ނައިޖީރިއާގައި ބަޑިން ހަމަލާދީ 36 މީހަކު މަރާލައިފިއެވެ.

އެގައުމުގެ އޮފިޝަލުންނާއި ހަވާލާދީ މީޑިއާތަކުން ރިޕޯޓް ކޮށްފައިވާ ގޮތުގައި މި ހާދިސާ ހިނގާފައިވަނީ މިދިޔަ ބުދަ ދުވަހުގައި ކަމަށެވެ. އެ ހަމާލާއަކީ އެގައުމުގައި އެފްރިކާގެ އެންމެ ގިނަ ރައްޔިތުން ދިރިއުޅެމުން އަންނަ ސަރަހައްދުގައި ހިނގި ހަމަ ނުޖެހުމެއްގެ ސަބަބުން އައި ހަމަލާއެއް ކަމަށްވެސް ވަނީ ބުނެފައެވެ.

އެގޮތުން މިދިޔަ 48 ގަޑިއިރު ތެރޭގައިވެސް ހަމަ ނުޖެހުންތައް ހިނގައި 18 މީހަކު އެގައުމުގެ ދެ އަވަށެއް ކަމަށްވާ ކަޑުނާ އާއި ކަޓްސިނާއިން ވަނީ މަރުވެފައެވެ. މީގެ އިތުރުން ހަމަލާދިން ފަރާތްތަކުން ވަނީ އެގައުމުގެ ބައެއް ގެތަކުގައިވެސް ރޯކޮށްލާފައެވެ.

މީޑިއާތަކުން ރިޕޯޓް ކޮށްފައިވާ ގޮތުގައި އުތުރު ނައިޖީރިއާގެ ގްރޫޕުތަކުން ހިންގި ހަމަ ނުޖެހުމެއްގެ ތެރޭގައި 100 ވަރަކަށް މީހުން ވަނީ މަރުވެފައެވެ. އޭގެ ތެރޭގައި ފޭރެން އުޅުމުގެ ތެރޭގައި ބައެއް މީހުން މަރުވެ، ރަހީނު ކޮށްގެންވެސް ބައެއް މީހުން ވަނީ މަރުވެފައެވެ.

މިދިޔަ ހަފްތާގެ ތެރޭގައި ކާކުކަން ނޭނގޭ މީހަކު ވަނީ އެގައުމުގެ ސްކޫލެއްގައި ކިޔަވަމުން ދިޔަ ދަރިވަރަކަށް ބަޑިން ހަމަލާދީ މަރާލާފައެވެ. އަދި ސްކޫލުގެ 27 ކުދިން ހިމެނޭ ގޮތަށް 42 މީހަކުވެސް އޭނާ ވަނީ ރަހީނުކޮށްފައެވެ. އެހެން ނަމަވެސް ފުލުހުން ބުނީ، މިހާތަނަށް ރަހީނުކޮށްފައިވާ އެންމެން ދޫކޮށްލާފައިވާ ކަމަށެވެ.