އަފްޣާނިސްތާންގައި އަންހެނުން އެމީހުންގެ މިނިވަންކަން ކަށަވަރުކޮށްދިނުމަށް ގޮވާލައި ކުރި މުޒާހަރާ ކަވަރު ކުރި ފިރިހެން ދެނޫސްވެރިންޔަކު ހައްޔަރުކޮށް ޠާލިބާނުން އެދެނޫސްވެރިންނަށް ބޮޑެތި އަނިޔާތަކެއް ކޮށްފި ކަމަށް މީޑިއާ ރިޕޯޓްތައް ބުނެފިއެވެ.

ރިޕޯޓްތައް ބުނާ ގޮތުގައި އަނިޔާ ލިބުނު ދެނޫސްވެރިންނަކީ އަފްޣާނިސްތާންގެ ވެރިރަށް ކާބުލްގައި ހިންގަމުން އަންނަ އެތިލާތި-އީ ރޯޒް ނަމަކަށް ކިޔާ މީޑިއާއެއްގައި މަސައްކަތް ކުރާ ދެނޫސްވެރިންނެވެ.

ދެނޫސްވެރިން މަސައްކަތް ކުރާ ނޫސް އެޖެންސީން ބުނާ ގޮތުގައި ދެނޫސްވެރިން ހައްޔަރުކޮށްގެން ގެންދިޔައީ ޕޮލިސް ސްޓޭޝަނަކަށެވެ. އެސްޓޭޝަންގައި ދެނޫސްވެރިން ވެސް ބަންދުކުރީ ވަކިން ހުރި ދެގޮޅިއެއްގައި ކަމަށާއި ދެމީހުންގެ ގައިގަ ކޭބަލަކުން ވަރަށް ގަދައަށް ތަޅައި އަނިޔާކުރި ކަމަށް ނޫސް އެޖެންސީން ބުނެއެވެ. އަނިޔާތަކެއް ކުރުމަށް ފަހު އެމީހުން ދޫކޮށްލުމުން ވަނީ ހޮސްޕިޓަލުން ފަރުވާ ހޯދާފައެވެ. އެމީހުންގެ ބުރަކައްޓާއި މޫނުމަތީގައި ވެސް އަނިޔާގެ ނިޝާންތައް ހުއްޓެވެ.

ޠާލިބާނުންގެ އަނިޔާތައް ލިބުނު ދެނޫސްވެރިންގެ ތެރެއިން އެއް ނޫސްވެރިޔަކީ ފޮޓޯގްރާފަރެކެވެ. އޭނާ އޭއެފްޕީއަށް މައުލޫމާތު ދެމުން ބުނީ ޠާލިބާނުން އަނިޔާ ކުރަން ފެށުމުން ދެން ފުރާނަ ސަލާމަތް ވެދާނެ ކަމުގެ އުއްމީދު އެއްކޮށް ގެއްލުނު ކަމަށެވެ. "އަހަރެން ވައްޓާލުމަށް ފަހު އަހަރެންގެ ބޮލުގައި އެމީހުން ބޫޓުން ވެސް ތެޅި. އަހަރެންގެ ބޯ ގެންގޮސް ފާރުގައި ބާރުބާރަށް ޖެއްސި. އަހަރެން ހީކުރީ އެމީހުން އަހަރެން މަރާލާނެ ކަމަށް." އޭނާ ބުންޏެވެ.

ދެނޫސްވެރިޔަކަށް ޠާލިބާނުން އަނިޔާކުރިކަމަށް ބުނުމުން ބައިނަލްއަޤުވާމީ ގިނަ ފަރާތްތަކަކުން ވަނީ އެކަމާއި ކަންބޮޑުވުން ފާޅުކޮށްފައެވެ.

