ކޮރަޕްޝަންގެ ފައިސާ ނެގި މައްސަލަ އާއި ގުޅިގެން ރަޝިޔާގެ ފުލުހުންގެ ކާނަލް އެލްކްސާ ސެފޮނޮވް އާއި އިތުރު ހަ މީހަކު ހައްޔަރުކޮށްފިއެވެ.

ރަސްމީ އިދާރާތަކުން ނެރެފައިވާ ވީޑިއޯ ފޯޓޭޖުތަކުން ފެންނަ ގޮތުގައި ސެފޮނޮވްގެ ގޭގައި ހުރީ މިލިއަނަރުންގެ ގެތަކުން ފެންނަ ލަގްޒަރީ ފެންވަރުގެ ފަރުނީޗަރާއި ފަރުމާތަކެވެ. މި ގޭގައި ބިލް ބޯޑް ހޯލަކާއި ރަން ފާހަނާ އެއްވެސް ހިމެނޭ އިރު ސެފޮނޮވްގެ މައްސަލަ ބަލަމުން ދަނީ ރަޝިޔާގެ އިންވެސްޓިގޭޓިވް ކޮމިޓީ އިންނެވެ.

ކްރިމިނަލް ގޭންގެއްގެ ބޮޑެއް ކަމަށް ބެލެވޭ ސެފޮނޮވް ހައްޔަރުކުރީ ކާގޯ ދަތުރުތައް ކުރުމުގެ ތެރެއިން ކޮރަޕްޝަންގެ އަމަލު ހިންގައި ކޮރަޕްޝަންގެ ފައިސާ ހޯދި ކަމަށް ބެލެވިގެންނެވެ.

އޭނާ ވަނީ މަގާމުގެ ބޭނުންކޮށް ރަޝިޔާގެ ގާނޫނުތައް ފުނޑާލައި ފުލުހުންގެ ޗެކް ޕޮއިންޓުތަކުން ރިޝްވަތުދޭ ފަރާތްތައް ބަލާ ފާސްނުކޮށް ދޫކޮށްލާފައެވެ.

ޔޫއެސްގެ އެފްބީއައިއާ އެއް ފެންވަރެއްގެ ރަޝިޔާގެ އިންވެސްޓިގޭޓިން ކޮމިޓީ އިން ބުނީ ކޮރަޕްޝަންގެ ފައިސާ އަތުލި ގުރޫޕުން ވަނީ ހަތަރު މިލިއަނަށްވުރެ ގިނަ ރުފިޔާ ހޯދައިފައެވެ.

ކޮރަޕްޝަންގެ މައްސަލައިގައި ހައްޔަރުކުރި މީހުންގެ ތެރޭގައި ހިމެނެނީ ކުރީގެ ސީނިއާ ޓްރެފިކް އޮފިސަރުންނާއި ޓްރެފިކް އިންސްޕެކްޓަރަކާއި ހަތަރު އާންމު ރައްޔިތުންނެވެ.

ރަޝިޔާގެ އެންމެ ބޮޑު ސިޔާސީ ޕާޓީ ސީނިޔާ ފަރާތެއްކަމަށްވާ އެލެކްސެންޑްރާ ހިންޝްޓީން ބުނީ މި އޮޕަރޭޝަނުގައި 35 ޓްރެފިކް ފުލުހުން ތުހުމަތުކުރެވޭ ކަމަށެވެ. އެ ގައުމުގެ ފުލުހުން ހިންގި ބޮޑު އޮޕަރޭޝަނުގައި ކޮރަޕްޝަންގެ ފައިސާ އަތުލި ފަރާތްތަކުން ބޭނުންކުރާ އަގުބޮޑު ކާރުތަކާއި ފައިސާ އަދި ގިނަ ޢަދަދެއްގެ ލިޔެކިޔުންތައްވެސް ވަނީ ހޯދައިފައެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ހެހެ

    ރަނުން ފާޚާނާ ހަދާފަ އެއަށް ރެނީވެސް ރަން ބާ؟؟

  2. އެއީ ސަރުކާރުތެރެއިން ކަޓުޖެއްސި ޚިޔާނާތްތެރިން

    ކުރީގެ ޕޮލިސް ކޮމިޝަނަރ ރިޔާޒް އާއި ބާޢީ ނާޒިމްގެ ފާހަނާތައް ހަދާފަ ހުރީ ރަނުންތޯ ބަލަންޖެހޭ!!

    5
    2
  3. ބެއްޔާ

    އެމްޑީޕީ މީހުންބނި މައުމޫނު ބޭނުންކުރާ ފާޚާނާ ތަށިވެސް ހުންނަނީ ރަނުންކަމަށް. ދޮގާއި މަކަރުހަދައިގެން އަބަދަކުނޫޅެވޭނެކަން މިހާރު އނގޭނެ.