ސުއޭޒް ކެނަލް އަކިީ 1869 ވަނަ އަހަރު ކަނޑު ދަތުރު ކުރުމަށް ފަސޭހައަކަށް ހަދާފައިވާ މަގެކެވެ. ދުނިޔޭގެ އެކި ހިސާބުތަކަށް މުދާ އުފުލުމަށް ބޭނުން ކުރާ މައި މަގެއްގެ ގޮތުގައި ސުއެޒް ކެނަލް ވަނީ ވެފައެވެ. މި މަގު ބަންދުވެފައި އޮންނަތާ ހަފްތާއެއް ވަނީއެވެ. މުދާ އުފުލާ އެތައް ބޯޓުތަކެއް ދަތުރުކުރާ މި މަގު ބަންދުވެފައި އޮތުމުން އެތައް އުޅަނދަކަށް ދަތުރު ނުކުރެވި މި މަގުގެ ދެކޮޅުގައި ތާށިވެފައި އެބައޮތެވެ.

ކުރިމަތިވެފައިވާ ކާރިސާގެ ސަބަބުން ހެދުމާއި، ކާ އެއްޗެހީގެ ވައްތަރުތަކާއި، ގޭހާއި ތެލާއި މިފަދަ އިމްޕޯޓު ކުރާ މުދާތައް ލިބުން ލަސްވުމަކީ އެކަށީގެން ވާ ކަމެކެވެ. މުދާ ލިބުން ލަސްވުމާއި އެކު އެ ތަކެއްޗަށް ކުރާ ޑިމާންޑް ބޮޑުވެގެން ދެއެވެ. މީގެ ސަބަބުން އެއްޗެހީގެ އަގުތައް އުފުލިގެން ދިޔުމަކީ ވަރަށް ގާތް ކަމެެކެވެ.

ތަޖުރިބާކާރުން ބުނެފައިވަނީ ސުއޭޒް ކެނަލް ބަންދުވެ އެ މަގުން ދަތުރުކުރާ މުދާ އުފުލާ ބޯޓުތައް ތާށިވެފައި އޮތުމަކީ ދުނިޔޭގެ ސަޕްލައި ޗެއިންއަށް އަސަރު ކުރާނެ ކަމެއް ކަމުގައެވެ. އެ މަގުން ދަތުރު ކުރާ ބޯޓުތަކުން މުދާ އުފުލާ ގައުމުތަކުގެ ބާޒާރަށް ވެސް މީގެ ސަބަބުން ބޮޑެތި ގެއްލުންތަކެއް ވެގެން ގޮސްދާނެއެވެ. ރިޕޯޓުތަށް ބުނާގޮތުން ސުއެޒް ކެނަލް ބަންދު ވުމާއި އެކު 10 ބިލިއަން ޑޮލަރުގެ މުދާ ތާށިވެފައިވެއެވެ. މިއީ ދުނިޔޭގެ އިގްތިސާދަށް، ހާއްސަކޮށް ތެލާއި، ކާ އެއްޗެހީގެ ވިޔަފާރިއަށް އަސަރު ކުރާނެ ކަމެކެވެ.

ދުނިޔޭގެ 80 އިންސައްތަ ގައުމުތަކަށް މުދާ އުފުލަނީ ކަނޑު މަގުން ކަން ފާހަގަ ކޮށްލެވެއެވެ. ސުއޭޒް ކެނަލް ބަންދުވެފައި އޮތުމުން އިންޑިއާ އާއި ޗައިނާގެ ވިޔަފާރިއަށް އަސަރު ކުރާނެ ކަމަށް ރިޕޯޓުތައް ބުނެއެވެ. މިއީ ރާއްޖޭގެ ބާޒާރު ތަކަށް ވެސް އޭގެ ސަބަބުން އަސަރު ކުރާނެ ކަމެކެވެ.

މި މަގުން އަހަރެއްގެ މައްޗަށް މުދާ އުފުލާ 20،000 އަށް ވުރެ ގިނަ ބޯޓުތައް ދަތުރުކުރެއެވެ. މިހާރު މި މަގު ބަންދު ވުމުގެ ސަބަބުން ދަތުރު ނުކުރެވިފައިވާ ބޯޓުތައް މި މަގަށް ހުރަސްވެފައިވާ ބޯޓު ފުން ކުރެވޭ އިރަށް ދަތުރު ކުރަން ފެށުމުން އެ މަގު ތޮއްޖެހިގެން ދާނެއެވެ. އެހެން ކަމުން، ދުނިޔޭގެ ސަޕްލައި ޗެއިން ހަމައަކަށް އެޅެން ދުވަސް ނަގާނެއެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ޢަޅި

    ބޯޓުތަކުން އެހެން ނައުމައް އަނގަބަލަ. ޢޭރައް 50 ބޯޓް އިތުރެއްނުވާނެ.

    5
    6
  2. އިލޮސިފަތި

    އެހެންވާނި ދެން.! އެއްކަަކަށް ބަރޯސާވެ ފައޮތީމަ.! މިހާރުވެސް ތި ފެންނަނި އެކަމަކަށް ބަރޯސާވެ ފަ އޮތުމުން ކޮށްލިއަސަރު.! މުޅިދުނިޔޭގެ އިގުތިސޯދައް ހުއްޓުމެއް އެއައީ.!!! އިތުރު މަގެއް ހަދާ ފައޮންނަ ނަމަ މިހެންނުވީސް!!!