ޠާލިބާނުން މިދިޔަ މަހު އަފްޣާނިސްތާންގެ ވެރިކަމަށް އައުމަށް ފަހު ވެފައިވާ އެއްވައުދަކީ ނޫސްވެރިކަމުގެ މިނިވަންކަން ކަށަވަރު ކޮށްދޭނެ ކަމުގެ ވައުދެެވެ. ނަމަވެސް ނޫސްވެރިންނަށް މިހާރު އަފްޣާނިސްތާންގައި އޮތް ބިރުވެރިކަމުގެ ސަބަބުން ނޫސްވެރިކަމުގެ މިނިވަންކަން އަފްޣާނިސްތާންގައި އޮތްކަމާއިމެދު ގިނަ ބަޔަކު މިހާރު ވެސް އަންނަނީ ސުވާލު އުފައްދަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

25 ކޮމެންޓް

  1. ޜައުފާ

    ހުޅަގުގެ ޤައުމުތަކުން އަފްޣާނިސްތާން ހިފައިގެން އުޅުނުއިރު ހި ހިންގި އަނިޔާތައް ފޮރުވުމަށް ހުޅަގުން ތައްޔޜު ކުރި ރިޕޯޓަރުން އަފްޣާން ގެޠާލިބާނުން ބަދުނާމު ކުރުމަށް މިއަށް ވުރެ ބޮޑެތި ދޮގުތައްހަދާނެ ކަމަށް އަފްޣާން ރައްޔިތުން ބުނާކަމަށް ޚަބަރުތަކުގައި ވެއެވެ.

    43
    5
    • Anonymous

      އެމެރިކާގރ މެޖަރ އެއް އަފްޣާންގެ 100 އަށްވުރެ ގިނަ އުމުތުން 18 އަހަރުނުވާ އަންހެން ކުދިން ރޭޕް ކުރި. އޭނާގެ އަދަބަކީ އަފްޣަނުން ގެންގޮސް އެހެންމުސްލިމުބގައުމަކަށް ލުން. އެމެރިކާއިން އަންހެނުންނޭ ޅަ ކުދިންނެ ގިވަން ލަދު ގަންނަންޖރހޭނެ.

      35
      4
      • ބަލާއއްމީ

        ކަލޭ ތިބުނަނީ އެގޮތަށް އެކަން ހިގާފަ އޮތީމަ މީގެފަހުން އަންހެނުންގެ ހައްގުގަ އެއްވެސް ބަޔަކު އުޅޭކަން ނުޖެހޭނެޔޭދޯ؟

        5
        7
        • Anonymous

          ﷲ ގެ ހަޝްރަތުގައި އަންހެނުންނާ ފިތިހެނުން އެއްވަރު. ތަފާތުވަނީ ތަގްވާވެރިކަމުން.
          ފިރިހެނުންގެ ހައްގުގަ އުޅޭވަރަކަށް އަންހެނުންގެ ހައްގުގަވެސް އުޅެންޖެހޭނެ. ވަކިބަޔަކު މަތިކުރުމަކީ ޑިސްކްރިމިނޭޝަން. އަންހެނުން އެދިގޮވަނީ ތަފާތުކުރުމަށް. ހާއްސަކުރުމަށް. އިސްކަން ދިނުމަށް. މަސައްކަތަކާނުލައި އަނގައަށް ލަވައިދިނުމަށް.

        • Anonymous

          އަންހެނުންގެ ހައްގޭ ކިޔާއިރު ކަލޭ ޑރ އާފިޔާ ސިއްދީގީއަށް އެމެރިކާއިން ދެމުންދާ އަނިޔާތަކާ އެކަމަނާ ރޭޕްކޮށް އިލެކްޓްރިކް ސޮކް ދީ ބުއްދި ގޯސްކޮށްލަން ކުރިމަސައްކަތް ކުއްވެރިކޮށްބަލަ.
          ބެގްރާމް ޖަލު ބަލަހައްޓަން އެކަމާނާ ރޭޕްނުކުރާ ފިރިހެނަކު ހުރިތޯ ބަލާބަލަ.

