އޮސްޓްރޭލިއާގެ އިރުއުތުރުގައި ދިރިއުޅެމުންދާ ފަރާތްތަކަށް އަލިފާން ބޯޅައެއް ފަދަ އެއްޗެއް އުޑުމަތިން ވެއްޓޭ ކުރާ މަންޒަރު ފެނިއްޖެއެވެ.

މިއާއެކު އޮސްޓްރޭލިއާގެ އުތުރު ކުއީންސްލޭންޑްގައި މިދިޔަ ހަފުތާ ބަންދުގައި މީޓިއޯއެއް ވެއްޓުނު ކަން އެގައުމުގެ ޖައްވީ ސައިންސްވެރިންގެ ތެރެއިން އެންމެ އިސް އެއް ސައިންސްވެރިޔަކު ކަށަވަރުކޮށްދީފައެވެ.

ކުއީންސްލޭންޑްގެ ކެއާންސް އެއާޕޯޓުން ނަގާފައިވާ އެ ވީޑިއޯއިން ފެނިގެން ދަނީ އަލިގަދަ ފެހި ކުލައިގެ ގިނިހިލައެއް ފަދަ އެއްޗެއް އުޑުމަތިން ތިރިއަށް ދަތުރުކޮށް، ވެއްޓޭ މަންޒަރެވެ.

މިދިޔަ ހޮނިހިރު ދުވަހުގެ ރޭ މި މަންޒަރު ސްޓޭޓުގެ ހުޅަނގުގައި އޮންނަ ބާސެލްޑީން އިން ފެށިގެން ދުރު އުތުރުގެ ކުކްޓައުންއާ ހަމައައިގައި ހިމެނޭ ގިނަ އަވަށްތަކަކަށް ވެސް ފެނިފައިވާ ކަމަށް މީޑިއާ ރިޕޯޓްތައް ބުނެއެވެ.


ކެއާންސްގެ ހުޅަނގުން ގާތްގަނޑަކަށް 500 ކިލޯމީޓަރު ދުރުގައި އޮންނަ ކުޑަ އަވަށެއް ކަމަށްވާ ކްރޮއިޑަންގެ މީހުންނާ ހަވާލާދީ ގާޑިއަން އިން ބުނި ގޮތުގައި އެމީހުންނަށް ވެސް އެއްޗެއް ގޮވި ކަމުގެ އިހުސާސް ކުރެވިފައިވާ ކަމަށާއި ބޮޑު ގޮވުމެއްގެ އަޑު ވެސް އިވިފައި ވެއެވެ.

އޮސްޓްރޭލިއަން ނޭޝަނަލް ޔުނިވާސިޓީގެ އެސްޓްރޮފިޒިސްޓެއް ކަމަށްވާ ޑރ. ބްރެޑް ޓަކަރ ގާޑިއަން އޮސްޓްރޭލިއާއަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ ވެއްޓުނު ހިލަގަނޑުގެ ބޮޑުމިނުގައި 0.5 މީޓަރާއި 1 މީޓަރާއި ދެމެދުގެ މިންވަރެއް ހުންނާނެ ކަމަށް ބެލެވޭ ކަމަށެވެ. އަދި މިއީ އެވްރެޖް ސައިޒަށް ވުރެ ކުޑަ މީޓިއޯއެއް ކަމަށާއި، ގަޑިއަކު 150،000 ކިލޯމީޓަރަށް ދަތުރު ކޮށްފައިވާ ކަމަށް ބެލެވޭ ކަމަށެވެ.

އޭނާ ވަނީ ޔަގީނުންވެސް އެއީ "ޔަގީނުންވެސް ގިނިހިލައެއް" ކަން ކަށަވަރުކޮށްދީފައެވެ. އެއީ ތަފާތު ސިފައެއް ހުރުމުން ކަމަށްވެސް ވިދާޅުވިއެވެ.

"ގިނިހިލައަކީ އަލިގަދަ ހަރުދަނާ އަލިގަނޑެއް. ގިނަ ފަހަރަށް މި ނޫ-ފެހި ކުލައިގެ ކުލައެއް ވެސް އެ ތަކެތީގައި ހުރެދާނެ.".

މި ވީޑިއޯ އަށް ފޭސްބުކްގައި ގިނަ ބައެއްގެ ތަރުހީބު ލިބުނު ކަމަށް މީޑިއާ ރިޕޯޓްތައް ބުނެފައެވެ. އަދި މި ވީޑިއޯތައް އެތައް ބަޔަކު ކޮޮމެންޓް ކޮށްފައި ވެއެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ހުވަދޫ އަލިބެއްޔާ

    މާލޭގެ ބަސް ޓާމިނަލް އާ ދިމާލަށް ތީގެ ބޮޑު އަލިފާން ގުޅައެއް ޒާތުގެ އެއްޗެއް ވެއްޓުނުތަން ދެކުނިން.. އެވަގުތު ބޭރުމަގުގަ ތިބި ގިނަ މީހުންނަށް ފެނުނު.. އަހަރުމެން ހުވަދޫ މީހުން ކިޔަނީ "އަލިގޮޅެ". ޢާންމުކޮށް ފަޅު ރަށްތަކުން ފެންނާނެ. އަދި ބޮޑެތި ފަރުތަކުންވެސް ފެންނާނެ.. ޙަޤީޤަތަކީ އެއީ ޖިންނީގެ ކަމެއްކަން..

    1
    1