އިސްރާއީލަށް ބޭނުންވާ ހުރިހާ އެހީއެއް އެގައުމަށް ދޭނެ ކަމަށް އެމެރިކާގެ ރައީސް، ޖޯ ބައިޑެން ބުނެފިއެވެ.

ބައިޑެން ނެރުނު ބަޔާނެއްގައި ބުނީ، މިއަދު ހެނދުނު އިސްރާއީލުގެ ބޮޑު ވަޒީރު ބެންޖަމިން ނަތަންޏާހޫއަށް ފޮނުން ގުޅައި އެގައުމުގައި ހިނގަމުން އަންނަ ހަމަލާ ބަދަލު ކުރުންތަކުގެ ތަފްސީލް ބަލާފައިވާ ކަމަށެވެ.

މިހަމަލާތައް ކުށްވެރިކުރާކަން ހާމަކޮށް، ބައިޑެން ވަނީ މިދަނޑިވަޅުގައި އިސްރާއީލްގެ ސަރުކާރަށާއި މީހުންނަށް ބޭނުންވާ ހުރިހާ އެހީތެރިކަމެއް ދޭނެ ކަމަށެވެ. އަދި ނިރުބަވެރި ހަމަލާތަކަކީ ބަލައި ގަނެވޭނެ ހަމަލާތަކެއް ނޫން ކަމަށާއި އިސްރާއީލަށް ވެސް އެހަމަލާތަކުން ދިފާއުމަށް ފުރުސަތު އޮންނަން ޖެހޭނެ ކަމަށެވެ.

އަދި މި ދަނޑިވަޅުގައި އެކަމުގެ ނާޖައިޒު ފައިދާ ނަގައި އިސްރާއީލާއި ދެކޮޅަށް އެހެން ފަރާތަކުން ނޭރުމަށް ވެސް ބައިޑެން ވަނީ ގޮވާލާފައެވެ.

ހަމާސްއިން މިއަދު ހެނދުނުގެ ވަގުތެއްގައި އިސްރާއީލަށް ކުއްލި ރޮކެޓް ހަމަލާތަކެއް ދޭން ފެށުމާއި އެކީ، އެގައުމަށް ވެސް ލިބިގެން ދިޔައީ ކުއްލި ސިހުމެކެވެ. ގިނަ ދުވަސްތަކެއް ވަންދެން އިސްރާއީލުން ފަަލަސްތީނުގެ ކުށެއް ނެތް އެތައް ބަޔަކަށް ހަމަލާދީ ޝަހީދު ކޮށްލިއިރު ވެސް ހަމާސްއިން މާ ބޮޑު ހަމަލާ ބަދަލު ކުރުންތަކެއް ނުދެއެވެ.

ހަމާސްއިން ބުނެފައިވާ ގޮތުގައި އިސްރާއީލަށް އަމާޒުކޮށް މި ހަމަލާތައް ދޭން ފެށީ މުސްލިމުންގެ މުގައްދަސް ބިން ކަމުގައިވާ އަލް އަގްސާ މިސްކިތުގެ ހުރުމަތް ކަނޑާލުމާއި އެ ތަނަށްދާ މުސްލިމުންނަށް އަނިޔާކޮށް، ހައްޔަރު ކުރަމުންދާތީއެވެ.

ކިޔުންތެރިންގެ ހިޔާލު

9 ކޮމެންޓް

  1. މީހާ

    މިސޮރުވެސް ނިމިދާނީ ފަލަސްތީނު މީހުން އަތުން ހެން ހީވަނީ

    41
  2. Anonymous

    މުސްލިމުއަހުނާއި އުހުތުނަށް ނަޝްރު ދެއްވާ ކާފިރުންގެ އަނިޔާވެރިކަމުން އަޅަމެން މިންޖު ކުރައްވާށި....އާމީން

    61
  3. ދިވެހިން

    މުސްލިމުއަހުނާއި އުހުތުނަށް ނަޝްރު ދެއްވާ ކާފިރުންގެ އަނިޔާވެރިކަމުން އަޅަމެން މިންޖު ކުރައްވާށި....އާމީން

    52
    • حسن

      أمين

      13
  4. އަލީބުނީ

    ތީ އެއްބަނޑު އެއްބަފާ ދެ ޓެރަރިސްޓުން. ކަލޭމެން ނެތިކުރައްވާޝި

    11
  5. މުޙައްމަދު

    ދެދުނިޔެއިންވެސް މި ނުބައިވެގެންވި ކާފަރުންނަށް ގަދަފަދަވެގެންވާ އަޒާބު ދެއްވާފަާނދޭވެ

    12
  6. ހަވާސާ ހަމީދު

    ޔާﷲ އެމެރިކާގެ ޔަހޫދީން ބައިބައިކުރަށްވައި ނިކަމެތި ކުރައްވާންދޭވެ. އިސްލާމްދީނަށް ނަސްރު ދެއްވާންދޭވެ. އާމީން

    18
  7. ޖާނޭ

    ކަލޭގެ ލަދު ޙަޔާތް ކުޑަ ކަމާއި އިނސާފެއް ނެތް ވަރު ވަރަށް ބޮޑަށް ސާފުވޭ. އަދިވެސް އިސްރާއީލުން ކުރާ އެއްވެސް ކަމެއް ތިޔަ ނުބައި ޖައްބާރަކަށް ނޭގޭ. އިސަރާއީލުން ކުރަނީ ރަގަޅު ކަންތައް ކަމަށް އަބަދުވެސް ދެކެނީ. ވީމާ، ﷲގެ ނިޔާ ފުޅު ކަލޭގެ މައްޗަށް ތަންފީޒުވާއިރު، ފިރުޢައުނުގެ ނިމުމަށްވުރެ ހިތިވެދާނެ.

    "ޒާލިމުން އަނިޔާކުރާއިރ، ބައްލަވަން މިރުސާދުގައި
    ޚަލިޤުލް ކައުނަނިވާކަން ނޭގެނީތަ ޢަޖައިބެކޭ"

  8. Anonymous

    ޔާ ﷲ. އެމެރިކާގެ ރައީސް ޖޯ ބައިޑަން އިސްރާޢީލަށް މަދަދު ދޭނަމަ އޭނާގެ ބާރު ކަނޑުވާލައި ނިކަމެތި ކުރައްވައި އެމެރިކާގެ ބާރު ދެރަކުރައްވައި ދިރިތިބީންނަށް އިބުރަތެއް ދައްކަވާންދޭވެ. ނުވަތަ އެމެރިކާއަށް ހެޔޮވިސްނުން ދެއްވައި ޔަހޫދީންނަށް ނަފުރަތު އުފައްދައި މުސްލިމުންނަށް ލޯބިޖެއްސެވުމަށް އެބައިމީހުންގެ ހިތްތައް ސީދާކުރައްވާފާންދޭވެ. އާމީން.