ކޮވިޑް-19 ގެ ބަލިމަޑުކަމުގެ ތެރޭގައި ދަތުރު ފަތުރުގެ ނިޒާމަށް ވަނީ ބޮޑަތި ބަދަލުތަކެއް ގެނެސްފައެވެ. ބައެއް ގައުމުތަކަށް ދަތުރުކުރުން އެއްކޮށް މަނާ ކުރެވިފައިވާ އިރު، އެހެން ގައުމުތަކުން ވަކި ހާއްސަ ހުއްދައަކާއެކު ދަތުރުވެރިންނަށް ވަނީ ފުރުސަތު ހުޅުވާލައިފައެވެ.

ބައެއް ގައުމުތައް އަދިވެސް ފުރަބަންދުކޮށްފައިވީ ނަމަވެސް އެހެން ގައުމުތަކުގެ ބޯޑަރު ވަނީ ފަތުރުވެރިންނަށް ހުޅުވާލައިފައެވެ. އެގޮތުން އިންޑިއާގެ ފަތުރު ވެރިންނަށް ދަތުރު ކުރެވޭނެ ވަކި ގައުމުތަކެއް ވަނީ ކަނޑައަޅައިފައެވެ.

އުނައިޓެޑް އަރަބް އެމިރޭޓްސް:

ދުބާއީގައި ޗުއްޓީ ހޭދަކުރުމަށް ބޭނުން ނަަމަ، ކޮވިޑް-19އަށް ޓެސްޓުކޮށް ނައްސި ނަތީޖާއެއް ލިބިއްޖެ ނަމަ އެ ގައުމަށް ދަތުރު ކުރެވޭނެއެވެ. ކޮވިޑް-19އަށް ޓެސްޓު ކުރަންވާނީ ދަތުރު ކުރުމުގެ 72 ގަޑިއިރު ކުރިންނެވެ.

ރާއްޖެ:

ރީތި މޫދާއި ދޮންވެލި ތުނޑިތައް ބަލައިލުމަށް ރާއްޖެއަށް ދަތުރު ކުރުމުގެ ފުރުސަތު ވަނީ ހުޅުވާލައިފައެވެ. ރާއްޖެއަށް ދަތުރު ކުރުމުގެ 96 ގަޑި އިރު ކުރިން ކޮވިޑް-19 ޓެސްޓުކޮށް ނަތީޖާ ނައްސިވާން ޖެހެއެވެ.

ނޭޕާލްް އާއި ރަޝިއާ:

މި ދެ ގައުމަށް ދަތުރު ކުރުމުގެ 72 ގަޑިއިރު ކުރިން ކޮވިޑް-19 ޓެސްޓު ކުރަންޖެހެއެެވެ. ނައްސި ނަތީޖާ ލިބުމާއެކު ދެ ގައުމަށް ވެސް ދަތުރު ކުރެވޭނެއެވެ.

އެމެރިކާ:

އެމެރިކާއަށް ދަތުރު ކުރުމުގެ 72 ގަޑިއިރު ކުރިން ކޮވިޑް-19 އަށް ޓެސްޓުކޮށް ނައްސި ނަތީޖާއެއް ލިބެން ވާނެއެވެ. ދަތުރު ކުރާ ތަނެއްގެ ގޮތުން 14 ދުވަސް ކަރަންޓީނު މުއްދަތު ހަމަ ކުރަން ޖެހިދާނެއެވެ.

ސްރީލަންކާ:

ލަންކާއަށް ދަތުރު ކުރުމުގެ 96 ގަޑި އިރު ކުރިން ކޮވިޑް-19 ޓެސްޓު ކުރަންޖެހެއެވެ.

ތައިލެންޑް:

ތައިލެންޑަށް ދިއުމުގެ 72 ގަޑި އިރު ކުރިން ކޮވިޑަށް ޓެސްޓު ކުރަން ޖެހެއެވެ. ކަރަންޓީނުގެ މުއްދަތު ފުރިހަމަ ކުރުމަށް ފަހު، 90 ދުވަސް ވަންްދެން ވަކި ހާއްސަ ގަވާއިދަކާއި އެކު އެ ގައުމު ބަލާލުމަށް އުޅެވޭނެއެވެ.

ސައުތް އެފްރިކާ:

މި ގައުމަށް ދަތުރު ކުރުމުގެ 72 ގަޑި އިރުގެ ކުރިން ކޮވިޑް-19އަށް ޓެސްޓުކޮށް ޓްރެވަލް ހެލްތާއި ގުޅޭ ސުވާލްތައް ފުރިހަމަ ކުރަން ޖެހެއެވެ.

ކެންޔާ:

މި ގައުމަށް ދަތުރު ކުރުމުގެ ކުރިން ނައްސި ވެފައިވާ ކޮވިޑް-19 ޓެސްޓު ނަތީޖާއެއް ދައްކަން ޖެހެއެވެ. އެ ޓެސްޓު ކުރެވިފައި ވާން ޖެހެނީ އެ ގައުމަށް ދިޔުމުގެ 96 ގަޑި އިރު ކުރިންނެވެ. އެއަށްފަހު ހެލްތް ސާވައިލެންސް ފޯމެއް ފުރަން ޖެހެއެވެ.

ޔޫކްރެއިން:

މި ގައުމަށް ދަތުރު ކުރާ ނަަމަ، ކުރަން ޖެހޭ ކަމަކީ އިންޝުއަރެންސް ކުރަންޖެހުމެވެ.

އެކި ގައުމުތަކުގެ ތަފާތު ގަވާއިދު ތަކާއެކު ފަތުރުވެރިންނަށް ދަތުރު ކުރުމުގެ ފުރުސަތު ވަނީ ދީފައެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. މާރިޔާ

    ތިބީތާ ތައް ރާެްއްޖެ ނާރުވާތި ރައްޔިތުން ބޭސްފަރުވާ ކުރަން އިންޑިޔާ އައް އަރަން މިޖެހެނީ ސަލާންޖަހަން ގިނަފަހަރު ވިސާނުލިބެ