ ރަޖައީ ޝަހްރ ޖަލުގައި އިތުރު 7 މީހަކާއި އެކީ ކަމަށެވެ. އެހެން ނަމަވެސް ޒަހްރާގެ ވަކީލު ބުނެފައިވަނީ އެއަދަދު ނުބައި ކަމަށާއި އޭނާ ދަންޖައްސާފައިވަނީ އިތުރު 16 ފިރިހެނަކާއި އެކީ ކަމަށެވެ.

މީގެ އިތުރުން ޒަހްރާ ދަންޖެއްސުމުގެ ކުރިން އޭނާ ހާޓްއެޓޭކެއް ޖެހި މަރުވި ކަމަށް ވަކީލު ވަނީ ބުނެފައެވެ.

ޒަހްރާ ދަންޖެއްސުމުގެ ކުރިން ހާޓްއެޓޭކެއް ޖެހުނީ އޭނާގެ ކުރިން އެތަނުގައި ދެންތިބި ފިރިހެނުންތައް ދަންޖައްސާ މަންޒަރު ފެނިފައި ކަމަށާއި އެހެން ކަމުން ޒަހްރާ މަރުވެފައިވަނީ ހާޓްއެޓޭކެއް ޖެހިގެން ކަމަށް އޭނާގެ ވަކީލު ވަނީ ފޭސްބުކުގައި ޖަހާފައެވެ.

އިރާނަކީ ޗައިނާ ފިޔަވައި މުޅި ދުނިޔެއިންވެސް މީހުން ދަންޖެއްސުމުގައި އެންމެ ކުރީގައި އުޅޭ ގައުމެވެ. އެގައުމުން މިއަހަރުގެ މިހާތަނަށް 42 މީހަކު ދަންޖައްސާފައިވާ ކަމަށް އެގައުމުގެ ހިއުމަން ރައިޓްސް ގްރޫޕުން ވަނީ ބުނެފައެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

 1. އަހުމަދު

  މިއީ މި ޝަޔައީ މީހުންގެ ކަންތައް ހުންނަ ހިސާބަކީ

  11
  4
  • ވިސްނާ

   ބްރަދާ އެއަންހެނާ ދަންޖައްސަންޖެހުނީ ކުއްކޮށްގެން ސާބިތުވީމަ...އީރާނަކީ ސުންނީންގެ ދުޝްމިނުން..
   އެކަމަކު އީރާނުން އެމަރިކާ އަދި ހުޅަނގުގެ އެތެއް އެޖެންޓުންނެއް ދަންޖައްސާ އެކަމަށް ވަރަށް ބޮޑަށް ތާއިދު

   20
   3
 2. މަރުގެ ތުންފަތް

  އީރާނުން އެމަރިކާގެ އެފްބީއައި އޮފިސަރުންނާ ސީއައިއޭގެ އެތެއް ބައެއް ދަންޖައްސާފައިވޭ އަދި 2005ކުން ފެށިގެން 2012 ޔާ ހަމައަށް 1000 ވުރެގިނަ އެމަރިކާ ސިފައިން އިރާގުގައި މަރާލައިފައިވޭ..އެމީހުންގެ ހިޒްބުﷲ ލައްވާ

  5
  2