އެމެރިކާގެ ސްޓޭޓެއް ކަމަށްވާ ހަވާއީގައި ކޮވިޑް-19 ވެކްސިންގެ ދެ ޑޯޒް ފުރިހަމަކޮށްފައި ތިބި ތިިން މީހަކު އެ ބައްޔަށް ފައްސިވެއްޖެއެވެ.

ހަވާއީގެ ސިއްހީ އިދާރާއިން ނެރުނު ބަޔާނުގައި ވަނީ ފައިޒާ ވެކްސިން ދެ ޑޯޒް ފުރިހަމަ ކޮށްފައި ވީ ނަމަވެސް ތިން މީހަކު ކޮވިޑް-19އަށް ފައްސި ވެފައިވާ ކަމަށެވެ. ތިން މީހުން ވެސް ކޮވިޑް-19އަށް ފައްސި ވެފައި ވީ އިރުގައި، ބަލީގައި އެއްވެސް މީހަކަށް ބޮޑުވަރު ނުވާ ކަމަށްވެއެވެ.

އެތަނުން އެކަކު ވެކްސިނުގެ ދެ ޑޯޒު ފުރިހަމަ ކޮށްފައިވަނީ ޖެނުއަރީ މަހުގައި ކަމަށް ރިޕޯޓުތައް ބުނެއެވެ. ވެކްސިން ފުރިހަމަ ކުރުމަށް ފަހު ފެބްްރުއަރީ މަހު އޭނާ ވަނީ އެމެރިކާގެ އެކި ސިޓީ ތަކަށް ދަތުރު ކޮށްފައެވެ.

ސިއްހީ އިދާރާއިން ރިޕޯޓުކޮށްފައިވާ ގޮތުން މި މީހާ ދަތުރު ކުރުމުގެ ކުރިން ކޮވިޑް-19އަށް ޓެސްޓު ކޮށްފައިވެއެވެ. ގައުމަށް އެނބުރި އައުމުގެ ކުރިން ކޮވިޑް-19އަށް ފައްސި ވެފައިވާ ނަތީޖާއެއް ލިބިފައި ނުވާ ކަމަށް އޮފިޝަލުން ބުނެއެވެ.

ލޫޓަނެންޓުގެ ގަވަރުނަރު ބުނެފައިވަނީ 95 އިންސައްތަ މީހުން ވެކްސިނުގެ ސަބަބުން ރައްކާތެރިވީ ނަމަވެސް އަނެއް ފަސް އިންސައްތަ މީހުން ބަލިން ނުވެދާނެ ކަމަށެވެ. ގަވަރުނަރު ވަނީ އެކި މީހުންގެ ހަށިގަނޑުގެ ދިފާއީ ބާރު ހުންނާނީ އެކި ލެވެލްގައިކަން ހަނދާން ކުރުމަށް ބުނެފައެވެ. ގަވަރުނަރު މިކަން ހަނދާން ކޮށްދީފައި ވަނީ ބަޔެއް މީހުން ވެކްސިން ޖެހުމަށް ދެކޮޅު ހަދާފާނެތީއެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ކޮތަރު

    އެހެންވީ މާ ޖީބުފުރެންދެން ތިއެއްޗެހިއަޅައިގެންތާއުޅެންޖެހެނީ ؟؟ ކޮން މެހަފްތާބަންދެއްގަ ތިވެސްޖަހަންޖެހޭނެތާ؟؟؛

  2. ޢލީ

    ކޮވިޑަކީ ކަފަބުރުގައި ހުންނނަ އެއްޗެއް. ފަޅޮލައް ކޮއްޕާފަޓެސްޓް ހެދިޔސައް ޕޮސިޓިވް ވޭ. މީ ބޮޑު ޖަރީމާ އެއް

  3. އަލް އަމީން

    ރާއްޖޭގައި ވެސް ނިކަން ޖައްސާލަބަލަ ހެންވޭރު ނިރޮޅުމަގަށް