ލޯތްބަށްޓަކައި ކޮންމެ މީހަކު ވެސް ކޮންމެ ފަދަ ކަމެއް ވެސް ކޮށްފާނެ ކަމަށް ބުނާތީ ވަރަށް ގިނައިން އަޑުއިވެއެވެ. އެފަދަ އެތައް ހާދިސާއެއް ކޮންމެ ދުވަހަކު ވެސް ހިނގައެވެ.

އެ ހާދިސާތަކުގެ ތެރެއިން މިއީ ވެސް އެއް ހާދިސާއެކެވެ. ޖަޕާނުގެ ޕްރިންސަސް މަކޯ އޭނާގެ ލޯބިވެރިޔާއާއި ކައިވެނި ކުރުމަށް ޝާހީ އާއިލާ ދޫކޮށްލި ވާހަކައެވެ. އެއީ އޭނާ ކައިވެނި ކުރަން ބޭނުންވާ މީހާއަކީ އާއްމު ރައްޔިތަކަށް ވާތީއެވެ.

ޖަޕާނުގެ ގަވާއިދުގައިވާ ގޮތުން ޝާހީ އާއިލާގެ ބޭފުޅަކު އާއްމު ރައްޔިތަކާއި ކައިވެނި ކުރަން ބޭނުންވާ ނަމަ ޝާހީ އާއިލާ ދޫކޮށްލަން ޖެހޭނެއެވެ. އަދި އޭގެ ބަދަލުގައި ޝާހީ އާއިލާގެ މެމްބަރަކަށް ވީތީ އެއް މިލިއަން ޑޮލަރު ދެވޭނެއެވެ.

ނަމަވެސް ޕްރިންސަސް މަކޯ އޭނާގެ ކޮލެޖުން ދިމާވި މީހަކާއި ކައިވެނި ކުރުމަށް ޝާހީ އާއިލާ ދޫކޮށްލުމުގެ އިތުރުން ލިބޭ އެއް މިލިއަން ޑޮލަރު ވެސް ވަނީ ދޫކޮށްލައިފައެވެ. އިތުރަށް ކައިވެނި ފަސްކުރަން ބޭނުން ނުވާކަމަށް ބުނެފައެވެ.

މަކޯއާއި އޭނާގެ ލޯބިވެރިޔާ ކެއި ކޮމުރޯގެ ކައިވެނި އިޢުލާން ކޮށްފައިވަނީ 2017 ވަނަ އަހަރުއެވެ. ނަމަވެސް ކައިވެނި ފަސްކޮށްފައި ވަނީ ދެމީހުން ވެސް އިތުރަށް ދަސްކުރުމަށް ދުވަސްތަކެއް ބޭނުންވާ ކަމަށް ބުނެއެވެ.

2020 ވަނަ އަހަރު މަކޯ ދިން އިންޓަވިއުއެއްގައި ބުނެފައިވަނީ އުފާވެރި ދިރިއުޅުމެއް އުޅުމަށް ދެމީހުން އިތުރަށް ދަސްކުރަން ބޭނުންވާ ކަމަށާއި ދެމީހުން ވެސް އެކަކު އަނެކަކު ދެކެ ވަރަށް ލޯބިވާ ކަމަށެވެ.

ޕްރިންސަސް މަކޯގެ ކައިވެނީގެ ތާރީޚް މި އަހަރުގެ އޮކްޓޫބަރު މަހު އިއުލާނު ކުރާނެ ކަމަށް ރިޕޯޓްތަކުގައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. Anonymous

    މާ އަވަހައް ކައިވެނި ކުރެވިގެން އަޅުގަނޑު މިއުޅެނީ ރަނގަޅައް ދަސްނުވޭ އަދިވެސް މިހާރު އެއްކޮއް އުޅޭތާ 7 އަހަރު ކައިވެނި ކުރިތާ 4 އަހަރު.

    1
    1