ތުރުކީވިލާތުގައި އެއްޖިންސުން ގުޅުން ހިންގުމުގެ ފުރުސަތު ނުދޭނެ ކަމަށާއި، އެފަދަ ނޭއްގާނީ ކަންކަމަށް ތުރުކީވިލާތުގެ ގާނޫނީ ނިޒާމްގެ ތެރެއިން ހުއްދަ ލިބޭނެ ގޮތް ނުހަދާނެ ކަމުގެ ޔަގީންކަންދޭ ކަމަށް ތުރުކީވިލާތުގެ ރައީސް ޠައްޔިބު އުރުދޮޣާން ވިދާޅުވެއްޖެއެވެ.

އުރުދޮޣާން މިހެން ވިދާޅުވީ މިމަހުގެ 14 ވަނަ ދުވަހު އޮންނަ ތުރުކީވިލާތުގެ ރިޔާސީ އިންތިހާބުގެ ކެމްޕޭންގައި ވާހަކަ ދައްކަވަމުންނެވެ. އެދުވަހު ތުރުކީވިލާތުގެ ގާނޫނު ހަދާ މަޖިލީހުގެ އިންތިހާބު ވެސް އޮންނާނެއެވެ.

އިންތިހާބުގައި އުރުދޮޣާން އާއި އެންމެ ގާތުން ވާދަކުރާނެ ކަމަށް ބެލެވޭ ރިޔާސީ ކެންޑިޑޭޓުންގެ ތެރެއިން އިދިކޮޅު ކޯލިޝަނަކުން ވާދަކުރާ ކޮލިޑާގްލޫ ވެސް އެއްޖިންސުން ގުޅުން ހިންގުމުގެ ހައްގު ތުރުކީވިލާތުގައި ދޭން ފާޅުގައި ގޮވައެއް ނުލައެވެ. ނަމަވެސް ޔޫރަޕްގެ އިއްތިހާދާއި އެކު 2011 ވަނަ އަހަރު ތުރުކީވިލާތުން ސޮއި ކޮށްފައި އޮތް މުއާހަދާ އަށް އަމަލު ކުރުމާއި ގުޅޭ މަޝްވަރާތައް ވެރިކަން ލިބިއްޖެނަމަ ފަށާނެ ކަމަށް އޭނާ ވަނީ ވިދާޅުވެފައެވެ.

އެމުއާހަދާ އިން 2021 ވަނަ އަހަރު ތުރުކީވިލާތް ވަކިވީ އަންހެނުންގެ ހައްގުތައް ހޯދައި ދޭނެ ކަމަށް ބުނާ މުއާހަދާ ވަނީ އެއްޖިންސުން ގުޅުން ހިންގާ މީހުންގެ ގްރޫޕަކުން ހައިޖެކް ކޮށްފައި ކަމަށް ބުނެއެވެ.

ކޮލިޑާގްލޫ އަކީ އެއްޖިންސުން ގުޅުން ހިންގުން ފަދަ ކަންކަން ކުރުން ހުއްދަ ކުރުމަށް "މެދުމިނުގެ" ސިޔާސަތެއް ގެންގުޅޭނެ ކެންޑިޑޭޓެއް ކަމަށް އުރުދޮޣާން ވަނީ ވިދާޅުވެފައެވެ. ކޮލިޑާގްލޫ ވާނީ ޔޫރަޕްގެ ގޮނޑިކޮއްކޮއެއްގެ ގޮތުގައި ވެރިކަން ކުރާނެ މީހަކަށް ކަމުގައި އުރުދޮޣާން ވަނީ ވިދާޅުވެފައެވެ.

އުރުދޮޣާން އަކީ ހުޅަނގުގެ ގައުމުތަކުން ވަރަށް ދެކޮޅު ސިޔާސީ ލީޑަރެކެވެ. ތުރުކީވިލާތަކީ ޔޫރަޕާއި މެދުއިރުމަތި ގުޅޭ ހިސާބުގައި އޮންނަ ގައުމެއް ކަމަށް ވުމުން ތުރުކީވިލާތުގެ ވެރިކަމުގައި ހުޅަނގުގެ ގައުމުތަކަށް ބޯލަނބާ ވެރިޔަކު ހުރުމަށް ހުޅަނގުގެ ގައުމުތަކުން އެދެއެވެ.

ކިޔުންތެރިންގެ ހިޔާލު

10 ކޮމެންޓް

  1. ރެފްރީ

    އިރާދަކުރެއްވިއްޔާ މަނިކުފާނަށް އިންތިޚާބު ފަސޭހަކަމާއެކު ކާމިޔާބުކުރެވި އުފާވެރިމުސްތަގްބަލެއްދައްކަވާށި އާމީން

    87
    2
    • ފާއިޒާ

      امين امين امين امين امين

  2. ހުސޭނުބޭ

    ސާބަހޭ ޣުރުދުގާނަށް. އެންމެ ތަންކޮޅެއްވެސް ދޫނުކުރާތި.

    86
    2
  3. Anonymous

    މީ އިސްލާމީ ވެރިންގެ މިސާލު.
    މިތާ އާލަމް ގިރި ކުޅުނީމަ ވެސް އެކި މީހުނަށް އެކި އަދަބު.

