ނައިޖީރިއާގައި ޓްވިޓާ ބޭނުން ނުކުރެވޭނެ ގޮތް ހަދައިފިއެވެ.
ޓެލެކޮމް އޮޕެރޭޓަރުން މިގޮތަށް ކަންތައްކޮށްފައި ވަނީ ނައިޖީރިއާގެ ސަރުކާރުގައި ހުރި ކުޅަދާނަކަން ބެލޭނެ ހުރިހާ ގޮތެއް ސަސްޕެންޑް ކުރަން ސަރުކާރުން ގޮވާލައިފައިވަނިކޮށެވެ.
އެފްރިކާގެ އެންމެ އާބާދީ ބޮޑު ގައުމު، ނައިޖީރިއާގައި ޓްވިޓާ ބޭނުންކުރުން މަނާ ކޮށްފައިވަނީ އެގައުމުގެ ރައީސް މުހައްމަދު ބުހާރީ ކުރެއްވި ޓްވީޓެއް ޓްވިޓާގެ އުސޫލުތަކާ ހިލާފުވި ކަމަށް ބުނެ މީސް މީޑިއާއިން ޑިލީޓް ކުރިތާ ދެދުވަސް ފަހުންނެވެ.
"ސަރުކާރުން ވަނީ މުއްދަތެއްނެތް ގޮތަށް ނައިޖީރިއާގައި ޓްވިޓާ ބޭނުން ކުރުން މަނާ ކޮށްފަ" އެގައުމުގެ އިންފޯމޭޝަން އެންޑް ކަލްޗާ މިނިސްޓަރުގެ ތަރުޖަމާނު ވިދާޅުވިއެވެ.
ދި އެސޯސިއޭޝަން އޮފް ލައިސެންސްޑް ޓެލެކޮމް އޮޕެރޭޓާސް އޮފް ނައިޖީރިއާ (އޭއެލްޓީއޯއެން) އިން ވަނީ އެތަނުގެ މެމްބަރުންނަށް ޓްވިޓާ މަނާކުރުމާއި ގުޅިގެން ގަވާއިދުތަކެއް ނައިޖީރިއަން ކޮމިއުނިކޭޝަން ކޮމިޝަނުން ފޮނުވާފައިވާކަން ކަށަވަރުކޮށްދީފައެވެ.
ނެޓްވޯކް ޑޭޓާ ތަކަށް ބަލާއިރު މިހާރު ދައްކަނީ ގްލޯބަކޮމް، އެއާޓެލް އާއި 9މޯބައިލް ފަދަ ބޮޑެތި ނެޓްވޯކް ތަަކުން ޓްވިޓާ ބޭނުންކުރުމަށް ހުރަސްއެޅުމުގެ ފިޔަވަޅުތައް ވަރުގަދަ ކޮށްފައިވާ ކަމަށެވެ.
މި ނިންމުމާއި ގުޅިގެން ޓްވިޓާއިން ބުނީ މިއީ ވަރަށް ކަންބޮޑުވާ ކަމެއް ކަމަށެވެ. ކޮމްޕެނީއިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ އެ މައްސަލަ ބަލަމުންދާ ކަމަށާއި، އިތުރު މައުލޫމާތު ފޯރުކޮށްދެމުން ދާނެ ކަމަށެވެ.
ޓްވިޓާ މަނާ ކުރުމާ ދެކޮޅަށް ނައިޖީރިއާ ވިޔަފާރިވެރިންނާއި، ސިޔާސީ ބޭފުޅުން އަދި އާންމު ރައްޔިތުން ދަނީ އަޑު އުފުލަމުންނެވެ. ސިޔާސީ ބޭފުޅަކު މީޑިއާއަށް ދިން މައުލޫމާތުގައި ބުނެފައިވަނީ ޓްވިޓާއަކީ ނައިޖީރިއާ މީހުންގެ އަޑު ކަމަށެވެ. އަދި އެ ޕްލެޓްފޯމް މެދުވެރިކޮށް ސަރުކާރުން ހިންގާ ޖަރީމާތައް އާންމުން ހާމަ ކުރާ ކަމަށާއި، ޓްވިޓާ ސަސްޕެންޑް ކުރުމަށް ސަރުކާރުން މާ ބޮޑަށް ބޭނުންވަނީ އެ ސަބަބާ ހުރެ ކަމަށް ރައްޔިތުން ގަބޫލުކުރެއެވެ.
ރާންޖޭގައިވެސް ޓްވީޓަރ މަނާކުރާ ދުވަހެއް ދެކެން ބޭނުން. މިތާގައި ގިނަ މީހުން ޓްވީޓަރ ބޭނުން ކުރަނީ ނެތިމޮށެން، މީހުންގެ އަބުރު ކަތިލަން، ދީނަށް ފުރައްސާރަކުރަން، މީހުންނަށް ވަގަށް ގޮވާްން، އަވަގުރާނަ ކިޔަން، ކުފުރުވާން، ޕޮލިޓިކަލް ޕްރޮޕެގެންޑާ ފަރުރާން، ޒާތީގޮތުން ހަސަދަ ފިލުވާން. މީ އަދި ޚިޔާލު ފާޅުކުރުމުގެ މިނިވަން ކަމެއްނޫން.