      • ސާމާނުބެ

        ހުސްދޮގު އެމެރިކާ ބަދުނާމް ކުރަން ހަދާ

        3
        10
        • Anonymous

          އެމެރިކާ ބަދުނާމުކުރާކަށް ނުޖެހޭނެ. އެމީހުންނަކީ ދުނިޔޭގަ އުފައްދާހާ ހަތިޔާރެއްގެ 80 ޕަސެންޓް ކޮންޓްރޯލް ކުރާ މީހުން. އެހުތިހާ ހަތިޔާރެއް ވިއްކަނީ މުސްލިމު ގައުމުތަކަށް. އެމެރިކާއިން ދޭ ހަތިޔާެާ ވިއްކާ ހަތިޔާރުގެ 2 ގްރޫޕް ފައިޓްކޮށް ހަލާކުވެ ދާންވީ. މުސްލިމު ގައުމުތަކަށް ހަތިޔާރު އުފެއްދުން މަނާ. ޔޫއެން އިން ހެދި ޑިކްލަރޭޝަނަކުން ހަތިޔާރު އުފައްދަން ހުއްދަދެނީ ނޮން މުސްލިމު ގައުމުތަކުގެ ތެރެއިން އިލުމިނާޓީން ކޮންޓްރޯލްކުރާ ގައުމުތަކަށް އެކަނި.
          ދިވެހިންނަކީ ކުރަފި ސިކުނޑި ހުންނަ ވަށައިގެން ހިނގާ އެއްވެސް ކަމެއް ނުބަލާ ބައެއް.

          2
          1
      • ޢަހުމަދުވަގާރު

        މީ ކޮންތާކުން ކަލޭ ހޯ ދި ހަބަރެއް

        1
        3
        • Anonymous

          މީގެ 7 އަހަރު ކުރީގެ ހަބަރުތައް ކިޔާލާ. މީހަކު ނުޖެހޭނެ ހޯދާދޭކަށް.

  2. Anonymous

    ތާލިބާނުން ދުނިޔެ އަށް އެއްވެސް ކަމަކަށް ވައުދު ވާކަށް ނުޖެހޭ. އެމީހުން މިނިކަން ހޯދީ އަމިއްލަ މަސައްކަތުން. ޖައްބާރުން ކަމުގައިވާ އެމެރިކާއާ ހާއްސަކޮސްދައްޖާލިގެ ލަޝްކަރު ކަމުގައިވާނޭޓޯއާ ހަނގުެާމަ ކޮށްގެން.
    ތާލިބާނުންނަކީ ހައްގުގޮތުގައި ތިބި މުސްލިމުން. މިކަހަލަ އަނިޔާވެރި އަމަލު އެމީހުން ނުކުރާނެ.

    38
    10
  3. ހަސަނު

    މިޚަބަރާމެދު ޝައްުކު. އައިރު މުސްލިމުން ފަތުރާ ޚަބަރުތައް ނުޖެއްސެވުން އެދެން.

    52
    9
    • Anonymous

      ވަރަށް ރަނގަޅު ވާހަކައެއް.

      28
      8
    • ޢަހުމަދުވަގާރު

      ޙައްހައްހާ

  4. ......

    ނޫސްވެރިކަމުގެ ފެށުމަކީ ކުރީގެ ޒަމާނުގައި ބާޒާރުތަކުގަޔާއި މީހުން އެއްވެ އުޅޭތަންތާގައި ބެރު ޖަހާ ވާހަކަ ކީ ކިޔުން...އޭރުވެސް މިހާރުވެސް އެކަމުގެ ހަގީގަތަކީ އެއީ...ކުރަނީ އެއްކަމެއް...އޭރުވެސް ފައިސާ ކޮޅެއް ދިނީމަ ގޮސް ދޮގުވާހަކަ ފަތުރާ ފިތުނަ އުފެއްދީ...މިހާރުވެސް ކުރަނީ އެކަން...ދެން ކޮން ހުއްދައެއް ދޭކަށް...

