ސައިރެންސް އަށް ފާޑުކިޔުމުން މައުއީގެ އިމަޖެންސީ ޗީފް ވަޒީފާއިން ވަކިވެއްޖެއެވެ.

ހަވާއި ގެ ރަށެއްކަމަށް މައުއީގެ އިމަޖެންސީ މެނޭޖްމަންޓް ޗީފް ވަނީ މިދިޔަ ހަފްތާގައި ހިނގި ނުރައްކާތެރި އަލިފާނުގެ ހާދިސާގައި އޭނާގެ އެޖެންސީގެ އެލާމް ސިސްޓަމް އެކްޓިވޭޓް ނުކުރި މައްސަލަ ދިފާއު ކުރެއްވިތާ އެއް ދުވަސް ފަހުން މަގާމުން ވަކިވެވަޑައިގެންފަ އެވެ.
އިމަޖެންސީ މެނޭޖްމަންޓްގެ ކުރިން އެއްވެސް ތަޖުރިބާއެއް ނެތް ހަރމަން އަންޑަޔާ އިސްތިއުފާ ދެއްވުމަށް އުޒުރުވެރިވީ އޭނާގެ ސިއްހީ ސަބަބުތަކެކެއެވެ.
އޭގެ ފަހުން އައި ދުވަސްތަކުގައި ހަވާއީ ޖަޒީރާގެ ރައްޔިތުން ވަނީ މިއަށްވުރެ ހަރުދަނާ ކުއްލި ހާލަތުގައި ރައްދު ދިނުމުން އިތުރު މީހުންގެ ފުރާނަ ސަލާމަތް ކުރެވިދާނެ ކަމަށް ބުނެފައެވެ.
މި ހާދިސާގައި މަދުވެގެން 111 މީހަކު މަރުވެފައިވާ ކަމަށް ލަފާ ކުރާއިރު 1،000 އަށް ވުރެ ގިނަ މީހުން ގެއްލިގެން ހޯދަމުން އަންނަކަމަށްވެސް ފާހަގަ ކުރިއެވެ.
މި ރަށުގެ ވަށައިގެން 80 ސައިރެން ހިމެނޭ މައުއީގެ ތަޖުރިބާކާރު ނިޒާމު ކޮންމެ މަހެއްގެ ފުރަތަމަ ދުވަހު ޓެސްޓް ކުރާއިރު، އޭގެ 60 ސިކުންތުގެ ރާގަކީ ލަހައިނާގެ ދިރިއުޅުމުގެ އާދައިގެ ބައެކެވެ. އެކަމަކު އަލިފާން ރޯވި ދުވަހު އެމީހުން ތިބީ ހަމަ ހިމޭނުންނެވެ.
ބުދަ ދުވަހު މައުއީ އިމަޖެންސީ މެނޭޖްމަންޓް އެޖެންސީގެ ވެރިޔާ މިސްޓަރ އަންޑަޔާ ވަނީ އެ ނިންމުމާ މެދު ހިތާމަ ނުކުރާ ކަމަށް ވިދާޅުވެފަ އެވެ.
މި އަލިފާނުގެ ހާދިސާއަކީ މި ފަހުން އެމެރިކާއަށް ކުރިމަތިވި އެންމެ ބޮޑު އަލިފާނުގެ ހާދިސާއެވެ. ތާރީހީ ރަށެއްގެ ގޮތުގައި މަޝްހޫރު މައުއީ އިން މިހާރު ފެންނަނީ ވީރާނާ ކަ،،ާއި ފަޅުކަމެވެ. އަނދާފައިވާ ގަސްތަކާއި ގެތަކާއި ކާރުތަކެވެ. މީހުންގެ މޫނުމަތިން ފެންނަނީ އުދާސްކަމާއި މާޔޫސްކަމެވެ. އެ ރަށުގެ ފަޅުގައި އަޅާފައިވާ އުޅަނދުތައް ވެސް އަނދައި ހުލިވެފައި ވާއިރު، އެއްވެސް ދިރުމެއް އެ ތަނެއްގައި ނުވެއެވެ.
މިހާ ބޮޑު ގެއްލުމެއް ފޫބެއްދުމަށް ގިނަ ދުވަސްތަކަކާއި ބޮޑު ހަރަދެއްދާނެ ކަމަށް ތަޖުރިބާކަރުން ވިދާޅުވެއެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ސައިރެންސް

    ފާޑު ކިޔައިގެން ނުވާނެދޯ!

    • މުހަންމާ

      ކޯޗަކަށްފާޑުކީއޭ! މީކާކުލިޔުނުޚަބަރެއް!
      ބޯގަޅި!

  2. Anonymous

    މާތް ﷲ ކުޅަދުންވަންތަކަން.. ތިހުރިހާ ސައިރެން އަކާއި އެލާރމިން ސިސްޓަމްތައް ހުއްޓައި މުޅިރަށް އަނދައި ހުލިވީ..