އިންޑިއާގެ ބޭ އޮން ބެންގާލްއަށް މެއި މަހުގެ ނުވަ ވަނަ ދުވަހު ތޫފާނެއް އަރާނެ ކަމަށް އިންޑިއާގެ މީޓިއޮރޮލޮޖިކަލް ޑިޕާޓްމަންޓް (އައިއެމްޑީ)ން ބުނެފިއެވެ. މި ތޫފާނަށް ދީފައިވާ ނަމަކީ "ސައިކްލޯން މޮޗާ" އެވެ.

އިންޑިއާގެ މޫސުމާ ބެހޭ އިދާރާއިން މިއަދު ލަފާކޮށްފައިވާ ގޮތުގައި އަންނަ ހޮނިހިރު ދުވަހު ދެކުނު އިރުމަތީ ބޭ އޮފް ބެންގަލްގައި ތޫފާނެއް އުފެދޭނެއެވެ. އައިއެމްޑީގެ އެންމެ ފަހުގެ އެޑްވައިޒަރީގައިވާ ގޮތުން، އޭގެ އަސަރުގެ އާދީއްތަ ދުވަހު އެ ސަރަހައްދުގައި ލޯ ޕްރެޝަރު ސިސްޓަމެއް އުފެދިގެން ދާނެއެވެ.

އަދި މެއި މަހުގެ އަށް ވަނަ ދުވަހު މި ސައިކްލޯނިކް ސަރކިއުލޭޝަން، ދެކުނު އިރުމަތީ ބޭ އޮފް ބެންގާލްގެ ޑިޕްރެޝަނަކަށް ބަދަލު ވާނެކަމަށް ލަފާކުރެވޭ ކަަމަށްވެސް ބުނެފައި ވެއެވެ.

އޭގެ ފަހުން ތޫފާނަކަށް ބަދަލުވާނެ ކަމަށް ލަފާކޮށްފައިވާއިރު، އެ ތޫފާން ގާތްގަނޑަކަށް އުތުރަށް ބޭ އޮފް ބެންގާލްގެ މެދުތެރެއަށް ދަތުރުކުރާނެ ކަމަށް ބެލެވޭ ކަމަށްވެސް ބުނެފައި ވެއެވެ.

މޫސުމާ ބެހޭ އިދާރާއިން ލަފާކުރާ ގޮތުގައި ތޫފާން މޯޗާ ހަފުތާ ބަންދުގައި ޗެންނާއީ އާއި ކައިރި ސަރަހައްދުތަކަށް ގަދަވާނެއެވެ.

މިއާއެކު އޮޑިޝާ ސަރުކާރުން ވަނީ ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން ގޮނޑުދޮށާއި އަވަށްޓެރި 18 ޑިސްޓްރިކްޓަކަށް ސަމާލު ފޮނުވާފައެވެ.

ތޫފާނުގެ އަސަރު އޮޑިޝާގެ އައްސޭރިފަށަށް ނުވަތަ އިރުމަތީ އައްސޭރިފަށުގެ އެހެން ސަރަހައްދަކަށް އޭގެ އަސަރު ކުރާނެ ކަމުގެ އިންޒާރެއް އަދި ފޮނުވާފައެއް ނުވެއެވެ.

ހުޅަނގު ބެންގާލާއި އޮޑިޝާގެ ތޫފާނުގެ ނުރައްކާ ބޮޑު ސަރަހައްދުތަކެވެ. މިއާއެކު އޮޑިޝާ ޑިޒާސްޓާ ރެޕިޑް އެކްޝަން ފޯސް (އޯޑްރާފް) އާއި ނޭޝަނަލް ޑިޒާސްޓާ ރެސްޕޮންސް ފޯސް (އެންޑީއާރްއެފް) އަދި އެހެނިހެން ޓީމުތައް ތިބެނީ ހީވެސް ނުކުރާ ފަދަ ކުއްލި ހާލަތަކަށް ތައްޔާރުވެގެންނެވެ.

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

  1. މަރީ

    މިތޫފާނުން އިންޑިޔާގެ މުސްލިމުން ރައްކާކުރައްވައި ކާފަރުން ބަލިކުރަވާނދޭވެ

    52
    1
    • ކޮސް

      ނޮޓް ޕޮސިބަލް

      1
      8
      • Anonymous

        ވައި؟

        • ކޮސް

          އެހެންވޭތަ ދުވަހަކުވެސް

  2. ޒެލެންސްކީ

    މީގަ ރަނގަޅު ނަމަކީ މޯދީ.

    14
    1