ހައިޓީއަށް ބާރުގަދަ ބިންހެލުމެއް އަތުވެެއްޖެއެވެ.

މީޑިއާ ރިޕޯޓްތައް ބުނާ ގޮތުން ހައިޓީއަށް އައިސްފައިވަނީ 7.2 މެގްނިޓިއުޑްގެ ބިންހެލުމެކެވެ. މި ބިންހެލުމުގެ ސަބަބުން ބައެއް ސަރަހައްދުތަކަށް ވަނީ ގެއްލުންތަކެއް ލިބިފައެވެ.

އަދި ބިންހެލުމުގެ ސަބަބުން އެގައުމުގެ ބައެއް ރައްޔިތުންނަށް ވެސް އެކި ވަރުގެ ޒަހަމްތަކެއް ވަނީ ލިބިފައެވެ.

ހައިޓީއަށް އައި ބިންހެލުމުގެ ސަބަބުން ސުނާމީގެ އިންޒާރު ވެސް ވަނީ ދީފައެވެ. އެގޮތުން 10 ފޫޓު އުސްމިނުގެ ރާޅުތައް ވެސް ނަގާނެ ކަމަށް ވަނީ ލަފާ ކޮށްފައެވެ.

މިބިންހެލުމުގެ ސަބަބުން ބައެއް ފަރާތްތަކަށް އެކި ކަހަލަ ޒަހަމްތަކެއް ލިބުނު ނަމަވެސް އެއްވެސް މީހަކު މަރުވެފައިވާ ކަމެއް އަދި ރިޕޯޓް ކޮށްފައެއް ނުވެއެވެ.