ސްޕޭސްގައި އުޅެނިކޮށް އެސްޓްރޮނައުޓަކު މަރުވުމުން ކަންތައް ކުރާގޮތް އިނގޭތަ؟ މިޝަންގެ ބާކީ އެތައް ދުވަހެއް އޮތްވަ، އެ މަރުވި މީހާގެ ހަށިގަނޑު ދުނިޔެ ގެންނަނީތަ؟ މިއީ މިކަމާއި މެދު ކިރިޔާ ވެސް ވިސްނާލައިފި މީހެއްގެ ހިތުގައި އުފެދޭނެ ސުވާލު ތަކެކެވެ.
ކަމާއި ބެހޭ ފަރާތްތަކުން ބުނަމުންދަނީ މަރުވެފައިވާ މީހާގެ ހަށިގަނޑު ސްޕޭސްގައި ފްލޯޓް ކުރުމަކީ އެ ހަށިގަނޑު ނައްތާލުމަށް ކުރެވިދާނެ ކަމެއް ކަމަށެވެ. ހަށިތައް ނައްތާލުމުގެ ގޮތުން ކޮށްފާނެ އެންމެ ތަފާތު ކަމަކަށް ކަމާއިބެހޭ ފަރާތްތަކުން ބުނެފައިވަނީ ސްޕޭސް ސްޓޭޝަނުން ކާ އެއްޗެހި ހުސްވާން ފެށުމުން މިޝަންގެ އެހެން ބައިވެރިން ކެއުމަށް އެ ހަށިގަނޑު ބޭނުން ކޮށްފާނެ ކަމަށެވެ. މާނަ އަކީ ރައްކާކޮށްފައި ހުންނަ ކާ އެއްޗެހި ހުސްވުމަކާއި ގާތްވުމުން މިނި މަސް މީހުން ކައިފާނެ ކަމެވެ.
ސްޕޭސް އެކްސްގެ ވެރިޔާ އެލަން މަސްކް ބުނެފައިވަނީ މާސްއަށް ދާން ބޭނުންވާ މީހުން، މަަރަށް ތައްޔާރު ވެގެން ދަތުރު ހެދުމަށެވެ.
ޖައްވީ އިދާރާއިން ސްޕޭސްގައި މަރުވާ މީހުންނާއި މެދު ކަންތައް ކުރާނެ ވަކި ގޮތެއް ކަނޑައަޅާފައެއް ނުވެއެވެ. ނަމަވެސް، ދިރާސާ ކުރާ މީހުން ދަނީ މިކަންކަމާ ވިސްނައި، ހޯދާ ބަލަމުންނެވެ. 170 މިލިއަން މޭލު ދުރުގައިވާ މާސްއަށް ކުރާ ދަތުރެއްގެ ބައިވެރިއަކު މަރުވެއްޖެނަމަ، ކޯލްޑް ސްޓޯރޭޖްގައި ކުނި ނުވާގޮތް ހަދާފައި ލޭންޑް ކުރެވެންދެން ބޭއްވޭނެ ކަމަށް މަޝްހޫރު ސައިންސްވެރިން ވަނީ ރިޕޯޓު ކޮށްފައިވެއެވެ.
ސްޕޭސްގެ ކަންކަމަށް ހާއްސަވެފައިވާ ޕައުލް ވޯޕް ބުނެފައިވަނީ އެކުގައި ގޮސް އުޅޭ އެހެން މީހުން ސަލާމަތް ކުރުމުގެ ގޮތުން ކުފުރު މަރަކުން އަމިއްލަޔަށް މަރުވާ ކަމަށެވެ. އޭގެ އިތުރުން ކްރޫ މެމްބަރެއްގެ ގޮތުގައި ފާހަގަ ކޮށްލެވޭ ޖޮހާންސެން އާއި ސްޕޭސްގައި ސަވައިވް ވާނެތޯ ސުވާލް ކުރުމުން އޭނާ ބުނެފައިވަނީ ކެއުމަށް ލިބެނީ ހަމަ އެކަނި ދުނިޔެއިން ގެންދާ ކާ އެއްޗެހީގެ ޝިޕްމެންޓް ނޫން ކަމަށެވެ.
ސްޕޭސްގަ ލިބޭނެ ގޮށްފުޅަނގި ވެސް ކާން. ބޮއްކުރާގައި ނިކުމެލާން ޖެހޭނީ މޭލަކަށް.
މީކޮންހާސަރުބޮޑިއެއް!
ދޮގެއްވެސް ނޫން
ކޮން ކުފުރު މަރެކޭ