ރަޝިއާއިން 2025 ވަނަ އަހަރު އިންޓަނޭޝަނަލް ސްޕޭސް ސްޓޭޝަން ދޫކޮށް އަމިއްލަ ސްޕޭސް ސްޓޭޝަން ލޯންޗް ކޮށްފާނެ ކަމަށް ޖައްވީ ކަންކަމާއި ބެހޭ ރަޝިއާގެ ސްޓޭޓް ކޯޕަރޭޝަން ރަސްކޮސްމޮސް އިން ބުނެފިއެވެ.

އެ ކޯޕަރޭޝަނުން ބުނެފައި ވަނީ އިންޓަނޭޝަނަލް ސްޕޭސް ސްޓޭޝަން މިހާރު ކޮލިޓީ ދަށްވެ ހަލާކު ވަމުން އަންނަ ކަމަށެވެ.

ރަޝިއާއިން ބިނާކުރަމުންދާ ސްޕޭސް ސްޓޭޝަން

ރަޝިއާ ޖައްވީ އެޖެންސީގެ ޗީފް މިޓްރީ ރޮގޮޒިން ބުނެފައިވަނީ އަމިއްލަ ސްޕޭސް ސްޓޭޝަނެއް ހެދުމުގެ މަސައްކަތް ކުރަމުންދާ ކަމަށާއި އެ މަސައްކަތުގެ ފުރަތަމަ މަރުހަލާ މިހާރު ކުރިޔަށްދާ ކަމަށެވެ. ރަޝިއާއިން އަމިއްލައަށް ބިނާކުރާ ސްޕޭސް ސްޓޭޝަން އޯބިޓަށް ފޮނުވޭނެ ކަމަށް ލަފާކުރެވެނީ 2025 ވަނަ އަހަރުއެވެ.

ރަޝިއާގެ ޖައްވީ ކަންކަމުގައި އިސްކޮށް މަސައްކަތް ކުރާ އޮފިޝަލަކު ވަނީ އިންޓަނޭޝަނަލް ސްޕޭސް ސްޓޭޝަން ފަނާވެދާނެ ކަމުގެ އިންޒާރު ދީފައެވެ. އަދި 2025 ވަނަ އަހަރު އެ ސްޓޭޝަނަށް 27 އަހަރު ފުރޭނެ ކަމަށާއި، އެތަނުގައި އެޅޭ ކްރޫ މެމްބަރުންގެ ފުރާނައަށް ނުރައްކާ ވެދާނެ ކަމަށް އޭނާ ބުންޏެވެ. ދުނިޔޭގެ މައި ޖައްވީ އިދާރާ ނާސާއިން ބުނެފައިވަނީ އިންޓަނޭޝަނަލް ސްޕޭސް ސްޓޭޝަން އޭގެ އެންމެ ފުރިހަމަ ގޮތުގައި ހުންނާނީ 30-15 އަހަރު ދުވަހުގެ ތެެރޭގައި ކަމަށެވެ.

ރަޝިއާއިން ވަނީ އެމީހުން އަމިއްލައަށް ބިނާކުރަމުންދާ ސްޕޭސް ސްޓޭޝަނުގެ ވީޑިއޯ އާންމު ކޮށްފައެވެ. ހައިޓެކް ބޭސް އަކާއެކު ބިނާކުރަމުންދާ ސްޕޭސް ސްޓޭޝަން ފަރުމާ ކުރާ އިރު ފަތުރުވެރިންނަށް ހާއްސަ ހޮޓަލެއް ހިމަނާނެ ކަމަށް ރިޕޯޓުތައް ބުނެއެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ިބޯކިބާ

    ހެހެހެ، ނާސާއަކީ "ދުނިޔޭގެ މައި ޖައްވީ އިދާރާ" އެއްނޫން. މިކަހަލަ ޕުރޮޕެގެންޑާ ކުޑައިރުއްސުރެ އަޑުއިވިއިވި ދިވެހިން ބޮޑެތިވެފަ ތިބެނީ.

    7
    1