ބެލްޖިއަމް އާއި ފްރާންސް އަދި އޮސްޓްރިއާ އެކޭ އެއްގޮތަށް ސްވިޒަލޭންޑުގައިވެސް މުސްލިމުން އާއްމު ތަންތަނުގައި ބުރުގާ އެޅުން މަނާ ކުރަން ފާސްކޮށްފިއެވެ.
އިއްޔެ ނެގި ވޯޓުގެ 51 އިންސައްތަ ވޯޓު ލިބިފައިވަނީ ބުރުގާ އެޅުން މަނާ ކުރުމާއި އެއްކޮޅަށެވެ. މީގެ ސަބަބުން މިހާރު ސްވިޒަލޭންޑުގައި މޫނު ނިވައިވާ ގޮތަށް ބުރުގާ އަޅައިގެން ފިހާރަތަކާއި އެފަދަ އެހެންވެސް މީހުން އެއްވެ އުޅޭ ތަންތަނުގައި ނޫޅެވޭނެއެވެ.
ވޯޓުލީ މީހުންގެ 1،426،992 މީހުން މޫނު ނުވައި ކުރުން ހުއްޓާލުމާއި އެއްކޮޅަށް ވޯޓު ދީފައި ވާއިރު 1،359،621 މީހުން ވޯޓު ދީފައި ވަނީ އެއާއި ދެކޮޅަށެވެ.
ބަލި ތަކުން ސަލާމަތް ވުމުގެ ގޮތުން ފޭސް މާސްކު އެޅުން ސްވިޒަލޭންޑުގައި ހުއްދައެވެ. ފާސްކޮށްފައިވާ ޕްރޮޕޯސަލްގައި ވަކިން ހާއްސަކޮށް ބުރުގާ ނުވަތަ ނިގާބް މަނާ ކުރި ކަމަށް ނެތް ނަމަވެސް، މުސްލިމުން ނިވައި ކުރުމުގެ ގޮތުން މޫނު ނިވައިކުރުން ހުއްޓުވުން އެމީހުންގެ އަމާޒަކަށް ވެގެން ދިޔައެވެ.
ބުރުގާ އެޅުން ހުއްޓުވުމަށް ސްވިސް ޕީޕަލްސް ޕާޓީ އިން ވަނީ ތާއީދު ކޮސްފައެވެ. ސްވިސް ޕާޓީ އިން ކޮއްފައިވާ ކެމްޕެއިނެއްގައި މޫނު ބުރުގާ އަޅާފައި ހުރި މީހެއް ކުރަހާފައިވަާ ޕޯސްޓަރެއް ބޭންކޮށްފައި ވެއެވެ. މި ޕޯސްޓަރުގައި ' އިސްލާމިކް ރެޑިކަލިސަމް' ހުއްޓާލަން ޖެހޭ ކަމަށް ބުނާ ލިޔުމެއް ލިޔެފައިވެއެެވެ.
ޔުނިވާސިޓީ އޮފް ލުކާން އިން ކޮށްފައިވާ ދިރާސާ އަކުން ދައްކާގޮތުން ސްވިޒަލޭންޑުގައި މޫނު އަޅާފައި ތިބެނީ 37-21 އަހަރާއި ދެމެދުގެ މުސްލިމް އަންހެނުންނެވެ. ސްވިޒަލޭންޑު އާބާދީގެ ފަސް އިންސައްތަ އަކީ މުސްލިމުންނެވެ. އެއީ 8.6 މިލިއަން މީހުންގެ ތެރެއިން 390،000 މުސްލިމުންނެެވެ.
ނަމުގައި ޑިމޮކުރަސީ އެކަމަކު އިންސާނާގެ އަސާސީ މިނިވަންކަމަށް އަރައިގަންނަނީ. އެހެން ދީންތަކަށް ވެސް އިހުތިރަމު ކުރަންޖެހޭ.
އަންހެނާގެ އައުރަ އަކީ މޫނާއި ދެ އަތްތިލަ ފިޔަވައި އެހެން ހުރިހާ ތަނެއް. އާބާދީ ބޮޑެތި ގައުމު ތަކުގަ ކުށް ކުރާ މީހުންވެސް ގިނަ ވާނެ. މޫނު ނިވާ ކޮއްގެން ގޮސް ކޮންމެ ކަމެއް ވެސް ކޮއްފާނެ. އޭރުންވެސް ހަޑި ނަން ލިބޭނީ މުސްލިމުންނަށް. ޑިމޮކުރަސީ ވެއްޖެއާމުން ގެރިތަށް މަގުމަށްޗަށް ގުއިލާންވެސް ދޫކޮއްލަންވީ. ގެރި ގުއި މައްޗަށް އެރުމުން ބާއްޖަވެރި ދަތުރަކަށް ވާކަމަށްވޭ އެއަށް އަޅުކަން ކުރާ މީހުންނަށް.
