ހިފަހައްޓާފައިވާ ރަޝިއާގެ މުދާތަކުން ޔުކްރޭން އަލުން ބިނާކުރަން ފައިނޭންސްކުރަން ޔޫރަޕިއަން ޔޫނިއަން (އީޔޫ)ގެ ލީޑަރުން ޔޫރަޕިއަން ކޮމިޝަނަށް ހުށަހަޅައިފިއެވެ.

އީޔޫގެ ލީޑަރުން އެގޮތަށް ހުށަހެޅުއްވީ ބެލްޖިއަމްގެ ވެރިރަށް ބްރަސެލްސްގައި ބޭއްވި ދެ ދުވަހުގެ ސަމިޓްގައެވެ.

އެސްޓޯނިއާގެ ބޮޑުވަޒީރު ކާޖާ ކަޔާސް ވިދާޅުވީ ހިފަހައްޓާފައިވާ ރަޝިއާގެ މުދާތައް 300 ބިލިއަން ޔޫރޯއަށް އަރާ ކަމަށެވެ. އަދި އެ ފައިސާއިން ޔުކްރޭންއަށް އެެހީވެވިދާނެ ކަމަށް ވިދާޅުވިއެވެ.

ނަމަވެސް އެ ފައިސާތައް ބޭނުން ކުރުމުގައި އަދިވެސް ގާނޫނީ ހުރަަސްތަކެއް އެބަ ހުއްޓެވެ. އެއީ އެ ފައިސާއަކީ އަދިވެސް ގާނޫނީ ގޮތުން ބަލާއިރު ރަޝިއާއާ އެ ގައުމުގެ މުދާ ކަމަށްވާތީއެެވެ. އެހެންވެ އެކަމާ ގުޅޭ ގޮތުން އަންނަ އެޕްރީލް މަހު ބްރަސަލްސްގައި ބާއްވާ ބައްދަލުވުމުގައި މަޝްވަރާކުރާނެ ކަމަށް ވެއެެވެ.

ޔޫރަޕިއަން ކޮމިޝަންގެ ރައީސް އުރުސަލާ ވޮން ޑިއާ ލޭޔަން ވިދާޅުވީ ކޮންމެ މަހަކުވެސް ޔުކްރޭންއަށް 1.5 ބިލިއަން ޑޮލަރު ދިނުމަށް މިހާރު މަޝްވަރާ ކުރަމުންދާ ކަމަށެވެ.

ރަޝިއާއިން ޔުކްރޭންއަށް އަރައިގަތުމާ ގުޅިގެން ޔޫރަޕިއަން ޔޫނިއަން އިން އެޅި ދަތި ކުރުމުގެ ފިޔަވަޅުތަކުގެ ތެރޭގައި ރަޝިއާގެ ސެންޓްރަލް ބޭންކާއި އަދި އެގަމުގެ ބޮޑެތި މަހުޖަނުންގެ މުދާތައް ހިފެހެއްޓުން ހިމެނެއެެވެ.

އެމެރިކާގެ ސްޓޭޓް ސެކެޓްރީ ޖެނެޓް އެލެން ވިދާޅުވީ ހިފަހައްޓާފައިވާ ރަޝިއާގެ މުދާތައް ގާނޫނީ ގޮތުން ބޭނުން ނުކުރެވޭނެ ކަމަށާއި އަދި އޭގެ ސަބަބުން އެމެރިކާގައި އިންވެސްޓުކުރަން އެހެން ގައުމުތަކުން ފަސް ޖެހޭނެ ކަމަށެވެ.

ރަޝިއާއިން ޔުކްރޭންއަށް އަރައިގަތީ މިދިޔަ ފެބްރުއަރީ މަހުއެވެ. އޭގެ ފަހުން ރަޝިއާއިން ވަނީ އިރުމަތީ ޔުކްރޭންގެ ބޮޑު ބައެއް ހިފައިފައެވެ. ނަމަވެސް ފަހަކަށް އައިސް ޔުކްރޭން އިން ދަނީ ރަޝިއާގެ ސިފައިން ފަހަތަށް ޖެއްސުމުގައި ބޮޑެތި ކާމިޔާބީތަކެއް ހޯދަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

  1. ރާކަނި

    ތިއޮތީރާކަނިިމަސްކެވިފަ! އެމެރިކާގެކެހިވެރިމަޅީގާޖެހި ރައްޔިތުންހަނާވާންފެށީމާ ބޮލަށްތެޔޮއެރީ.. ދެއަތްފުޅާކޮށްފާ ތިމަންނަމެން ޔުކްރޭނަށް އެހީވާނަމޭކިޔާފާ ރައްޔިތުންބަނޑަށްޖެހި ހަޅުތާލުކުރަންފެށީމާ ރަޝިޔާގެމުދާކޮޅު ފޭރިގަންނަންތިޔައުޅެނީ.. ރަޝިޔާގެޕުލާނާއެއްގޮތަށް އެމީހުންއެދަނީ ހަނގުރާމަދިގުދަންމާލާ އެމެރިކާއާއި ޔޫރަޕުމީހުން ހާލުގާޖައްސަމުން.. އަދި އެމެރިކާއަކީ ބޮޑުބަސްބުނާ ފޮނި އަދި ފިނޑިބައެއްކަން މުޅިދުނިޔެއަށްއެދަނީދައްކަމުން.. ވަރަށްސަލާމް .

    11
  2. Anonymous

    ޔޫރަޕަކީ އަބަދުވެސް ފޭރޭ ބައެއް.

    16
  3. Anonymous

    ޔޫރަޕަކީ އެފްރިކާއާއި އޭސީއާއިން ފެރިގެން މުއްސަނދިވެފައޮތް ތަނެއް. މިހާރުވެސް އެމީހުން އެފްރިކާއިން ފޭރެމުން ދަނީ.
    އެމީހުންގެ އަސްލަކީ ޕައިރޭޓުން. އެހެންވީމަ މިހާރުވެސް އެކުރާކަމަކީ ފޭރުން. ރަޝިޔާގެ ރައްޔިތުންގެ މުދާތައް ނަގާފަ ޔޫކްރެއިންއަށް ދެނީއޭ ކިޔައިގެން ޔޫރަޕުގެ ގައުމުތަކުން ޔޫކްރެއިންއަށް ވިއްކަމުންދާ ހަތިޔާރުތަކަށް ފައިސާ ނަގަން މިހާރު މި ތައްޔާރުވަނީ. ރަޝިޔާގެ ރައްދު މާކަ ރަނގަޅެއް ނުވާނެ. ކާޗް ބްރިޖް ހަލާކު ކޮށްލީމަ ޔުކްރެއިންގެ އިލެކްޓްރިކް ގްރިޑް ރަޝިޔާއިން ބަދަލަށް ނެގީ. ރަޝިޔާގެ މުދާތައް ޔޫރަޕުން ނަގައިފިނަމަ ބަދަލުގެ ގޮތުގައި އެމީހުން ނަގާނީ ޔޫރަޕްގެ ސެޓްލައިޓް ސިސްޓަމް.

    12
    • ޖުހާ.

      ތެދެއް ތިބުނީ. ޔޫރަޕު މުއްސަނދިވީ ފޭރިކައިގެން. މިހާރުވެސްހުރީ އެވިސްނުން،

  4. ފޭރުން

    މިއީ ހަމަ ފައްކާ ސީދާ ފޭރުން. ނޫނީ ރޯމާ ދުވާލު ގައުމެއްގެ މުދާ އެންމެންގެ ކުރިމަތީގައި ލޫޓުވާލުން.

    10