ތުރުކީވިލާތައް އިއްޔެ ރޭ އައި ބާރުގަދަ ބިންހެލުމުގެ ސަބަބުން މަރުވި މީހުންގެ އަދަދު ފަސްހާހަށްވުރެ މައްޗަށް ގޮސްފައި ވާއިރު އިމާރާތްތަކުގެ ދަށުގައި ތާށިވެ ގެއްލިފައިވާ މީހުންގެ އަދަދެއް ވެސް އަދި ނޭނގެއެވެ. އެތައް ބަޔަކު ތިބީ އެމީހުންގެ ދަރިންނާއި އާއިލާ މެންބަރުން ދިރި ތިއްބާ ފެންނާނެ ކަމަށް އުއްމީދުކޮށް ދުޢާ ކޮށްލަކޮށްލައެވެ.

ބިންހެލުމުގައި ސުންނާފަތިވެފައިވާ ސީރިއާގެ ސަރަހައްދަކުން މިއަދު ވަނީ ދިރިހުއްޓާ ކުއްޖަކު ސަލާމަތް ކޮށްފައެވެ. އެކުއްޖާ ސަލާމަތް ކުރި މަންޒަރު ފެންނަ ވީޑިއޯ މިހާރު ވަނީ ވައިރަލް ވެފައެވެ. ވީޑިއޯ އިން ފެންނަ ގޮތުގައި ނޫރު ނަމަކަށް ކިޔާ އަންހެން ކުއްޖާ އޮތީ ސުންނާފަތިވެފައިވާ އިމާރާތްތަކުގެ ދަށުގައި ފޮރުވިފައެވެ.

ގާތަކާއި ވެލިތައް އެއްފަރާތް ކުރަކުން ދަރިފުޅު ހޯދުމުގެ މަސައްކަތް ކުރަމުން ދިޔަ ބައްޕަ އަށް ނޫރު ފެނުމާއިއެކު ފުރަތަމަ ވެސް ٱلْحَمْدُ لِلَّٰهِ ކިޔައެވެ. އަދި އެއަށްފަހު ﷲ އަށް ޝުކުރުވެރިވެ ބައްޕަ ވާހަކަ ދައްކައެވެ. ދެން ބައްޕަ ދަރިފުޅު ނޫރުއަށް ގޮވާލައެވެ. ނޫރު ބިރު ނުގަތުމަށާއި ބައްޕަ ކައިރީގައި ހުރި ކަމަށް ބުނެ ދަރިފުޅަށް ހިތްވަރު ދެމުން ދިޔައެވެ.

ސީރިއާގެ ސިވިލް ޑިފެންސްގެ ވޮލެންޓިއަރުން ވެސް ނޫރު ސަލާމަތް ކުރުމަށް ނޫރުގެ ބައްޕަ އާއިއެކު މަސައްކަތް ކުރަމުން ދިޔައެވެ. ނޫރުގެ ގައިމަތީގައި ހުރި ގާތަކަށް ނަގަމުން ދިޔައިރު ނޫރު ބައްޕަ އަށް ބަލަން އޮންނަން ވޮލެންޓިއަރުން އެދެމުން ދިޔައެވެ.

ނޫރުގެ ބައްޕަ އާއި ވޮލެންޓިއަރުންގެ މަސައްކަތުން ވަނީ ނޫރު ސަލާމަތް ކޮށްފައެވެ.

ތުއްތު ކުއްޖަކު އެއްކޮށް ވަޅުލެވިފައި ވަނިކޮށް އެކުއްޖާގެ ފުރާނަ ސަލާމަތް ކުރެވުމުން އެތައް ބައެއްގެ އުއްމީދު ވަނީ އާވެފައެވެ. އެމީހުންގެ ގާތްތިމާގެ މީހުންގެ ވެސް ދިރިތިއްބާ ފެނިދާނެ ކަމަށް ކުރެވޭ އުއްމީދު ވަނީ އިތުރުވެފައެވެ.

ކިޔުންތެރިންގެ ހިޔާލު

7 ކޮމެންޓް

  1. ޖޯޖު

    الحمدلله

    32
  2. ޙނ

    ٱلْحَمْدُ لِلَّٰهِ…. الله أكبر

    30
  3. ހ މ ޒ

    ٱلْحَمْدُ لِلَّٰهِ

    28
  4. އަހްމަދް

    الحمد الله

  5. Anonymous

    އަލްޙަމްދުލިﷲ

  6. Unknown

    الحمد لله. الله أكبر...... ﷲ ގެ ކުޅަދުންވަންތަކަން.....

  7. ޅަގުރާ

    ﷲ ގެ އިޒްނަ ފުޅާ ނުލާ އެކަކުވެސް މަރުނުވާނެކަން ކަށަވަރެވެ.