ސްޕެއިންގެ ފަތުރުވެރިންގެ މެދުގަައި މަޝްހޫރު ދެ ރިސޯޓް ރަށަކަށް ސުނާމީއެއް އަރައިފިއެވެ.

ސްޕެއިންގެ ދެ ރިސޯޓް ރަށެއްކަމަށްވާ މެޖޮރިކާ އަދި މެނޯރިކާ އަށް ވަނީ އުސްމިނުގައި ފަސް ފޫޓް ހުރި ބޮޑު ސުނާމީއެއް އަރައި ބޮޑެތި ގެއްލުން ތަކެއް ލިބިފައެވެ.

ސުނާމީ އެރުމުގެ ސަބަބުން އެ ދެ ރިސޯޓުގެ ބޮޑުބައެއްްގައި ވަނީ އާދަޔާ ހިލާފަށް ފެންބޮޑުވެފައެވެ. ސުނާމީ އާންމުކޮށް އުފެދެނީ ވާރުގަދަ ބިންހެލުމެއް އައިސްގެންނެވެ. ނަމަވެސް މިއަދު ހެދުނު އެރި މި ސުނާމީއަކީ ބިންހެލިުމާއި އެއްވެސް ގުޅުމެއް ނެތް ސުނާމީއެއް ކަމަށް ސްޕެއިންގެ ކަމާއި ބެހޭ ފަރާތަކުން ބުނެއެވެ.

މިއަދު އެރި ސުނާމީ އަށް ދެވިފައިވާ ނަމަކީ މީޓިއޯ ސުނާމީ އެވެ. އޭގެ މާނައަކީ ގުދުރަތީ ކަމަކުން ނުވަތަ ކަނޑުގެ ލޮނުގަނޑަށް އަންނަ ކުއްލި ބަދަލަކުން އުފެދޭ ސުނާމީއެވެ.

މި ސުނާމީގެ މަންޒަރު ދައްކުވައިދޭ ފޮޓޯތަކާއި ވީޑިއޯތަށް އިންޓަނެޓްގައި ދައުރުވަމުންދާއިރު މި ސުނާމީގެ ބާރުގަދަ ކަން ފޮޓޯތަކުންވެސް ހާމަވެގެން ދެއެވެ.

މިއަދު ހެނދުނު ހިންގި މިހާދިސާގައި އެއްވެސް މީހަކަށް ގެއްލުންވިކަމުގެ މައުލޫމާތު ލިބިފައިނުވާ އިރު ސުނާމީގެ ބާރުގަދަ ކަމުން ބައެއް ބޯޓު ފަހަރުގެ ވާ ކަނޑައިގެން ދިޔުން ފަދަ ހާދިސާތައް ވަނީ ހިނގާފައެވެ.

1979 އަހަރު ނަގަސާކީ ބޭ އަށް އެރި މި ފަދަ ސުނާމީއެއްގައި ތިން މީހުން މަރުވެ ބޮޑެތި ގެއްލުންތަކެއް ވިއެވެ. އަދި މިދިޔަ އަހަރު ޗައިނާގައި ވެސް ވަނީ މިފަދަ ހާދިސާއެއް ހިންގާފައެވެ.