މިސްރުގައި އުފެދުނު ގަދަ ތޫފާނެއްގެ ސަބަބުން ނުގަންލަންދާށީގެ ޝިކާރައަކަށް އެތައް ސަތޭކަ ބަޔަކުވެ، ތިން މީހަކު މަރުވެއްޖެއެވެ.

ރިޕޯޓްތައް ބުނާގޮތުގައި، އެ ނަގުލަންދާށީގެ ޝިކާރައަކަށް ވެފައި ވަނީ ދެކުނުގެ ސިޓީއެއް ކަމަށްވާ އަސްވާންގައި ދިރިއުޅެމުންދާ މީހުންނެވެ.

ނަގުލަންދާށި ދަތް އެޅުމުގެ ސަބަބުން މަދުވެގެން 450 މީހުން ވަނީ ޒަހަމްވެފައެވެ. ސްކައި ނިއުސް އިން ރިޕޯޓުކޮށްފައިވާ ގޮތުގައި މީގެ ސަބަބުން ތިން މީހަކު މަރުވެފައި ވެއެވެ.

ނޫސްތަކުން ބުނެފައި ވަނީ، ނެނީލް ކޯރު ކައިރީގައި ބޯކޮށް ވާރޭ ވެހި، ހިލައާއި ވެލީގެ ތޫފާންތައް އަރާފައިވާ ކަމަށެވެ. އަދި އޭގެ ސަބަބުން ނަގުލަންދާއްޓާއި އެ އެއްޗެހީގެ ހޮރުތަކުން ނުކުތީ ކަމަށް ވެއެވެ.

ހިޖުރަކުރި ނަގުލަންދާށިތައް ވަނީ މީސްތަކުންގެ ގެދޮރުގައި ހިޔާވަހިކަން ހޯދާފައެވެ.

މިސްރަކީ ދުނިޔޭގައި އެންމެ ނުރައްކާތެރި ނަގުލަންދާށީގެ ބާވަތްތަކުގެ ތެރޭގައި ހިމެނޭ ފެޓް-ޓެއިލްޑް ނަގުލަންދާށި ހުންނަ ގައުމުުކަން ފާހަަކޮށްލަން ޖެހެއެވެ.