ކޮރޯނާވައިރަސްއެއް ކަމަށްވާ ކޮވިޑް-19 ދުނިޔެ އަށް ފެތުރު، މުޅި ދުނިޔެ ހުއްޓުމަކަށް އައިސްފައި ވާއިރު ފެންނަން އޮތް ތާރީޚުން ވެސް ކޮންމެ ގަރުނަކު އެއްފަހަރު ދުނިޔެ އަށް ވަނީ ބޮޑެތި ބަލިމަޑުކަމެއް ފެތުރިފައި ކަން އެނގެއެވެ. ނަމަވެސް މިފަހަރު މިއޮތީ ބޮޑެތިބަލިތައް ފެންނަން ނެތް ތާރީޚްގައި ވެސް ވަރަށް ބޮދަށް ފެތުރިގެން ދިޔަކަން ގަބޫލު ކުރެވޭ އާމައުލޫމާތެއް ލިބިފައެވެ.

20000 އަހަރު ކުރިން ވެސް އިންސާނުންގެ ތެރޭގައި ކޮރޯނާވައިރަސްގެ ބަލިމަޑުކަމެއް ފެތުރި، އެތައް ބަޔަކަށް ވައިރަސްގެ އަސަރު ކޮށްފައިވާކަން އަލަށް ކުރި ދިރާސާއަކުން މިހާރު މިވަނީ ދައްކާފައެވެ.

"ކަރަންޓް ބައިލޮޖީ" ގައި އާއްމުކޮށްފައިވާ ދިރާސާއެއްގައި ބުނެފައި ވަނީ އިރުމަތީ އޭޝިއާގެ ގައުމުތަކުގައި ކޮރޯނާވައިރަސް މީގެ 20000 އަހަރު ކުރިން އިންސާނުންގެ ތެރޭގައި ފެތުރިފައިވާކަން ޑީއެންއޭ ދިރާސާތަކަކުން ވަނީ ދައްކާފައެވެ. ޗައިނާ، ޖަޕާން އަދި ވިއެޓްނާމް މީހުންގެ ގައިން ނެގި ޑީއެންއޭ ސުންކުތައް ޓެސްޓް ކުރުމުން ކޮރޯނާވައިރަސް އާއިލާގެ ވައިރަސްގެ 42 ޖީން ވަނީ މިސަރަހައްދުގެ މީހުންގެތަކުގެ ހަށިގަނޑުން ފެނިފައެވެ.

މިދިރާސާ ކުރުމަށް 26 ގައުމަކުން 2500 މީހުންގެ ޑީއެންއޭ ނަގައިގެން ޓެސްޓް ކޮށްފައި ވެއެވެ. ނަމަވެސް ކޮރޯނާވައިރަސްގެ އަސަރު ފެނިފައި ވަނީ ހަމައެކަނި އިރުމަތީ އޭޝިއާގެ ގައުމުތަކަށް ނިސްބަތްވާ މީހުންގެ ޑީއެންއޭ އިންނެވެ.

ސައިންސްވެރިން ބުނާ ގޮތުގައި ވައިރަސްގެ ޖެނެޓިކް ދެނެގަތުމަށް ކުރެވުނު ދިރާސާ އަކީ ކުރިއަށް އޮތްތަނުގައި ކުރިމަތިވެދާނެ ބަލިމަޑުކަމެއް ކޮންޓްރޯލްކޮށް ފަރުވާ ހޯދުމަށް މުހިއްމު މައުލޫމާތުތަކެއް ލިބިގެން ދާނެ ދިރާސާއެކެވެ.

އޭޝިއާ ސަރަހައްދަކީ 20 ވަނަ ގަރުނުގައި ވެސް ބޮޑު ދެރޯގާއެއް "އުފަންވި" ސަރަހައްދެކެވެ. އޭގެ ތެރެއިން ފުރަތަމަ ރޯގާ އަކީ 1957 ވަނަ އަހަރުން 1958 ވަނަ އަހަރަށް ފެތުރުނު އޭޝިއަން ފްލޫއެވެ. ދެވަނަ ރޯގާ އަކީ 1968 ވަނަ އަހަރުން 1969 ވަނަ އަހަރަށް ފެތުރުނު ހޮންކޮންގް ފްލޫއެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ރެފްރީ

    ވިހިހާސްއަހަރުކުރިން ޗައިނާގެލެބޯޓަރީއެއް ހުރިތޯބަލަންވީ ؟ މިވައިރަސްލީކްވީކަމަށްބުނާ ޗައިނާގެ ލެބޯޓަރީ އެ ޒަމާނުގަހިބާ ؟ އެހެންނޫނީ ޗައިނާގާ މިހާރުތިބިސައިންސްވެރިންނަކީ ވިހިހާސް އަހަރުވެފައިތިބި ބައެއްތޯވެސްބަލަންވީ ؟

    10