މިޔަންމާގެ އަސްކަރިއްޔާއިން ރޮހިންޔާ ދަރިކޮޅުގެ މައިނޯރިޓީއާ ދެކޮޅަށް ނަސްލު ނައްތާލުމުގެ ޖަރީމާތައް ހިންގާފައިވާކަމަށް އެމެރިކާގެ ރައީސް ޖޯ ބައިޑަންގެ ސަރުކާރުން ކަނޑައަޅާފައިވާ ކަމަށް އެމެރިކާގެ އޮފިޝަލުން ވިދާޅުވެއްޖެއެވެ.

ރިޕޯޓުތައް ބުނާގޮތުން އެމެރިކާގެ ހާރިޖީ ވަޒީރު އެންޓޮނީ ބްލިންކެން މިކަން ހާމަކުރައްވާނެ ކަމަށް ބެލެވެނީ މިއަދު ފަހުގެ ވަގުތެއްގައި ވޮޝިންޓަންގައި ހުންނަ ހޮލޮކާސްޓް މިއުޒިއަމަށް ޒިޔާރަތް ކުރައްވާއިރުއެވެ.

2017 ވަނަ އަހަރު މިޔަންމާގައި ފެށުނު އަސްކަރީ ހަރުކަށި އަމަލުތަކަށްފަހު އެތައް ހާސް ރޮހިންޖާ މުސްލިމުން ވަނީ މިޔަންމާ ދޫކޮށް ހިޖުރަކޮށްފައެވެ. އަސްކަރީ ހަރުކަށި އަމަލުތައް ފެށުން ފުރަތަމަ މަހު 6،000 އަށް ވުރެ ގިނަ މީހުން ވަނީ މަރުވެފައެވެ.
މިޔަންމާއާ ދެކޮޅަށް 2019 ވަނަ އަހަރު އިންޓަނޭޝަނަލް ކޯޓް އޮފް ޖަސްޓިސްގައި ވަނީ މައްސަލައެއް ހުޅުވާފަ އެވެ. އަސްކަރިއްޔާއިން ކެމްޕޭން ފެށިއިރު މަދަނީ ސަރުކާރެއް ހިންގުމާ ހަވާލުވެ އޮތް ނަމަވެސް 2021 ވަނަ އަހަރު އަސްކަރިއްޔާއިން ވެރިކަމާ ހަވާލުވީ ބަޣާވާތަކުންނެވެ.
2017ވަނަ އަހަރުގެ ތެރޭގައި ރޮހިންޔާ ދަރިކޮޅުގެ މީހުންނާ ދެކޮޅަށް މިޔަންމާގެ އަސްކަރިއްޔާއިން ޤަތުލުޢާއްމާއި އިންސާނިއްޔަތާ ހިލާފު ޖަރީމާތައް ހިންގަން ފެށުމުން 730،000 މީހުންވަނީ އަވަށްޓެރި ބަންގްލަދޭޝަށް ހިޖުރަކޮށްފައެވެ.

މިޔަންމާގައި ކުރި ބަޣާވާތާ ދެކޮޅަށް ޢާއްމުން މުޒާހަރާކުރަން ފެށުމުން އަސްކަރިއްޔާއިން ހަމަލާތަކުގައި 1،600އަށްވުރެ ގިނަ މީހުންވަނީ މަރުވެފައެވެ. އަދި އެއްވެސް ޝަރީއަތަކާ ނުލައި 10،000 މީހުންވަނީ މިޔަންމާގެ ޖަލުތަކުގައި ބަންދުކޮށްފައެވެ.

2018ވަނަ އަހަރުގެ ތެރޭގައި އދން ކުރި ތަހުގީގަކަށްފަހު ބުނެފައިވަނީ މިޔަންމާގެ އަސްކަރިއްޔާއިން ގަތުލުއާއްމާއި އިންސާނިއްޔަތާ ހިލާފު ޖަރީމާތައް ހިންގިކަން ސާބިތުވާފަދަ ހެކިތައް ހޯދިފައިވާކަމަށެވެ.

މީގެއިތުރުން މިޔަންމާގެ އަސްކަރިއްޔާއާ ދެކޮޅަށް ނެދަލެންޑްސްގެ ދަ ހޭގުގައި ހުންނަ އިންޓަނޭޝަނަލް ކޯޓު އޮފް ޖަސްޓިސް، އައިސީޖޭއަށް ގެންބިޔާއިން ވެސް ވަނީ މައްސަލަ ހުށަހަޅައިފައެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. ސޯޓުބެ

    މުސްލިމުން އަށް މާ ހެޔޮއެދޭ ބަޔަކަށްވެގެން ދެން އުޅޭނެ ކަމެއްނެތް! ވަގުތު ފާއިތު ވެއްޖެ،... އެމެރިކާ ބާކީ ވާކަށް މާގިނަދުވަހެއް ނެތް!

    • މޮޔަނިމޮސް

      ވަގުތު ފާއިތުވީ ކޮންގޮތަކުން ބާ.އަދި އެމެރިކާ އަށް އެގޭބާ މީ މުސްލިމުންކަން

  2. ރެފްރީ

    ނޭޓޯގޮވައިގެން އެތަނަށްދޭބަލަ !!!!!!

  3. Anonymous

    އަދި ކިރިޔާ ދޯ ތިކަން ތިއެނގުނީ. ފަލަސްޠީނު ރައްޔިތުންނަށް ޔަހޫދީން ކުރަމުންދާ އަނިޔާތަކަކީ ކޮން އެއްޗެއް ނައްތާލަން ކުރާ އަނިޔާތަކެއްތަ؟ ފަލަސްޠީނުގެ ފުރާވަރަށް އަރަމުންދާ އަންހެން ކުދިންގެ ދެފައި ދެ ކާރުގައި ބަނދެ ދެކާރު ދެކޮޅަށް ދުއްވާލައިގެން އެ ކުދިން އިރައި މަރަމުންދާއިރު އެއިން އެއްވެސް ވާހަކައެއް ތި އެމެރިކާގެ މީޑިއާއަކުން ނުދައްކައެއްނު. ދުނިޔޭގައި ކަމެއް ވާކަން ވެސް ބަޔަކަށް އެނގެނީ އެމެރިކާއިން ބުނީމާ، އަދި އެމެރިކާގެ މީޑިއާއަކުން ދެއްކީމާ ދޯ.