ރަޝިއާގެ ރައީސް ވްލަޑްމިއަރ ޕޫޓީންގެ ލޯބިވެރިޔާ އެލީނާ ކަބާވާއަށް ދަތި ކުރުމުގެ ފިޔަވަޅު އެޅުމަށް އީޔޫއިން ރާވަމުންދާކަން ހާމަ ކޮށްފިއެވެ.

އީޔޫއިން އެލީނާއާއި މެދު ފިޔަވަޅު އެޅުމަށް ނިންމާފައިވާކަން ހާމަ ކޮށްފައިވަނީ މީޑިއާގައި އާންމުކޮށްފައިވާ ލިޔުމެއްގައެވެ. އެލިޔުމުގައި ބުނާ ގޮތުގައި އޭނާއާއި މެދު ފިޔަވަޅު އެޅުމަށް ނިންމާފައިވަނީ ރަޝިއާއިން ޔޫކްރޭނަށް ދިން ހަމަލާގެ ޕްރޮޕަގެންޑާއަށް އޭނާ ތާއިދު ކޮށްފައިވާތީ ކަމަށް ބުނެއެވެ.

އީޔޫއިން އަޅާފައިވާ ފިޔަވަޅުތަކުގެ ތެރޭގައި ދަތުރުކުރުން މަނާ ކުރުމާއި މިލްކިއްޔާތިގައިވާ ހުރިހާ ފައިސާއެއް ފްރީޒް ކުރުން ހިމެނެއެވެ.

އެލީނާއަށް ފިޔަވަޅު އެޅުމަށް ނިންމުމާއި އެކީ އޭނާ ވެގެން ދިޔައީ ޔޫކްރޭން ހަނގުރާމައާއި ގުޅިގެން ރަޝީއާއި ދެކޮޅަށް އަޅާފައިވާ ފިޔަވަޅުތައް އަމާޒުވި މީހުންގެ ތެރެއިން ހަވަނައަށް އެ ފިޔަވަޅު އަމާޒުވެ ލިސްޓަށް އިތުރުވި މީހާއެވެ.

އެލީނާއާއި ޕޫޓިން އާއި ގާތްގުޅުމެއް އޮންނަކަން އެ ލިޔުމުން ހާމަކުރި ނަމަވެސް 2008 ވަނަ އަހަރުން ފެށިގެން ޕޫޓިން ވަނީ އޭނައާއި ގުޅުމެއް އޮންނަކަން ދޮގު ކޮށްފައެވެ. އޭގެ ފަހުން އެދެމީހުންގެ ހަބަރު ގެނެސްދިން މީޑީއާއެއް ވަނީ ބަންދު ވެސް ކޮށްފައެވެ. އެމީޑީއާ ބަންދު ކުރުމާއި ގުޅިގެން ގިނަ ބަޔަކު ވަނީ އެދެމީހުންގެ ލޯބީގެ ގުޅުމެއް އޮންނަކަމަށް ބުނެފައެވެ.

ރަޝިއާއިން ޔޫކްރޭނަށް ދިނަ ހަމަލާއާއި ގުޅިގެން އީޔޫއިން ވަނީ ރަޝިއާގެ ތެޔޮ އިމްޕޯޓް ކުރުން މަނާކޮށް އެނިންމުމަށް ތާއިދު ކުރުމަށް ގައުމުތަކަށް ގޮވާލާފައެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. މަ

    މަވެސް ރަސިޔާއިން ޔޫކުރޭނު ހިފަން ކުރާ ހަނގުރާމަޔަށް ތާއީދުކުރަން

    8
    4
  2. ރަން ރީނދޫ

    މަންޖޭ ރާއްޖެ އާދޭ.ކޮން ދައްޗެއް ކުރާކަށް.އެމަންޖެއެއްނޫން ދޯ އުކުރެއިނަށް އެރީކީ.