އިނގިރޭސިވިލާތުގައި ތިބި ކުވެއިތުގެ ރައްޔިތުން އެގައުމުން ފައިބާން އިނގިރޭސިވިލާތުގައި ހުންނަ ކުވެއިތުގެ އެމްބަސީން އަންގައިފިއެވެ.

ކުވެއިތުގެ އެމްބަސީން ބުނެފައިވަނީ އެގައުމުގައި ތިބި ރައްޔިތުން ފައިބަން އަންގާފައިވަނީ އިނގިރޭސިވިލާތުގައި ހަލުވި ކަމާއި އެކީ އިމިކްރޮންގެ ވޭދަނަތައް ފެތުރެމުން އަންނާތީ ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން ކަމަށެވެ.

މިއީ ކޮވިޑާއި ގުޅިގެން ގައުމެއްގައި ތިބި އެހެން ގައުމެއްގެ ބަޔަކަށް ރައްކާތެރިކަން ކަށަވަރު ކުރުމަށް ގައުމަށް ދިއުމަށް އަންގާ ފުރަތަމަ ގައުމުކަން ފާހަގަ ކޮށްލެވެއެވެ.

އިނގިރޭސިވިލާތުން ކޮވިޑްގެ ފުރަތަމަ ފެނުނުތާ އަހަރެއްހާ ދުވަސް ވެފައިވާއިރު، މިހާތަނަށް އެގައުމުން 13,100,458 މީހަކު ވަނީ ކޮވިޑަށް ފައްސިވެފައެވެ. އެގައުމުން މީގެ ކުރިން މި ބައްޔަށް ފައްސިވާ މީހުންގެ އަދަދު މަދު ނަމަވެސް އާ ވޭރިއެންޓް ފެތުރި ގިނަ ބަޔަކު ކޮވިޑަށް ފައްސިވާ ކަމަށް ރިޕޯޓްތަކުން ވަނީ ދައްކާފައެވެ.

އެގޮތުން ފާއިތުވި 24 ގަޑިއިރު ތެރޭގައި އެގައުމުން އިތުރު 162,572 މީހަކު ވަނީ ބައްޔަށް ފައްސިވެފައެވެ.

އެގައުމުން 13 މިލިއަން މީހުންނަށް ކޮވިޑް ޖެހުނު ނަމަވެސް 10 މިލިއަން މީހުން ވަނީ ބަލިން ރަނގަޅުވެފައެވެ. އަދި މި ބަލީގައި 148,778 މީހަކު މަރުވެފައިވާއިރު، މިވަގުތު ކޮވިޑް ޖެހިގެން ފަރުވާ ދެމުން އަންނަނީ 2,586,418 މީހަކަށެވެ.