އެމެރިކާގެ ހަވާއީން އޮސްޓްރޭލިއާގެ ސިޑްނީއަށް ދަތުރު ކުރަމުންދިޔަ ހަވާއީ އެއާލައިންގެ މަތިންދާބޯޓަކަށް ލޮޅުން އަރާ ތިން ފަސެންޖަރަކަށް އަނިޔާވެއްޖެއެވެ. އެ ތިން މީހުންނަށް ހޮސްޕިޓަލްގައި ދަނީ ފަރުވާދެމުންނެވެ.

ހަވާއީ އެއާލައިންސްގެ ފްލައިޓް އެޗްއޭ451 އަށް ހުކުރު ދުވަހު ފުރާފައި ވަނީ ނުވަ ގަޑިއިރާއި ސާޅީސް ފަސް މިނެޓުގެ ދަތުރަކަށެވެ. އެހެން ނަމަވެސް އެ ދަތުރަށް ފަސް ގަޑިއިރުވީ ފަހުން ވަރަށް ބޮޑަށް ބޯޓަށް ލޮޅުން އަރާ ގޮތްވިއެވެ.

އަދި ސިޑްނީ އެއާޕޯޓަށް ރޭ 8:00 ގެ ކުރިން މަތިންދާބޯޓު ޖެއްސުމުން އެމަޖެންސީ ސާވިސަސްއިން ވަނީ ބޯޓުގައި ތިބި މީހުންނަށް ފަރުވާ ދޭން ފަށައިފައެވެ.

މި ބޯޓުގައި 163 ފަސިންޖަރުންނާއި 12 ފަޅުވެރިން ތިއްބެވެ.

އެންއެސްޑަބްލިއު އެމްބިއުލާންސް އިން ބުނީ ތިން މީހަކު ހޮސްޕިޓަލަށް ގެންދިއުމުގެ ކުރިން އެ ސަރަހައްދުން 12 މީހަކު އެސެސްކޮށްފައިވާ ކަމަށެވެ.

"ހަތަރު ފަސިންޖަރުންނާއި ތިން ފްލައިޓް އެޓެންޑެންޓުންނަށް އެންމެ ފުރަތަމަ ފަރުވާ ދިނީ ބޯޓުގައި ތިބި ޑޮކްޓަރަކާއި އަޅުގަނޑުމެންގެ ފަޅުވެރިން، އެއީ އެވަގުތު އެއާޕޯޓްގައި ތިބި ޑޮކްޓަރުންގެ ލަފާގެ މަތިން." ތަރުޖަމާނު ވިދާޅުވިއެވެ.

މީގެ ތެރެއިން ދެ ފަސިންޖަރުން ސެއިންޓް ޖޯޖަށް ގެންދިޔައިރު، އެއް ފަސިންޖަރަކު ޕްރިންސް އޮފް ވޭލްސް އަށް ގެންގޮސްފައި ވެއެވެ.

މި މަތިންދާ ބޯޓުގެ "ފުރިހަމަ އިންސްޕެކްޝަނެއް" ހެދުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ. އޭގެ ސަބަބުން ސިޑްނީއިން ހޮނޮލޫލަށް ދަތުރުކުރާ ފްލައިޓް އެޗްއޭ452 ފުރާ ގަޑި ލަސްވެދާނެ ކަަމަށް ލަފާ ކޮށްފައި ވެއެވެ.