ޖަޕާނަށް ބާރުގަދަ ބިންހެލުމެއް އަތުވެއްޖެއެވެ.

މި ބިންހެލުން އައިސްފައި ވަނީ 6.5 މެގްނެޓިއުޑް ބާރުމިނުގައި ޖަޕާނުގެ ހޮކައިޑޯއަށެވެ.

ޖަޕާނުގެ މޫސުމާ ބެހޭ އިދާރާއިން ބުނީ މިރޭ ހޮކައިޑޯގެ އިރުމަތީ ސަރަހައްދަށް އައި ބިންހެލުމާ ގުޅިގެން ސުނާމީގެ ބިރުވެރިކަމެއް ނެތް ކަމަށެވެ.

މި ހާދިސާގައި އެއްވެސް މީހަކަށް ގެއްލުމެއް ލިބުނު ކަމުގެ މައުލޫމާތެއް އަދި ލިބިފައެއް ނުވެއެވެ.

ކުޝީރޯގެ ކައިރީގައި އޮންނަ ޕެސިފިކް ކަނޑުގައި 60 ކިލޯމީޓަރު އަޑިން އައި މި ބިންހެލުމުގެ ސަބަބުން ޖަޕާނުގެ އިރު އުތުރުގެ ސަރަހައްދާއި އިރުމަތީ ޖަޕާން ހިމެނޭ ގޮތަށް ފުޅާ ސަރަހައްދަކަށް އަސަރުކޮށްފައިވާ ކަމަށް އެ އެޖެންސީން ބުނެފައި ވެއެވެ.