ފިލިޕީންސްގެ ފެރީއެއްގައި ރޯވެ، ހަތް މީހުން މަރުވެއްޖެއެވެ.

މާކްރާފްޓް-2 ފެރީގައި ރޯވީ ހޯމަ ދުވަހުގެ ހެނދުނު 06:30 ހާއިރު 134 ޕަސެންޖަރުންނާއި ކްރޫއާ އެކު ދަތުރު ކުރަނިކޮށެވެ. ފެރީ ދަތުރު ކުރަމުން ދިޔައީ ޕޮލިލޯ ރަށުން ރިއާލް ރަށަށެވެ.

134 މީހުން ގޮވައިގެން ދަތުރުކުރި ފެރީއެއްގައި އަލިފާން ރޯވެ، ހަތް ފަސިންޖަރުން މަރުވެ، ގިނަ ފަސިންޖަރުންތަކެއް ކަނޑަށް ފުންމާލަން މަޖުބޫރުވިއެވެ. ކަނޑަށް ފުންމާލި ފަސިންޖަރުން ނެގުމަށް އިތުރު އުޅަނދުތަކުން ވަނީ މަސައްކަތް ކޮށްފައެވެ.
ޓައުން އެޑްމިނިސްޓްރޭޓަރު ފިލޯމޭނާ ޕޯޓަލްސް ވިދާޅުވި ގޮތުގައި އިންޖީން ރޫމުން ފެށިގެން އެމް/ވީ މެރްކްރާފްޓް 2 ގެ މަތީ ފަސިންޖަރު ޑެކް އާ ހަމައަށް އަލިފާންގަނޑު ވަރަށް ބާރަށް ފެތުރިގެން ދިޔައީ ރިއަލްގެ ބަނދަރަކާ ކައިރިކުރަމުން ދަނިކޮށެވެ. އެއީ ޕޮލީލޯ އައިލެންޑުން ކުއެޒޮން ޕްރޮވިންސްގެ ޓައުނަށް ދަތުރުކުރަމުން ދަނިކޮށެވެ.
ކޯސްޓްގާޑުގެ އޮފިޝަލުން ވިދާޅުވާ ގޮތުގައި 134 ފަސިންޖަރުންނާއި ފަޅުވެރިންގެ ތެރެއިން ގިނަ މީހުން ވަނީ ކަނޑަށް ފުންމާލާފައެވެ.
"މަސްބޯޓްތަކާއި އެހެން އުޅަނދުތައް ވެސް ކައިރިވި، އެންމެން ވެސް އެހީވި، އެހެންވެ މީހުން ސަލާމަތް ކުރުން ވަރަށް ފަސޭހަވި،" ޕޯޓަލްސް އިން ބުނެފައިވެއެވެ. އިތުރަށް އޮފިޝަލުން ބުނީ ސަލާމަތްވި މީހުންގެ ތެރެއިން ގިނަ ބަޔަކު ތިބީ ޝޮކެއްގައި ކަމަށާއި، އެ މީހުން ފިހިފައިވާތީ ފަރުވާދޭން ޖެހުނު ކަމަށެވެ.
ކޯސްޓްގާޑުން އާންމުކުރި ފޮޓޯތަކުން ފެންނަ ގޮތުގައި ފެރީގައި އަލިފާން ރޯވެ، އޭގެން އަޅި ކުލައިގެ ދުމުގެ ބިއްލޫރިތައް ތަޅައިގެން ދިޔައެވެ. ސްޓްރެޗާތަކުގައި ތިބި ޒަހަމްވި މީހުން އެމްބިއުލާންސްގައި ގެންދެވުނު އިރު، ރެސްކިއު ޓީމުގެ މީހަކު ވަނީ ޒަހަމްވީ މީހަކު ނޭވާ ނުލެވިގެން އުޅެމުންދާތީ ފަރުވާ ދިނުމުގެ މަސައްކަތް ކޮށްފައެވެ.
ކޯސްޓްގާޑުން ބުނީ ފެރީގައި ތިބި އެންމެންގެ ހިސާބު ވެސް ބެލި ކަމަށާއި ޒަހަމްވި 24 މީހުން ހޮސްޕިޓަލަށް ގެންގޮސްފައިވާ ކަމަށެވެ.
ޕޯޓަލްސް އިން ބުނީ ހަތް ފަސިންޖަރުން މަރުވީ ގެނބިގެން ކަމަށާއި އެކަކު ފެންގަނޑުގެ ތެރޭގައި ފްލޯޓް ކުރަމުން ދަނިކޮށް ހާޓް އެޓޭކެއް ޖެހުން ކަމަށް ލަފާކުރެވޭ ކަމަށެެވެ.