ބަންގްލަދޭޝްގެ ބޮޑުވަޒީރު ޝެއިޚް ހަސީނާގެ ފަރާތުން އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީއަށް 2،600 ކިލޯ ދޮން އަނބު ހަދިޔާކޮށްފިއެވެ.

ޝެއިޚް ހަސީނާގެ ފަރާތުން މޯދީއަށް ދޮން އަނބު ފޮނުވާފައި މިވަނީ ބަންގްލަދޭޝްއަށް އަނބު މޫސުން އައުމާ ދިމާކޮށެވެ. އަނބު މޫސުން އައުމުން ކޮންމެ އަހަރެއްގައިވެސް ބަންގްލަދޭޝް އިން ބޭރުގެ ފަރާތްތަކަށް އަނބު ފޮނުވައި ހަދައެވެ.

ޝެއިޚް ހަސީނާ ވަނީ ވެސްޓް ބެންގާލްގެ ޗީފް މިނިސްޓަރު މަމަތާ ބެނަޖީއަށްވެސް ދޮން އަނބު ފޮނުވައިފައެވެ. ޝެއިޚް ހަސީނާ ވިދާޅުވީ އިންޑިއާގެ ސިޔާސީ އެހެން ލީޑަރުންނަށްވެސް ދޮން އަނބު ފޮނުއްވާނެ ކަމަށެވެ.

ދަ ޕްރިންޓް އިންޑިއާ އިން ބުނީ ހަސީނާ މޯދީއަށް ފޮނުވި އަނބު މިހާރު މޯދީއަށް ހަދިޔާކޮށްފައިވާ ކަމަށެވެ. މިއަހަރު ހަސީނާ ވަނީ އިންޑިއާގެ ބޮޑުވަޒީރުގެ އިތުރުން ބޫޓާންގެ ސިޔާސީ ވެރިންނަށް ވެސް ދޮން އަނބު ފޮނުވައިފައެވެ.

މީގެ އަހަރުތަކެއް ކުރިން ހަސީނާ ވަނީ ހާއްސަ ރޭލަކުން ދޮން އަނބުތައް އިންޑިއާއަށް ފޮނުވައިފައެވެ.

އަނބު މޫސުމާ ދިމާކޮށް އެކި ގައުމުތުކަށް އަނބު ފޮނުުވުމުގައި ބަންގްލަދޭޝްގެ އިތުރުން ޕާކިސްތާނަކީވެސް ފާހަގަ ކޮށްލެވޭ ގައުމެކެވެ. އެގޮތުން ފާއިތުވި އަހަރުތަކުގައި އެ ގައުމުންވެސް ވަނީ ޗައިނާ ފަދަ ގައުމުތަކަށް އަނބު ހަދިޔާކޮށްފައެވެ.