    28
    7
  5. ބޮޑުބެ

    މިގައުމުގެ ޖަލުގަ ޖައްވަށް ، ހަވާޔަށް، ފަޒާޔަށް ބަޑިޖަ ހާ އީވާން ނަސީމް ވެސް މަރާލި

    13
    7
  6. ރަން ރީނދޫ

    އަންހެނުން ގެ ތެރެއަށް ފިރިހެނުން ވަންނަންޏާ ވާނެގޮތަށް ތިވީ. ކޮން މުޒާހަރާ އެއް.

    28
    12
  7. ދޯނި

    ހުސް ދޮގު

    17
    9
  8. އަލް އަޚް

    ސަޅި މޭކަޕެއް- ހަބޭސް ހަމަ

    21
    8
  9. ޖޫލިއަން އާސަންޖް!!

    މަރްޔަމް ޝާނީ، ނުލަފާކަން ދައްކާލާނަމޭ ބުނި މީހާ މަމެން އަދި ހަނދާނެއް ނުނެތޭ!

    11
    2
  10. ތާރީޚުން ފިލާވަޅު ލިބިގަނޭ!

    ކޮބާހޭ އެމެރިކާގެ ކޮޅުންނުލާ ޖަރީމާތައް؟ ޝާނީމެން ހަމަ ސައިޓަކުން ޚަބަރެއް ފެނިގެން ވެރިފައި ނުކޮށް ތިހެން ޕަބްލިޝް ކުރުމަކީ ވަރަށް ޒިންމާދާރުކަމެއްނެތް ޢަމަލެއް!!

    25
    3
    • ބުހާރީ

      އެމެރިކާ ނުހިންގާ ޖަރީމާއެއް ހުސްދޮގު ޑޮޓުންތަށް ފަތުރާ ނުބައި ހަބަރު އެމެރިކާ ބަދުނާމް ކުރަން

      3
      10
  11. ކޭ

    ސާބަހޭ! ރުޅިއަރުވާފަ ބަހައްޓާ ދުނިޔެއަށް ބޭޒާރުކުރަންމި މުނާފިގުންތައް މިއީ އިސްލާމުން އުޅޭގޮތްތަ.

    2
    5
  12. ޏނނ

    ތީ އެމެރިކާ އަޑީ އޮވެގެން ހިނގާ ޖަރީމާ

    12
  13. Anonymous

    އެމެރިކާ ބަދުނާމުކުރާކަށް ނުޖެހޭނެ. އެމީހުންނަކީ ދުނިޔޭގަ އުފައްދާހާ ހަތިޔާރެއްގެ 80 ޕަސެންޓް ކޮންޓްރޯލް ކުރާ މީހުން. އެހުތިހާ ހަތިޔާރެއް ވިއްކަނީ މުސްލިމު ގައުމުތަކަށް. އެމެރިކާއިން ދޭ ހަތިޔާެާ ވިއްކާ ހަތިޔާރުގެ 2 ގްރޫޕް ފައިޓްކޮށް ހަލާކުވެ ދާންވީ. މުސްލިމު ގައުމުތަކަށް ހަތިޔާރު އުފެއްދުން މަނާ. ޔޫއެން އިން ހެދި ޑިކްލަރޭޝަނަކުން ހަތިޔާރު އުފައްދަން ހުއްދަދެނީ ނޮން މުސްލިމު ގައުމުތަކުގެ ތެރެއިން އިލުމިނާޓީން ކޮންޓްރޯލްކުރާ ގައުމުތަކަށް އެކަނި.
    ދިވެހިންނަކީ ކުރަފި ސިކުނޑި ހުންނަ ވަށައިގެން ހިނގާ އެއްވެސް ކަމެއް ނުބަލާ ބައެއް.

    • ޢަހުމަދުވަގާރު

      މުސްލިމުން.އެއްޗެހި. އުފައްދާތަ