އިނގިރޭސި ވިލާތުގެ ބޮޑުވަޒީރު ބޮރިސް ޖޯންސަން މަގާމުން އިސްތިއުފާ ދެއްވައިފިއެވެ.

ބޮރިސް ކޮންޒަވޭޓިވް ޕާޓީގެ ލީޑަރު ކަމުންވެސް ވަކިވެވަޑައިގަތްއިރު، އެމަނިކުފާނު ވެރިކަމުގައި ހޭދަކުރައްވާފައި ވަނީ ތިން އަހަރެވެ.

އެމަނިކުފާނު މަގާމުން އިސްތިއުފާ ދެއްވާފައި ވަނީ ސަރުކާރުގެ ކެބިނެޓް މިނިސްޓަރުން އިސްތިއުފާ ދެއްވާފައި ވަނިކޮށް ކުރިމަތިވެވަޑައިގަންނަވާ ފިއްތުންތަކާ ގުޅިގެންނެވެ.

"އެ ޕާޓީގެ އާ ލީޑަރަކާއި އަދި އާ ބޮޑުވަޒީރަކު ހުންނަން ޖެހުމަކީ ސާފުކޮށް ޕާލަމެންޓްރީ ކޮންޒަވޭޓިވް ޕާޓީގެ އިހުތިޔާރެއް،" 10 ޑައުނިން ސްޓްރީޓްގެ ބޭރުގައި ވާހަކަދައްކަވަމުން ޖޯންސަން ވިދާޅުވިއެވެ.

ޖޯންސަން ބޮޑުވަޒީރުކަމުން އިސްތިއުފާދެއްވި ނަމަވެސް ކެބިނެޓް ހަމަޖެއްސައިނިމެންދެން އެމަނިކުފާނު ބޮޑުވަޒީރުކަމުގައި ހުންނަވާނެއެވެ. އެގޮތުން ސެޕްޓެމްބަރުގެ ނިޔަލަށް އެމަނިކުފާނު ބޮޑުވަަޒީރު ކަމުގައި ހުންނަވާނެ އެވެ.

ކޮވިޑްގެ ފުރަބަންދުގެ ތެރޭގައި ބޮރިސް ޕާޓީ ކުރެއްވި މައްސަލައިގައި އިތުބާރު ނެތް ކަމުގެ ވޯޓެއް ނަގައި މަގާމުން ދުރުކުރަން މިދިޔަ މަހު މެސް ޕާލިމަންޓް ތެރެއިން މަސައްްްކަތް ކުރިއެވެ. ނަމަވެސް އެ ވޯޓުން ބޮރިސް ސަލާމަތްވެ ވަޑައިގެންނެވިއެވެ. އެހެންވެ ދެން ޕާލަމަންޓްގެ ތެރެއިން ބޮރިސްގެ މައްޗަށް އިތުބާރު ނެތް ކަމުގެ ވޯޓެއް ކުރިއަށް އޮތް އަހަރެއްހާ ދުވަސް ތެރޭ ނުނެގޭނެއެވެ.

ނަމަވެސް އަދިވެސް ބޮރިސް ނިސްބަތްވެވަޑައިގަންނަވާ ކޮންޒޭވޭޓިވް ޕާޓީގެ 1992 ކޮމިޓީގެ ތެރެއިން އެމަނިކުފާނު މަގާމުން ދުރުކުރެވިދާނެއެވެ.

އެމަނިކުފާނުގެ ކެބިނެޓުން 50 މެމްބަރުން އިސްތިއުފާ ދެއްވާފައިވާ އިރު ޕާޓީގެ ތެރެއިން ވަނީ ވަރަށް ބޮޑަށް ވަނީ ފިއްތުން އިތުރުވެފައެވެ. އެހެންކަމުން 1992 ކޮމިޓީގެ ތެރެއިން އެމަނިކުފާނު މަގާމުން ދުރުކުރުމުގެ ފުރުސަތު ވަރަށް ބޮޑެވެ.

ކޮވިޑް ތެރޭ ޕާޓީ ކުރެއްވި މައްސަލައަށް ފަހު ބޮރިސް ޕްރެޝަރު މިފަހަރު ބޮޑުވީ އިނގިރޭސިވިލާތުގެ ޑެޕިއުޓީ ޗީފް ވިޕް ކްރިސް ޕިންޗާ ފިރިހެނުންތަކަކަށް ޖިންސީ ފުރައްސާރަކުރިކަން އެނގިހުރެ އޭނާ އެ މަގާމަށް ހަމަޖެއްސެވި ކަމަށް އިއުތިރާފްވުމުންނެވެ. ބޮރިސް އިތުރަށް ވިދާާޅުވީ ކްރިސް އައްޔަުކުރެއްވުނީތީ ހިތާމަ ކުރައްވާ ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

10 ކޮމެންޓް

  1. ސުންފާ ގޮން

    ކޮބާ ކެނެރީ ނަށީދު މިއޮތީ ބޮޑުވަޒީރުކަން ހުސްވެފަ.

    35
  2. Me

    Alhamdulillah

    23
  3. Ma

    Alhamdulillah

    24
  4. ހުސޭނުބޭ

    މިކޮޅުގައި އެބައުޅޭ ބޮޑުވަޒީރުކަން ނުލިބެގެން ރެވިތެޔޮލައިގެން އުޅޭ މީހެއް! އޭނާއަށް ތި ޤައުމުގެ ބޮޑުވަޒީރުކަން ދޭންވީނު!

    24
  5. Anonymous

    ބޮޑު ވަޒީރު ކުރާހިތްވާ ކުދިންނަށް ފުރުސަތު ލިބުނީ.
    ނައްޓާލާ

    20
  6. ވަތަނީ

    ބޮރިސް ޖޯންސަންގެ އިސްތިއުފާ އިން ރާއްޖެވެސް އެއްޗެއް
    ދަސްކުރަން ޖެހެއެވެ ނުދެނެހުރިކަމަށް ހަދައި ލޯމަރާލައިގެން
    ތިބުމަކުން ރީއްޗެއް ނެތެވެ ރާއްޖޭގެ މިސަރުކާރަކީ ރާއްޖެއާ
    ނުގުޅޭ ސަރުކާރެކެވެ ފާހިސް ކަންކަމަށާއި މުންކަރާތަކަށް
    ހިއްވަރުދޭ ބަޔަކު ތިބި ސަރުކާރެކެވެ
    މޑޕގެ އާއްމު މެންބަރުންގެ ތެރެއިން ގިނަމެންބަރުންނަށް
    ޕާޓީގެ ހަގީގަތްތާއި ރޭވުންތައް ވަނީ ސިއްރުކޮށްފައެވެ
    ރާއްޖެ އަނބުރާ ހޯދުމަށްޓަކައި މޑޕ ވެރިކަމުން ދުރުކުރަން ޖެހެއެވެ ލަދުވެތިކަމެއް ހުރިއްޔާ، އަމިއްލައަށް
    މަގާމްތަކުން އިސްތިއުފާ ދޭން ޖެހެއެވެ.

    24
    3
    • ޢަހުމަދުވަގާރު

      ޕީޕީ މީހުން ގިނަ އިން ވީޑިޔޯއިން ފެންނަނީ

      2
      2
  7. މޫސަބޭ

    ލިވާޠުކުޅި ކުޅުވަން ބަޖެޓް ދޭންބުނިތާ މާގިނަ ދުވަސް ތަކެއްނުވި!!!!

    25
    1
  8. އަބުދުﷲ

    އަދި އިސްތި

  9. އަބުދުﷲ

    އަދި އިސްތިއުފާ ނުދޭ.

    6
    3