އެމެރިކާގެ އެތައް ހާސް ބަޔަކު އަދިވެސް އަފްޣާނިސްތާންގައި ތާށިވެފައި ވީނަމަވެސް އެމީހުން ސަލާމަތްކޮށް، އަނބުރާ އެމެރިކާ އަށް ގެންދިއުމަކީ އެއްވެސް ކަމެއް ނޫންކަމަށް 2011 ވަނަ އަހަރު އުސާމާ ބިން ލާދިންގެ ގަޔަށް ބަޑިޖަހާ އޭނާ މަރާލި ކަމަށް ބުނާ ރޮބޮޓް އޯ'ނެއިލް ބުނެފިއެވެ.

ރޮބޮޓް އަކީ 2011 ވަނަ އަހަރު އެމެރިކާ ސިފައިން އެންމެ ވަރުގަދަ ފައުޖު ކަމަށްވާ ސީލް އިން އުސާމާ ބިން ލާދިން މަރާލަން ހިންގި އޮޕަރޭޝަންގައި ބައިވެރިވި ސިފައިންގެ މީހެކެވެ. ރޮބޮޓް ބުނާ ގޮތުގައި އުސާމާ ބިން ލާދިންގެ ގަޔަށް ބަޑި ޖެހީ ސީދާ އޭނާއެވެ. ނަމަވެސް ރަސްމީ ފަރާތަކުން އެކަން ކަށަވަރުކޮށެއް ނުދެއެވެ.

ރޮބޮޓް އެމެރިކާ އަސްކަރިއްޔާ އިން ވަކިވިތާ މިހާރު ދުވަސްތަކެއް ވެއްޖެއެވެ.

އެމެރިކާގެ މީޑިއާއަށް މައުލޫމާތު ދެމުން ރޮބޮޓް ބުނީ އަފްޣާނިސްތާންގައި ތާށިވެފައި ތިބި އެމެރިކާ މީހުން ސަލާމަތް ކުރުމުގެ ކޮމާންޑަރުކަމުގައި އޭނާ ހުރި ނަމަ އޭނާއަށް ދެން އިތުރަށް ބޭނުން ވަނީ ނުވަ މީހުން ކަމަށެވެ. "އަހަރެންނަށް ދޭންވީ ނުވަ މީހުން. އަހަރެން ގޮސް އަހަންނަށް މަގުމަތިން ފެންނަ އެންމެން މަރާލާނަން. އަދި އެމެރިކާ މީހަކު ހުރިއްޔާ އެމީހުން އަހަރެމެންގެ ބެލެހެއްޓުމުގެ ދަށަށް ގެންނާނަން. އެއީ އުނދަގޫ ކަމެއް ނޫން." ރޮބޮޓް ބުންޏެވެ.

ކާބުލްގައި ތާށިވެފައި ތިބި މީހުން އެމެރިކާ އަށް އަނބުރާ ގެންދިއުމަށް ހާއްސަ އޮޕަރޭޝަނެއް ފަށާފައި ވީނަމަވެސް ގިނަ އަދަދެއްގެ އަފްޣާނިސްތާން ރައްޔިތުން ކާބުލް އެއާޕޯޓަށް އެއްވެފައިވުމުން އެމެރިކާ ރައްޔިތުން އަނބުރާ ގައުމަށް ގެންދިއުމުގެ އޮޕަރޭޝަނަށް ވަނީ ހުރަސްތައް ކުރިމަތިވެފައެވެ.

ކިޔުންތެރިންގެ ހިޔާލު

7 ކޮމެންޓް

  1. ޙަސަނުލް

    ސޮލީބީން ކީއްވެތަ އުސާމާގެ ހަށިގަނޑު މީޑިއާ ތަ ކަށް ނުދެއް ކީ އުސާމާ ކަމަށް ހީ ކޮށް އެހެން މީހަ ކު މަރާފަ މި ބުނަނީ ހަށިގަނޑު ކަނޑު ފެއްތިއްޔޯ

    18
    2
  2. އާވިމް

    ބޯހަމަޖެހޭ މީހެއް ހެން ހީވޭ؟

    11
    1
  3. އުމަރު

    މަ ހިއެއް ނުކުރަން ކަލޭ ތީ ތިހާ ގަޅި މީހެއް ކަމަކަށް!!

    17
    1
    • އަލިބެއްޔާ

      އަދި އެހާ ފޮނި ކަނޑާ މިީހެއްކަމަށް ދޯ....

  4. Anonymous

    އެހުރިހާ ތާލިބާނުން ދިހަ މީހުންނަށް ނުމެރޭނެ

    5
    1
  5. ބުރާންތި

    ކަލޭ ތިހާކުޅަދާނައިއްޔާ ތާލިބާނުން ބަލިކުރަންވީނުނުން؟
    އެމަރިކާގެ ބޮޑު ލަޝްކަރު 20 އަހަރު ހަނގުރާމަ ކުރުމުގެ ބޭނުމެއްނެތެއްނުން...ފޮނިބާސަ ކެނޑުންނުން
    ދެ ކަމެއް..އުސާމާ އަތުލި އެމަރިކާގެ އާރްކިއު170 ޑްރޯން އީރާނުން އަތުލިގޮތް ކަލޭ ކިޔައިދީ ބަލަ؟؟

    7
    1
  6. ކޮރަސްޓްރީލޯ

    ބުއްދި ހަމަނުޖެހޭ މީހުން ދައް ކާ ވާހަ ކަ ހަބަރުގެ ގޮތުގައި މީހުން ލިޔެއުޅޭ. މިއީ އޭގެ ހަބަރެއް

    4
    1