އިނގިރޭސި ވިލާތުގެ ބޮޑުވަޒީރު ބޮރިސް ޖޯންސަން ސަރުކާރުގެ ކެބިނެޓް މިނިސްޓަރުން އިސްތިއުފާ ދެއްވާފައި ވަނިކޮށް ކުރިމަތިވެވަޑައިގަންނަވާ ފިއްތުންތަކާ ގުޅިގެން ބޮޑުވަޒީރު ވެސް އިސްތިއުފާ ދެއްވަން ނިންމަވައިފިއެވެ.

ބޮރިސް ޖޯންސަން އިސްތިއުފާ ދެއްވަން ނިންމަވާފައިވާ ކަމަށް ބުނެ އިނގިރޭސި ވިލާތުގެ ބޮޑެތި މީޑިއާތަކުން މިހާރު ވަނީ ރިޕޯޓްކޮށްފައެވެ.

މީޑިއާތަކުން ބުނީ ބޮރިސް ޖޯންސަން އިސްތިއުފާ ދެއްވަން ނިންމިކަން ކޮންޒަވޭޓިވް ޕާޓީގެ 1992 ކޮމިޓީއަށް މިހާާރު އަންގަވާފައިވާ ކަމަށެވެ. ނަމަވެސް އެއީ އަންނަ ސެޕްޓެމްބަރު މަހާ ހަމައަށް މަގާމުގައި ހުންނަވާ ގޮތަށެވެ.

ކޮވިޑްގެ ފުރަބަންދުގެ ތެރޭގައި ބޮރިސް ޕާޓީ ކުރެއްވި މައްސަލައިގައި އިތުބާރު ނެތް ކަމުގެ ވޯޓެއް ނަގައި މަގާމުން ދުރުކުރަން މިދިޔަ މަހު މެސް ޕާލިމަންޓް ތެރެއިން މަސައްްްކަތް ކުރިއެވެ. ނަމަވެސް އެ ވޯޓުން ބޮރިސް ސަލާމަތްވެ ވަޑައިގެންނެވިއެވެ. އެހެންވެ ދެން ޕާލަމަންޓްގެ ތެރެއިން ބޮރިސްގެ މައްޗަށް އިތުބާރު ނެތް ކަމުގެ ވޯޓެއް ކުރިއަށް އޮތް އަހަރެއްހާ ދުވަސް ތެރޭ ނުނެގޭނެއެވެ.

ނަމަވެސް އަދިވެސް ބޮރިސް ނިސްބަތްވެވަޑައިގަންނަވާ ކޮންޒޭވޭޓިވް ޕާޓީގެ 1992 ކޮމިޓީގެ ތެރެއިން އެމަނިކުފާނު މަގާމުން ދުރުކުރެވިދާނެއެވެ.

އެމަނިކުފާނުގެ ކެބިނެޓުން 50 މެމްބަރުން އިސްތިއުފާ ދެއްވާފައިވާ އިރު ޕާޓީގެ ތެރެއިން ވަނީ ވަރަށް ބޮޑަށް ވަނީ ފިއްތުން އިތުރުވެފައެވެ. އެހެންކަމުން 1992 ކޮމިޓީގެ ތެރެއިން އެމަނިކުފާނު މަގާމުން ދުރުކުރުމުގެ ފުރުސަތު ވަރަށް ބޮޑެވެ.

ކޮވިޑް ތެރޭ ޕާޓީ ކުރެއްވި މައްސަލައަށް ފަހު ބޮރިސް ޕްރެޝަރު މިފަހަރު ބޮޑުވީ އިނގިރޭސިވިލާތުގެ ޑެޕިއުޓީ ޗީފް ވިޕް ކްރިސް ޕިންޗާ ފިރިހެނުންތަކަކަށް ޖިންސީ ފުރައްސާރަކުރިކަން އެނގިހުރެ އޭނާ އެ މަގާމަށް ހަމަޖެއްސެވި ކަމަށް އިއުތިރާފްވުމުންނެވެ. ބޮރިސް އިތުރަށް ވިދާާޅުވީ ކްރިސް އައްޔަުކުރެއްވުނީތީ ހިތާމަ ކުރައްވާ ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. Anonymous

    އިނގިރޭސިވިލާތް ހަލާކުކޮށްލާފަ އިސްތިއުފާދިނަސް ޒިންމާ އުފުލަންވާނެ. ތި ބޮޑުވަޒީރަކީ އިނގިރޭސިވިލާތް ހަލާކުކުރަން ތުރުކީވިލާތުން ފޮނުވާފައިހުރި ޖާސޫސެއް. ދެރަކަމަކީ ރާނީމެންނަށް އެވަރު ނޭނގުނުކަން.

  2. ޕޮގުބާ

    މިރާއްޖޭގަ މިހިރަ ނުދޭނެ އިސްތިއުފާއެ ގައުމު އަޑިޔަށް ދާއިރުވެސް