    46
    • އަހަންމަދު

      ކަން ކުރެވޭނީ ފިސާރި މީހުންނަށް ދޯ؟ އެހެނެކޭކިޔާފަ ގަމީހުންނަކަށް ނުކުރެވޭނެ ދޯ ؟

      12
  4. ދަރަނި ދަންތުރަ

    އިސްލާމް ދީންދެކެ ލޯބިވާ އިސްލާމް ދީނުގެ އަސާސްތަކަށް ހުރުމަތްތެރިކޮށް ހިތާ އިސްލާމް ދީނަށް ނަސްރުދޭ ގަޓުހުރި ލީޑަރުންނަކީ މިއީ ސޭމް ރައީސް ޔާމީނު

    12
    1
  5. ވިކިލީކްސް

    ކަން އޮތީ ތިޔަހެން!
    އެކަމަކު ތުރުކީގެ އެތެރޭގެ ޕޯލްތަކުން ދައްކަނީ މެޖޯރިޓީ އޮތީ އޮރްދޮޣާންއާ ދިމާ އިދިކޮޅަށްކަން.
    30އަހަރުވަންދެން އެއްޕާޓީއަކުން ވެރިކަންކުރާތީ ރައްޔިތުން ތިބީ ބަދަލަކަށް!
    ތުރުކީ ހަލާކުކޮށްލީ އަތާތުރުކް. އޮރްދޮޣާންއަކީ އަތާތުރުކާ މާގަޔާވާ މީހެއް ނޫން. ގައުމުގެ އެކި ތަންތަނުގަހުރި އަތާތުރުކުގެ ބުދުތައްވެސް އޮރްދޮޣާނަށް ނަގަން ނުކެރިގެން އުޅެނީ ރައްޔިތުން ނުކުމެ އޮރްދޮޣާން ވެރިކަމުން ބާލާނެތީ!
    އޮރްދޮޣާން އަކީ ތުރުކީގެ ސެކިއުލާ އިސްލާމީ ފިކުރު މަޑުމަޑުން ފޭކުރަމުންދާ ލީޑަރެއް! ގިނަ ރައްޔިތުން ބޭނުމީ ރާބޯން. ހުޅަނގުގެ ފެޝަނަށް ތުރުކީގެ މެޖޯރިޓީ އަންހެނުން ވަނީ ލެނބި ހުސްވެ ގެއްލި ހަލާކުވެފަ!
    އޮރްދޮޣާނަށް ބައެއް މުހިއްމު ސިޓީތައްކަމަށްވާ އިސްތަންބޫލާއި އަންކާރާއިންނާ ގަޒިއެންޓެޕާއި މަލަޓްޔާފަދަ ސިޓީތަކުން ހީކުރާވަރަށްވުރެ ދަށް ނަތީޖާ ލިބޭނެ ކަމަށް ވަނީ. ޚާއްސަކޮށް މިފަހުން ދިމާވި ހިތާމަވެރި ބިންހެލުންތަކާ ގުޅިގެން އިދިކޮޅު ފަރާތްތަކުން ވަނީ އޮރްދޮޣާންއަށް އެންޓިކެމްޕެއިންކޮށްފަ!
    ރިޕޯޓުތައް ބުނާގޮތުން މިފަހަރު ވޯޓުގެ ފުރަތަމަބުރުން އޮރްދޮޣާންއަށް 42% ލިބިދާނެ.
    ދެވަނަބުރުގައި އެހެން ޕާޓީތައް ކޯލިޝަން ހަދައި އޮރްދޮޣާ ބަލިކޮށްލާނެޔޯ އަދި ނަތީޖާއާމެދު ހިތްހަމަނުޖެހިގެން ގައުމު ހަލަބޮލިވާނެ!

    2
    4
  6. އަހަންމަދު

    މިގައުމުގަ މިއުޅެނީ ނުގަވައިދުން އުޅޭ ބިދޭސީއަކަށްވެސް ގޮތެއް ނުހެދިގެން. ކޮބާ ލަދުގަނޭދޯ.

  7. ހުސްނުވާ

    އިރާދަކުރެއްވިއްޔާ މަނިކުފާނަށް މި އިންތިޚާބު ފަސޭހަކަމާއެކު ކާމިޔާބުކުރެވޭނެ، މިއީވަރަށް ގިނަ މުސްލިމުންގެ ދުއާ އުފާވެރިމުސްތަގްބަލެއްދައްކަވާށި އާމީން

    • ކުރޮޅި.

      އިރާދަކުރައްވާތޯ ކަލޭމެން ވައްހާބީން ދުޢާކުރާތާ ކޮންޒަމާނެއް، ކަލޭމެނަށް އޮންނާނީ މަސައްކަތެއް ނުކޮށް ރަޖާމާލި ހެދުންއަޅައިގެން انشاء الله انشاء الله ކިޔާލަކިޔާލަ ތިބުން. އިހުގެ މުސްލިމުންނަށް الله ނަސްރުދެއްވީ އެމީހުން الله ގެ ސަބަބުތަކުގައި ހިފައިގެން ގަދައަޅައި މަސައްކަތްކުރީމަ . އެމީހުން ތުނބުޅި ދިގުކޮށްގެން ފެންނުވަރާ ބޮޑުލިބާސް ލައިގެން ހަތަރު ފަރާތުގައި ހަތަރު ޖާރިއާއިން ބައިތިއްބައިގެން ސަގަންގޫރު ބޯކަށް ނުތިބޭ.