އިރާގުން ހަ މިލިއަނަށް ވުރެ ގިނަ އެމްފެޓަމިން ގުޅަ އަތުލައިގެންފި އެވެ. އެމްފެޓަމިން އަކީ މަސްތުވާތަކެތީގެ ބާވަތެކެވެ.
އިރާގުގެ ނެޝެނަލް ސެކިއުރިޓީން ނެރުނު ބަޔާނުގައި ބުނީ އެ އެމްފެޓަމިން ގުޅަތައް އަތުލައިގަތީ ބަގުދާދުގެ ވެއާ ހައުސްއެއްގެ ތެރެއިން ކަމަށެވެ. އަތުލައިގަނެވުނު އެމްފަޓިމިން ގުޅައިގެ އަދަދު 6.2 މިލިއަނަށް އަރާނެކަމަށް ބުނެފައި ވެއެވެ.
އަތުލައިގެންފައިވަނީ އެމްފެޓަމިންގެ ބާވަތެއް ކަމަށްވާ ކެޕްޓަގަން އެވެ.
އެ މައްސަލައިގައި އިރާގުގެ ހަތަރު މީހުންނާއި އަރަބި އެހެން ގައުމުތަކަށް ނިސްބަތްވާ ހަތަރު މީހުން ވަނީ ހައްޔަރުކޮށްފަ އެވެ.
އިރާގަކީ މަސްތުވާތަކެތީގެ މައްސަލަތަކުގައި ވަރަށް ހަރުކަށި އަދަބު ދޭ ގައުމެކެވެ. އެގޮތުން މަސްތުވާތަކެތި އެތެރެކުރުމުގެ މައްސަލަތަކުގައި މަރުގެ އަދަބުވެސް ދެއެވެ.
އިރާގުން އަތުލައިގަތް އެމްފެޓަމިންގެ ބާވަތް، "ކެޕްޓަގޮން" އަކީ ކުރިން ޖަރުމަނު ވިލާތުގައި "އެޓެންޝަން ޑެފިޝަންސީ" ފަދަ ކަންކަމަށް ބޭނުންކުރަމުން އައި ބޭހެކެވެ. ނަމަވެސް އެ ބޭސް އުފެއްދުން މަނާކުރި ފަހުން މުޅިންހެން ކަހަލަ ގޮތަކަށް ކެޕްޓަގޮން އުފައްދަމުން ދިޔައީ މެދު އިރުމަތީގަ އެވެ.
ސީރިއާއަކީ އެންމެ ގިނަައިން ކެޕްޓަގޮން އުފައްދާ ގައުމެވެ. އަދި އެންމެ ގިނައިން ކެޕްޓޮގަން ބޭނުންކުރާ ގައުމަކީ ސައުދީ އަރަބިއްޔާ އެވެ.
މިދިޔަ އަހަރު ސައުދީން މިދިޔަ އަހަރު ވަނީ ލުބްނާނުން އެގައުމަށް އެތެރެކުރަން އުޅުނު އަންނާރު ޝިޕްމަންޓެއްގެ 5.3 މިލިއަން ކެޕްޓަގޮން އަތުލައިގެންފަ އެވެ. އެ މައްސަލައާ ގުޅިގެން ލުބްނާނުން ތަރުކާރީއާއި މޭވާ އެތެރެކުރުން ވެސް ހުއްޓާލި އެވެ.
އިރާޤާއި އަފްޣާނިސްތާން އަދި މެދުއިރުމަތީގެ އެހެން ގައުމުތަކުގައި ވެސް ފަހަކަށް އައިސް މަސްތުވާތަކެތީގެ މައްސަލަތައް ވަނީ ވަރަށް ބޮޑުވެފައެވެ.
އޭ، ތި ތަކެތި އަވަހައް ގެނޭ ރާއްޖެއައް. މިތާގަ ވަރައް މާކެޓު އެބައޮތް ތިޔައް.