ޗައިނާ އާއި ދެކޮޅަށް ވަރުގަދަ ހަނގުރާމައެއް ފަށަން ޖެހިދާނެ ކަމަށް ލަފާކޮށް އިންޑިއާ އިން އެގައުމުގެ ބައިލައްކަ ސިފައިން ޗައިނާ އާއި އިންޑިއާ ގުޅޭ ސަރަހައްދީ އިން ކައިރިއަށް އަނެއްކާވެސް ފޮނުވައިފިއެވެ.
އިންޑިއާ އާއި ޗައިނާ ގުޅޭ ހިމާލިޔާ ސަރަހައްދުގައި ދެގައުމުގެ ސިފައިން ދޭތެރެ ދޭތެރެއިން ކުރިމަތިލުންތައް ހިންގައެވެ. ދެގައުމުގެ ބޯޑަރުގެ މައްސަލައިގައި 1962 ވަނަ އަހަރުން ފެށިގެން އޮންނަނީ އަރައިރުން އުފެދިފައެވެ. ނަމަވެސް އެންމެ ބޮޑަށް މިމައްސަލައިގައި ގުޅުން ގޯސްވީ އިންޑިއާގެ ވެރިކަމަށް ނަރެންދްރަ މޯދީ އައި ފަހުންނެވެ.
މިދިޔަ އަހަރަކީ ބޯޑަރުގެ މައްސަލައިގައި މިހާތަނަށް ޗައިނާ އާއި އިންޑިއާގެ ގުޅުން އެންމެ ގޯސްވި އަހަރެވެ. މިދިޔަ އަހަރު ޗައިނާ އިން ދިން ހަމަލާތަކުގައި އިންޑިއާގެ ގިނަ އަދަދެއްގެ ސިފައިން މަރުވެފައި ވެއެވެ.
މީޑިއާ ރިޕޯޓްތައް ބުނާ ގޮތުގައި މިހާރު އިންޑިއާ އާއި ޗައިނާ ގުޅޭ ސަރަހައްދީ ރޮނގު ކައިރިން ހަތަރު ސަރަހައްދެއްގައި އިންޑިއާ ސިފައިންގެ ލަޝްކަރުތައް ވަނީ ގާއިމު ކޮށްފައެވެ. އެސަރަހައްދުގައި މިހާރު ތިބި އިންޑިއާ ސިފައިންގެ ޖުމްލަ އަދަދު ދެލައްކައަށް އަރާކަމަށް "ބްލޫމްބާގް" އިން ބުނެއެވެ.
އިންޑިއާ ސިފައިން މިހާރު ޗައިނާގެ ސަރަހައްދީ އިން ކައިރިއަށް ޖަމާކުރަމުންދާ ދިއުމާއި ގުޅޭ ގޮތުން އިންޑިއާގެ އަސްކަރިއްޔާ އިން ވެސް އަދި ބޮޑުވަޒީރުގެ އޮފީހުން ވެސް ރަސްމީކޮށް މީޑިއާއަށް ޖަވާބުދާރީ ވެފައެއް ނުވެއެވެ.
ތަޖުރިބާކާރުން ބުނާ ގޮތުގައި ބޯޑަރު މައްސަލައިގައި ޗައިނާ އާއި ދެކޮޅަށް އިންޑިއާ އިން ހަމަލާ ދީފިނަމަ އިންޑިއާއަށް ގިނަ ގެއްލުންތަކެއް ލިބިގެން ދާނެއެވެ. އިންޑިއާގެ އަސްކަރިއްޔާ އަކީ ޒަމާނީ އަސްކަރީ އާލާތްތައް ޗައިނާ އާއި ބަލާފައި މަދު ގައުމަކަށް ވުމުން އިންޑިއާ އަށް ހަނގުރާމައެއްގައި ޗައިނާގެ މައްޗަށް ކުރި ހޯދުމަކީ ދަތިކަމަށް ވާނެކަމަށް އިންޑިއާގެ އަސްކަރީ ތަޖުރިބާކާރުން ވެސް އެގައުމަށް މައުލޫމާތު ދެމުން ބުނެފައި ވެއެވެ.
ޗައިނާއާ ކުރިމަތިލައިގެން އިންޑިޔާ ފަނާވުންނޫން ކަމެއް ނުވާނެ!
އިންޑިއާގެ ވެރިކަމަށް ނަރެންދްރަ މޯދީ އައި ފަހުން އިންޑިޔާ މުޅިން ހަލާކުވެ ނިމިއްޖެ
މި ރާއްޖޭގެ ވެރިކަމަށް ލާދީނީ ބައިގަނޑު އަައިސް އިންޑިޔާ އުނގަށް ވެއްޓުނު ފަހުން މި ރާއްޖެ ވެސް ހަލާކު ވެއްޖެ.
ޗައިނާއާ ކުރިމަތިލާން އިންޑިޔާ..؟! މައި ފުޓް..!!!
ވަރައްދެކެންބޭނުންވާ ދުވަހެއް އެއީ
އަހަރެންވެސް
ހަނގުރާމައެއް ފަށައިފިއްޔާ ރާއްޖެއަށް މިކަމުގެ އަސަރު ކުރާނެ
ހެހެހެހެ ތިމާމެން ވަރު ބައެއް ނެތްކަމަށް ހެދިގެން އުޅޭ ގެރިތަށް ޗައިނާ އާއި ކުރިމަތި ލާނީ ކިހިނެތް؟ ވިސްނާ ވިސްނާ ނުވިސްނުނު. ގެރިތަކަށް ވ. ރަގަޅު ފިލާވަޅެއް ލިބޭނެ ބަލަން ތިބެމާ!
ތީ ގޮތްދައްކަން ޢާއްމުންނަށް އޮޅުވާލަން ކުރާކމެއް ޖޯގްރަފީ ގޮތުން ވެސް ތި ސަރަހައްދުގެ ހުރިހައި އެޑްވާންޓޭޖެއް އޮތީ ޗައިނާއަށް
އިންޑިޔާ ރައްޔިތުން ކޮވިޑުގައި މަރުވާވަރު މަދުކަމުން ގެރިމޯދީ ހިތްހަމަނުޖެހިގެންތާ މިއުޅެނީ ، ޗައިނާ ޔާ ކުރިމަތިލައިފިނަމަ ގެރިމޯދީޔަށް ރަނގަޅަށް ރާކަނިމަސް ކާންދޭނެ ޗައިނާޢިން...
ހާހާހާ، ހިންދުސްތާން ޗައިނާއާތަ؟