ކުރެހުމަކީ މީހުން ވަރަށް ކުރާ ހިތުން ކޮށް އުޅޭ މަސައްކަތްތަކެކެވެ. އެކަމުގެ ވަރަށް ގިނަ ދުވަސް ހޭދަވެގެން ދެއެވެ. އެހެން ނަމަވެސް ކުރެހުމެއް ކުރަހަން 30 އަހަރު ހޭދަވެފައިވާ ކަމަށް ބުނުމުން ގިނަ ބަޔަކަށް ހައިރާން ކަމެއް ލިބިގެންދާނެކަން ހަމަ ޔަގީނެވެ.

މިއީ ދެކުނު ކޮރެއާގެ އަންހެނަކު ކުރެހުމެއް ކުރަހަން 30 އަހަރު ހޭދަ ކުރި ކަމުގެ ވާހަކައެވެ.

މިޔޮންގީ ކާންގް ނަމަކަށް ކިޔާ އެ އަންހެން މީހާ އެންމެ ފުރަތަމަ ކުރެހުން ކުރަހަން ފަށާފައިވަނީ 1980 ވަނަ އަހަރުގެ ފަހުކޮޅުއެވެ. ޕެރިސްގައި ދިރިއުޅެމުން އަންނަ އެ އަންހެން މީހާ ކުރަހަން ފަށާފައިވަނީ ލެ ޓެމްޕް ދެސް ކަމެލިއަސް ނުވަތަ ދަ ޓައިމް އޮފް ކެމެލިއަސް އެވެ.

"ކޮންމެ ދުވަހަކު ކުރެހުމާއި ކައިރިވަނީ ވަރަށް ގިނަ ސުވާލުތަކެއް ބޮލު ތެރޭގައި ބަހައްޓައިގެން. އަދި ކުރި ދަތުރުގެ ހަނދާންތައް އާ ކުރަމުން" އޭނާ ބުންޏެވެ.

އޭނާ ބުނީ އެހާ ވަރަށް ވިސްނައިގެން އެ ކުރެހުން ކުރަހަން ފެށުމުން ވެސް އޭތި ނިމެން ކައިރި ނުވާ ކަމަށެވެ. އެހެންކަމުން އޭނާ ވަނީ ޕެރިސް އިން ދެކުނު ކޮރެއާގެ ޖެޖޫ ނަމަކަށް ކިޔާ ރަށަކަށް 2000 ވަނަ އަހަރު ގޮސް ކުރަހަން ފަށާފައެވެ.

އޭނާ ބުނީ، އެރަށަށް އެ ކުރެހުން ގެނެސްގެން ކުރަހަން ފަށާފައިވަނީ ފުރަތަމަ ކުރަހަން ފެށިތާ 10 އަހަރު ފަހުން ކަމަށެވެ. އަދި އޭރު ކުރަހަން ފެށީ ހިތް ޖެހިގެން ކަމަށް އޭނާ ވަނީ ބުނެފައެވެ.

އޭނާގެ ކުރެހުން 30 އަހަރު ފަހު ނިންމާލައި ހޮންކޮންގްގެ ކެރުހުންތައް ދައްކާލާ ތަނެއްގައި އިޝްތިހާރު ކުރުމުން ގިނަ ބައެއްގެ ސަމާލުކަން އެ ފޮޓޯއަށް ވަނީ ހުއްޓިފައެވެ. ގިނަ ބަޔަކު އެއި ބުރަ މަސައްކަތުން ވިސްނައިގެން ކުރި ކަމެއް ކަމަށް ބުނި ނަމަވެސް ބައެއް މީހުން ބުނެފައިވަނީ އެއީ އެއްވެސް މާނައެއް ދޭހަ ނުވާ ކުރެހުމެއް ކަމަށެވެ.