އިނގިރޭސިވިލާތުން ކޮވިޑް-19 ގެ އާ ވައްތަރެއް ފެނިއްޖެއެވެ.

ކޮވިޑްގެ އާ ވައްތަރެއް އިނގިރޭސިވިލާތުން ފެނިފައިވާއިރު މިފަހަރު ފެނުނު ކޮވިޑްގެ ވައްތަރަކީ ކިހާ ނުރައްކާތެރި ވައްތަރެއްތޯ ދެނެގަތުމުގެ މަސައްކަތް އެގައުމުގެ ސިއްހީ ތަޖުރިބާކާރުން ދަނީ މަސައްކަތް ކުރަމުންނެވެ.

އިނގިރޭސިވިލާތުގެ ހެލްތު ސެކިއުރިޓީ އޭޖެންސީ (ޔޫކޭއެޗްއެސްސީއޭ) އިން ބުނީ "ރީކޮމްބިނޭޓެޑް" ގެ ނަމުން ނަންދެވިފައިވާ ބީއޭ.1 އަދި ބީއޭ.2 އޮމިކްރޯން ސްޓްރެއިންގެ މިއުޓޭޝަނެއް ކަމަށްވާ އެކްސްއީ ދިރާސާ ކުރަމުން އަންނަ ކަމަށެވެ.

އެގައުމުގެ މީޑިޔާތަކަށް ދެއްވި އިންޓަވިއުއެއްގައި ސަރުކާރުގެ އިދާރާއިން ބުނީ 22 މާރިޗުގެ ނިޔަލަށް އިނގިރޭސިވިލާތުން އެކްސްއީގެ 637 ވޭދަނަ ފެނިފައިވާކަމަށާއި، އަޅާފައިވާ ފިޔަވަޅުތައް އުވާލިފަހުން ދުވާލެއްގެ މައްޗަށް އެތައް ހާސް ކޮވިޑު ގެ ވޭދަނަތައް ރިޕޯޓްކުރަމުންދާ ކަމަށެވެ.

އާ ވައްތަރުގެ ކޮވިޑް، އެކްސްއީގެ ކުރީކޮޅު އެ ވައްތަރާއި ބީއޭ.2 އާއި މާ ބޮޑު ތަފާތެއް ނުހުންނަ ކަމަށް ރިޕޯޓްތައް ބުނެއެވެ. ނަމަވެސް ޔޫ.ކޭ.އެޗް.އެސް.ސީ.އޭ އިން ބުނާގޮތުގައި އެކްސްއީ ފެނުނު ފަހުން މި މަހުގެ މާރިޗް 16 އާ ހަމައަށް އެންމެ ފަހުގެ ޑޭޓާތައް ބުނާގޮތުގައި މި ވައްތަރުގެ ނިސްބަތް ސްޓެލްތް ވޭރިއަންޓަށްވުރެ 9.8 އިންސައްތަ އަށް ވަނީ މަތިވެފައެވެ.

ޔޫކޭއެޗްއެސްއޭގެ ޗީފް މެޑިކަލް އެޑްވައިޒަރު ޓްރާންސިޝަން ލީޑް ޕްރޮފެސާ ސޫޒަން ހޮޕްކިންސް ވިދާޅުވީ، ރިކޮމްބިނޭޓެޑް ވޭރިއަންޓްތަކަކީ އާދަޔާ ހިލާފު ވޭރިއަންޓްތަކެއް ނޫން ކަމަށާއި، އާންމު ގޮތެއްގައި މަރުވާ އިންސައްތަ "ނިސްބަތުން އަވަސް" ކަމަށެވެ.

މިދިޔަ ހަފްތާގައި އިނގިރޭސިވިލާތުގައި ރެކޯޑް އަދަދަކަށް މީހުންނަށް ކޮވިޑު ޖެހުނު ކަމަށް ރަސްމީ ހިސާބުތަކުން ދައްކައިފިއެވެ. އެގޮތުން ނޭޝަނަލް ސްޓެޓިސްޓިކްސް އޮފީހުން ބުނީ އެގައުމުގެ ކޮންމެ 13 މީހަކުން އެކަކީ ވައިރަސް ޖެހިފައިވާ މީހެއް ކަމަށެވެ. އެގޮތުން މާރިޗް މަހުގެ 26 އާއި ހަމައަށް 4.9 މީހުންނަށް ވަނީ ކޮވިޑް ޖެހިފަ އެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. ޖާބެ

    މައިމީނާޔާ އިބޫ ފެނުނީ

  2. އަންތަރީސް

    ވެކްސިންއުފައްދާ ވިޔަފާރިކުރާފަރާތްތަކުން ރާވައިގެންހިންގާވިޔަފާރިއެއް..

  3. ޅޮލް

    ހޫ ކެއަރެސް 🤷🏾‍♂️

  4. 😡😡😡

    ވެކްސިނުން މީހުންތައް މަރުވާތީ ކުޅޭ ދްރާމާ