ދުނިޔޭގައިވެސް މަގުބޫލު މީސްމީޑިއާ ޓިކްޓޮކް 12.7 މިލިއަން ޕައުންޑުން ޖޫރިމަނާކޮށްފައިވާ ކަމަށް އިނގިރޭސިވިލާތުގެ ޑޭޓާ ވޮޗްޑޮގް އިން ބުނެފިއެވެ.

ރިޕޯޓްތައް ބުނާގޮތުން ޗައިނާގެ ވީޑިއޯ އެޕެއް ކަމަށްވާ ޓިކްޓޮކްގައި ކުޑަކުދިންގެ މައުލޫމާތު ނަހަމަގޮތުގައި ބޭނުންކޮށްފައިވެއެވެ. އެގޮތުން ޓިކްޓޮކް އިން 13 އަހަރުން ދަށުގެ ކުދިން ޓިކްޓޮކް ބޭނުންކުރުން ހުއްޓުވުމަށް އެކަށީގެންވާ މަސައްކަތްތަކެއް ކޮށްފައިނުވާކަމަށް އިނގިރޭސިވިލާތުގެ އިންފޮމޭޝަން ކޮމިޝަނާސް އޮފީހުން ވަނީ ބުނެފައެވެ.

އިނގިރޭސިވިލާތުގެ 2020ވަނަ އަހަރުގެ ތަފާސްހިސާބުތަކަށް ބަލާއިރު، 13 އަހަރުން ދަށުގެ 1.4 މިލިއަން ކުދިން އަންނަނީ ޓިކްޓޮކް ބޭނުންކުރަމުންނެވެ. އެއީ ޓިކްޓޮކް އެކައުންޓެއް ހުޅުވުމުގެ އެންމެ ދަށް އުމުރަކީ 13 އަހަރުކަމުގައިވީނަމަވެސް މެއެވެ.

ދުނިޔޭޣެ ގިނަ ގައުމުތަކުން އަންނަނީ ޓިކްޓޮކް އެ ޤައުމުތަކުގައި ބޭނުން ނުކުރެވޭގޮތް ހަދަމުންނެވެ. އަދި ޓިކްޓޮކް އިން މީހުންގެ މައުލޫމާތު ރައްކާނުކުރެވޭކަމަށް ތުހުމަތުކުރަމުންނެވެ. އިނގިރޭސިވިލާތުންވެސް ދާދި ފަހުން ވަނީ ސަރުކާރުގެ އިދާރާތަކައި ގުޅުންހުރި ފޯނުތަކުން ޓިކްޓޮކް ބޭނުން ނުކުރެވޭގޮތް ހަދާފައެވެ.

ޓިކްޓޮކްގެ ސަބަބުން ޒުވާން ޖީލު މަގުއޮޅި ހަލާކުވެދާ ކަމަށް ބުނެ އަފްޤާނިސްތާނުގައިވެސް ޓިކްޓޮކް ވަނީ މަނާކޮށްފައެވެ.

މިކަމާއި ގުޅޭގޮތުން ޓިކްޓޮކުން ބުނެފައިވަނީ އެ އެޕްލިކޭޝަން މަނާކުރުމުގެ ސިލްސިލާގައި ގިނަ ސްޓޭޓްތަކަކުން ބައިވެރިވަމުންދިޔުމަކީ ކަންބޮޑުވާކަމެއް ކަމަށާއި އެ އެޕާއި ގުޅުވައި ކުރާ ތުހުމަތު ތަކަކީ އޭގެ އެސްވެސް އަސްލެއް ނެތް ތުހުމަތު ތަކެއް ކަމަށެވެ.

ޓިކްޓޮކްގެ ބޭނުން ބައެއް މީހުން ހިފަމުންދަނީ ގެއްލުން ދެނިވި ގޮތަކަށެވެ. އިސްލާމީ ދިވެހި މުޖުތަމައަށް އެންމެ އެކަށީގެންނުވާ ގޮތަށް ބައެއް މީހުން ވީޑިއޯ ކުޅެ އަޕްލޯޑް ކޮށްފައިވެއެވެ. މީގެ ތެރޭގައި ހުތުރު ބަސް ބޭނުން ކޮށްގެންނާއި، ފިރިހެނުން އަންހެން ވެގެން ކުޅެފައިވާ ވީޑިއޯ ހިމެނެއެވެ. އަދި އެކި މީސްމީހުންގެ ޒާތީ މައުލޫމާތު އާއްމުކުރުމާއި، އެކަކު އަނެކަކަށް މަލާމަތާއި ފުރައްސާރަ ކުރުމަށްފަހު ވެސް ވީޑިއޯ އަޕްލޯޑް ކޮށްފައިވެއެވެ. މިކަމާއި ގުޅިގެން ބައެއް އާއްމު ރައްޔިތުން ކަންބޮޑުވުން ވެސް ފާޅުކޮށްފައިވެއެވެ.

ކެނެޑާ ސަރުކާރުން ޓިކްޓޮކް ބޭންކުރަން ނިންމީ ޒާތީ އަދި ސަލާމަތީ ސަބަބުތަކަށްޓަކައި ކަމަށްބުނެއެވެ. ކެނެޑާ ސަރުކާރުގެ މުވައްޒަފުންނަށް ފޮނުވި ނޯޓެއްގައި ވާގޮތުން މި ނިންމުން ނިންމާފައިވަނީ ސައިބަރ އެޓޭކެއް އައިސްދާނެ ކަމުގެ ބިރާއެކުއެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ޖުހާ.

    ކޮންމެ އެއްޗެއްވެސް ނަހަމަގޮތުގައި ބޭނުންކުރާނަމަ އެއީ މީހުންގެ ޖާހިލުކަން. އެއީ އެޕުގެ މައްސަލައެއްނޫން.

    12
    1
  2. އިނާހޫނާ

    ތިޔައީ އެޕްގެ މައްސަލައެއް ނޫން. އެ އެޕަކީ ޗައިނާގެ އުފެއްދުމެއްވީމަ މައްސަލައަކަށްވީ

    10
    3
  3. ހުވަދޫ އަލިބެއްޔާ

    ޔޫޓިބު ވެސް ކުރަން ޖެހޭނެ..

    5
    3