ޣައްޒާއިން އިސްރާއީލަށް ދެމުން އަންނަ ހަމަލާތައް ފްރާންސުން ކުށްވެރި ކޮށްފިއެވެ.

މިއަދު އިރު އެރީއްސުރެން ޣައްޒާގައި ތިބޭ ހަމާސްގެ ހަނގުރާމަވެރިން އަންނަނީ އިސްރާއީލުގެ އެކި ސަރަހައްދުތަކަށް ހަމަލާދެމުންނެވެ. އޭގެ ތެރޭގައި އިސްރާއީލުގެ މެދު އަވަށްތަކާއި އުތުރުގެ އަވަށްތައް ހިމެނެއެވެ.

ހަމާސްއިން އިސްރާއީލަށް މިއަދު ހެނދުނު ހަމަލާ ދޭން ފަށާފައިވާއިރު، މިހާރު އެގައުމުގެ ގަޑިން މެންދުރު ވަނީއެވެ. މިވަގުތާއި ހަމައަށް ހަމާސްއިން ވަނީ އިސްރާއީލަށް 7000 އަށްވުރެ ގިނަ ރޮކެޓް ހަމަލާތައް ދީފައެވެ. އޭގެ ތެރެއިން 5000 ރޮކެޓް ހަމަލާއަކީ 20 މިނެޓް ތެރޭގައި ހަމާސްއިން ފޮނުވާފައިވާ ރޮކެޓް ހަމަލާތަކެވެ.

މި ހަމަލާތަކުގައި އިސްރާއީލުގެ ބޮޑު ސަރަހައްދެއް ސުންނާފަތިވެފައިވާއިރު، އިސްރާއީލުން ވެސް އަންނަނީ ހަމަލާ ބަދަލު ކުރުންތައް ދެމުންނެވެ. ދެފަރާތުން ހަމަލާ ބަދަލު ކުރަމުން އަންނަ މި ދަނޑިވަޅުގައި ފްރާންސުން ވަނީ ހަމާސްއިން އެގައުމަށް ހަމަލާދިނުން ކުށްވެރި ކޮށްފައެވެ.

އެގޮތުން ފްރާންސްގެ ފޮރިން މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ އިސްރާއީލަށާއި އިސްރާއީލުގެ މީހުން އުޅޭ ސަރަހައްދަށް ދެމުން އަންނަ ނިރުބަވެރި ހަމަލާ ހަރުކަށި އިބްރާތުން ކުށްވެރި ކުރާ ކަމަށެވެ. އަދި އެކަމުގައި އިސްރާއީލަށް ވެވެން އޮތް އެހީއެއް ވާނެ ކަމަށް ވެސް ވަނީ ބުނެފައެވެ.

ކިޔުންތެރިންގެ ހިޔާލު

8 ކޮމެންޓް

  1. ހުސޭނުބޭ

    ކޯންޗެއް ބޮއިގެން އުޅޭ ދައިތާގަނޑެއް! މި ދައިތާގަނޑަކަށް ނުފެނޭދޯ އިސްރޭލުން ކުށެއްނެތް ފަލަސްތީނު ކުޑަކުދިން މަރާތަނެއް!

    48
    • އަހުމަދު

      ޔާﷲ ފަލަސްތީނުގެ ރައްޔިތުންނަށް ސާބިތުކަން ދެއްވާށި އާމީން

      42
      • އަޒްރާ

        ދިވެހިންގެ ތެރޭގަ ތިބި ޔަހޫދީންގެ އަސްލު ސިފަ މިފެނުނި

  2. ޕަރީ

    ހޭބަލިވެދާނެ މީހަކު.ރެޔާ ދުވާލު ފާޅުގަ ފަލަސްތީނުގެ އަންހެނުންނާ ތުއްތުކުދިން މަރާ އަނިޔާކުރާއިރު މި ޝައިތާނުތައްކޮބާ؟ ލޮލަށް މިރުސްއެޅިފަތަ ތިބެނީ ކާފަރުންތައް؟

    47
  3. ތުއްކާނު

    ފްރާންސްގެ ފޮރިން މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ އިސްރާއީލަށާއި އިސްރާއީލުގެ މީހުން އުޅޭ ސަރަހައްދަށް ދެމުން އަންނަ ނިރުބަވެރި ހަމަލާ ހަރުކަށި އިބްރާތުން ކުށްވެރި ކުރާ ކަމަށެވެ ހަމައެފަދައިން އިސްރާއީލުން ފަލަސްތީނައް ދެމުންގެންދާ ނިރުބަވެރި ހަމަލާތައް އެންމެ ހަރުކަށި އިބާރާތުން ކުއްވެރިކުރަން

    20
    1
  4. ޑަކައިތު

    މިޔަހޫދީ ދައިތަކައް ނުފެނޭ އިސްރާއީލުން ފަލަސްތީނު ރައްޔިތުން ރެއާދުވާލު މަރަމުންދާއިރުވެސް ކޮންއެއްޗެއްހިއްޕަވައިގެންބާ މިހުންނަވަނީ

    27
    1
  5. ފަތަހަ

    ކާފަރުންގެ އެެއްބަޔަކީ އަނެއް ބަޔެއްގެ އައުލިޔާއިންނޭ ގުރުއާނުގައި އޮތީ. ދެރައީ އެކަން ބައެއް މުސްލިމުންނަށް ނުވިސްނި ކާފަރުން އައުލިޔާއިންގެ ގޮތުގައި ނަގާތީ

  6. ހުވަދު

    ހަމަލާތައް ވަރުގަދަ ކުރަންވީ.