ގިނަބަޔަކު ބޭނުން ކުރާ ޓެލެގްރާމް ޑައުންވެއްޖެއެވެ.

ޓެލެގްރާމް ޑައުންވެފައިވާ ކަމަށް މީސް މީޑިއާގެ އެކި ޕްލެޓްފޯމްތަކުގައި ގިނަބަޔަކު ދަނީ ވާހަކަދައްކަމުންނެވެ.

ޓެލެގްރާމްއަށް ދިމާވީ ކޮން މައްސަލައެއްކަން އަދި ސާފެއް ނުވެއެވެ. އެހެން ނަމަވެސް ދުނިޔޭގެ ވަރަށް ގިނަ ހިސާބަށް ޓެލެގްރާމް ޑައުންވިއެވެ. އެގޮތުން ޓެލެގްރާމް ޑައުންވި ވަގުތު އެއްވެސް މެސެޖެއް ނުދެއެވެ.

މީސް މީޑިއާގައި އެ ވާހަކަދައްކަމުންދާ ބައެއް ފަރާތްތަކުން ބުނާގޮތުގައި، ޓެލެގްރާމް ސާވާ މަސައްކަތް ކުރަމުން ނުދާ ކަމަށެވެ.

މިކަމާއި ގުޅިގެން ޓެލެގްރާމުން އެއްވެސް އެއްޗެއް އަންގާފައެއް ނުވެއެވެ.