ކޮވިޑް-19 ގެ މިހާތަނަށް ދެނެގަނެވިފައިވާ އެހެން ވޭރިއެންޓުތަކާއި، ދެކުނު އޭޝިއާއިން ދެނެގަނެވުން އޮމިކްރޮން ވޭރިއެންޓާ އަޅާއި ބަލާއިރު، އޮމިކްރޮން ވޭރިއެންޓުގެ ސަބަބުން ނޭވާލާ ނިޒާމުގެ ބަލިތައް ޖެހުމުގެ ފުރުސަތު ކުޑަ ކަމަށް އިނގިރޭސިވިލާތުގެ ދިރާސާއަކުން ދައްކައިފިއެވެ.

ކެމްބްރިޖް އިންސްޓިޓިއުޓް އޮފް ތެރަޕިއުޓިކް އިމިއުނޮލޮޖީ އެންޑް އިންފެކްޝަސް ޑިޒީޒް ސްޓަޑީއިން ވަނީ ވައިރަސްގެ މިއުޓޭޝަންތަކުން ޕްރޮޓީން ހޯދިފައިވާ ކަމަށް ބުނެފައެވެ. އަދި އޭގެ ސަބަބުން އެންޓިބޮޑީސް އިން ސަލާމަތްވުމަށް މަގުފަހިކޮށްދިނުމާއި، ފުއްޕާމެއަށް ހަމަލާދިނުމުގެ ގާބިލްކަން ވެސް ދަށްކޮށް، ބަލި ޖެހި ބޮޑުވަރުވުމުގެ ފުރުސަތު ހަނިވެގެން ދެއެވެ.

"ފުއްޕާމޭގެ އޯގަނޮއިޑްސް އަދި ކަލޫ-3 ސެލްތަކުގެ އިންފެކްޓިވިޓީ ވަރަށް ބޮޑަށް ދަށްކަން ދައްކުވައިދޭ،" ދިރާސާ ރިޕޯޓުގައި ބުނެފައިވެއެވެ.

މި ދިރާސާގައި އިސްކޮށް ހުންނެވީ ޔުނިވާސިޓީ އޮފް ކެމްބްރިޖްގެ ކްލިނިކަލް މައިކްރޯބަޔޮލޮޖީގެ ޕްރޮފެސަރު އަދި ސައިންޓިފިކް އެޑްވައިޒަރީ ގްރޫޕް ފޯ އިމަޖެންސީސް (އެސްއޭއީ)ގެ ކޮންޓްރިބިއުޓަރެއް ކަމަށްވާ ޕްރޮފެސަރު ރަވީ ގުޕްތާއެވެ.

"އޮމިކްރޮން ސްޕައިކް ޕްރޮޓީންގެ ސަބަބުން ވޫހާން އާއި ޑެލްޓާއާ އަޅާބަލާއިރު ފުއްޕާމޭގެ ސެލްފިއުޝަން މަދު،" ޕްރޮފެސާ ގުޕްތާ ވިދާޅުވިއެވެ.

ޕްރޮފެސާ ގުޕްތާ ވިދާޅުވީ، މި ހޯދުންތަކުގެ ސަބަބުން އޮމިކްރޮން ވޭރިއެންޓުގެ ސަބަބުން ބަލީގައި ބޮޑުވަރު ނުވާނެ ކަމަށް ބުނެވިދާނެ ކަމަށެވެ. ނަމަވެސް، އިތުރު މަސައްކަތްތަކެއް ކުރަން ޖެހޭ ކަމަށް ވިދާޅުވިއެވެ.

ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ސައިންސްވެރިން އަންނަނީ އޮމިކްރޮން ވޭރިއެންޓާއި ގުޅިގެން އިތުރު ދިރާސާތައް ކޮށް، ސާފު މައުލޫމާތު ހޯދަން މަސައްކަތް ކުރަމުންނެވެ.