ސްރީ ލަންކާގެ ޕެލިޔަގޮޑާގައި ބަޑިން ހަމަލާދީ މިއަދު މީހަކު މަރާލައިފިއެވެ.

މި ހަމަލާގައި މަރުވެފައިވަނީ 32 އަހަރުގެ މީހެކެވެ. އޭނާ މަރާލާފައިވަނީ ޕެލިޔަގޮޑާގައި ހުންނަ އޭނާގެ ގޭގައި ހުއްޓާ، ސައިކަލެއްގައި އައި ކާކުކަން ނޭނގޭ ދެމީހުންނެވެ.

https://www.youtube.com/watch?v=2c2D7ly0Hl8&embeds_euri=https%3A%2F%2Fwww.dailymirror.lk%2F&source_ve_path=MjM4NTE&feature=emb_title

ބަޑިޖެހުމަށްފަހު ސައިކަލުގައި އައި ދެ މީހުން ވަނީ އެ ތަނުން ފިލައިފައެވެ.

މިހަމަލާގައި އެމީހާ މަރުވެފައިވަނީ، ހަމަލާއަށްފަހު ކޮލޮމްބޯގެ ނެޝަނަލް ހޮސްޕިޓަލަށް ފަރުވާއަށް ގެންދެވުނު ފަހުންނެވެ.

ފުރަތަމަ ތަހުގީގުތަކުން ހާމަވެފައިވާ ގޮތުގައި މަރުވެފައިވާ މީހާ ޖަލުން މިނިވަންވެފައިވަނީ މީގެ ހަފްތާތަކެއް ކުރިންނެވެ. އަދި އެމީހާއަކީ މީހުން މެރުމުގެ ކުށުގެ ރިކޯޑު އޮތް މީހެއް ކަމަށާއި، އޭނާގެ މައްޗަށް މަރުގެ ގިނަ މައްސަލަތަކެއްގެ ތަހުގީގު ކޯޓުގައި ކުރިއަށްދާ ކަމަށް ވެސް ރިޕޯޓުތައް ބުނެއެވެ.

ޕެލިޔަގޮޑާގެ ފުލުހުން ދަނީ މި މައްސަލަ އިތުރަށް ތަހުގީގުކޮށް، ހަމަލާދިން މީހުން ހޯދުމުގެ މަސައްކަތް ކުރަމުންނެވެ.