ކޮވިޑް-19ގެ ސަބަބުން ޖަޕާނުގައި އިއުލާނު ކޮށްފައިވާ ކުއްލި ނުރައްކަލުގެ ހާލަތުގެ މުއްދަތު އަންނަ މަހުގެ 20 ވަނަ ދުވަހާއި ހަމައަށް އިތުރު ކޮށްފިއެވެ.

އެގައުމުގައި އިއުލާނު ކޮށްފައިވާ ކުއްލި ނުރައްކަލުގެ ހާލަތުގެ މުއްދަތު އިތުރު ކޮށްފައިމިވަނީ ޓޯކިޔޯ 2020 އޮލިމްޕިކްސް ފެށުމެއް މަހެއްހާ ދުވަސްވެފައި ވަނިކޮށެވެ.

ކުއްލި ނުރައްކަލުގެ މުއްދަތު އިތުރު ކުރަމުން އެގައުމުގެ ބޮޑު ވަޒީރު ޔޮޝިހީދް ސުގާ ވިދާޅުވެފައި ވަނީ ޓޯކިޔޯ އާއި އޮސާކާގައި ބަލީގެ ވޭދަނަތައް ދަށްވި ނަމަވެސް، އޮސާކާގެ ހޮސްޕިޓަލްތަކުގައި އަދިވެސް ހަލުވި ކަމާއި އެކީ ބަލި ފެތުރެމުން އަންނަ ކަމަށެވެ.

މިކަމާއި ގުޅިގެން ބައެއް ފަރާތްތަކުން އަންނަނީ އޮލިމްޕިކްސް ނުބޭއްވޭނެ ކަމަށް ބުނަމުންނެވެ. އެހެން ނަމަވެސް އެކަމާއި ހަވާލުވެގެން ހުރި ސެއިކޯ ހަޝިމަޓޯ ބުނެފައިވަނީ އެކަން އިއުލާނު ކުރާނެ ކަން އެނގޭ ކަމަށާއި އާއްމުން އައުމަށް ވަކި ފިޔަވަޅެއް އަދި ނާޅާނެ ކަމަށެވެ.

ޖަޕާނުނުް މިހާތަނަށް 733،887 މީހަކު ކޮވިޑް-19 އަށް ފައްސިވެފައިވާއިރު، އޭގެ ތެރެއިން 659،732 މީހަކު ވަނީ ބަލިން ރަނގަޅުވެފައެވެ. އަދި 12،714 މީހަކު ވަނީ ބަލި ޖެހިގެން މަރުވެފައެވެ.