މާސްކުއަޅާމީހުން ވައްކަމެއް ނުކުރާނެ؟
މަނާކުރިޔަސް،މޫނު ނިވައިކޮއްގެން ،ކުރާކުށްތައް
ކުރާނެ.
މަނާ ކުރަންޖެހޭ ކަމެއް
މީމި ޑިމޮކްރަސީ ގެ ވާހަކަ ބާރުލާ ގޮވާ މީހުންންގެ ދެފުށްދެހޮޠްކަން މިމީހުންގެ ފެންވަރު ހުރިވަރު މިހުރީ ދިމާއަށް ފެންނަން އިސްލީ ގައުމުތަކުގާ އެހެން ދީން ތަކުގެމީހުން ބޭނުން ހެދުމެށް ނުލެވެންޔާ އެއީ ޑޮމޮކްރަސީ ނެތީ އެހެން ދީންތަކަށް އިހްތިރާމް ކުރަންވެސް ވަރަށް ބާރުލާ ގޮވާ ހަދާ އެކަމަކު މިމީހުންގެ ގައުމުގާ މުސްލިމުން ބޭނުން ވާގޮތަށް ހެދުން އެޅީމަ އެބަ ވޭ މައްސްލަ އަކަށް މިމީހުން ބޭމުން ނުވަންޔާކާ މޯވޭ ދީނީ މިނިވަން ކަމާ ހަމަހަމަ ކަމެށް ވެސް އެކަމަކު މިރާއްޖޭހަގަވެސް އެބައުޅޭ މިމީހުނަ ބްރެއިން ވޮސް ކޮށްފާ ތިބިބަޔަކު ހަމަހަމަ ކަމޭ ގޮވާ ހަޅޭ ލަވާ.
މަހިބަދޫ މީހާ ކަލޭމެންގެ ގއުމުގާ ނުވަތަ ސައުދީ ގަ ކިހިނެއް ބާ ވާނީ
ސުރުހީގޯސް މޫނުބުރުގާ އެޅުން މަނާކުރީ
މިހާރު ހުރިހާ ސަރަހައްދެއްގައިވެސް މޫނުނިވާ ކޮށްގެން އުޅެނީ.... ފިރިހެނުންވެސް
ކިތަށް މީހުން އައުރަނިވާ ނުކޮށް ވައްކަންކޮށް ފޭރޭކަން ބްރޯދަންމުތޯ..... ވައްކަން ކުރާ މީހުން ފޭރޭމީހުން ބަލާނެ ހުސްގަޔާވެސް އެކަން ކުރެވޭތޯ އެއްވެސް ފޮރުވުމެއްނެތި ރޯމާ ދުވާލު ކާކުކަން އެންމެންނަށް އެނގިހުރެ ވައްކަންކޮށްލާ ފޭރިގަނެގެން މިރާއްޖޭގައިވެސް ކިތައް ހާދިސާ ހިގާތޯ.... އެމީހުންނަނަށް އިނގޭ ކުއްވެރިވާނެކަން ކުއްފިލާ މިނިވަން ވާނެކަން.... އަނެއްދުވަހު ލޫޓްވާން އުޅެވޭނެކަން....ކެންސަރްޖެހޭގުނަވަން ނައްތާލައިގެން ސަލާމަތްވާން އޮތިއްޔާ ވައްކަމާއި ލޫޓްވުމުން ސަލާމަތްވާން އޮތީ އަތުންކުރިއްޔާ އަތް ބުރިކޮށްލައިގެން...އެއީކީ މޫނުބުރުގާ،ނިގާބް މުސްލިމުން އަޅާތީކީ ނޫން
ޢޮޅުވާލާގޮތަށް ނޫނިއްޔާ އޮޅޭގޮތަށް ސުރުޙީ ނޭޅުން ބުއްދި ވެރި ކަޢްނޭގެ.
ބުރުގާ އާ މޫނު ބުރުގާއަކީ ތަފާތު އެއްޗެއް. ސުރުހީ އަކީ ވަރަށް ބޮޑަށް ފިތުނަ އުފެދޭ ގޮތަށް ލިޔެފައިވާ އެއްޗެއް. ބުރުގާ އެޅައިގެން އުޅުމެއް މަނައެއް ނޫން އެގައުމުތަކުގައި. މޫނަކީ ކޮންމެހެން ނިވާ ކުރަން ޖެހޭ ތަނެއް ނޫން.
މީ ވަރަށް މާނަ އޮޅޭ ގޮތަށް ލިޔެފަ އިން ސުރުހީއެއް