ހަމާސްއިން އިސްރާއީލަށް ދެމުން އަންނަ ހަމަލާތަކަކީ މީގެ ކުރިން އެޖަމާއަތުން ދީފައިވާ ހަމަލާތަކަށްވުރެ ވަރުގަދަ ހަމަލާތަކެއް ކަމަށް އިސްރާއީލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޏާހޫ ބުނެފިއެވެ.

ހަމާސް ޖަމާއަތުން އިއްޔެ ހެނދުނު ވަނީ ކުއްލި ހަމަލާތަކެއް އިސްރާއީލަށް ދޭން ފަށާފައެވެ. މި ހަމަލާތަކަކީ އިސްރާއީލުން ފަލަސްތީނުގެ ކުށެއް ނެތް އެތަކެއް ސަތޭކަ ބަޔަކު ޝަހީދުކޮށްލައި، އަނިޔާ ދެމުން އަންނާތީ ބަދަލު ހިފުމުގެ ގޮތުން ދީފައިވާ ހަމަލާތަކެކެވެ.

ހަމާސްގެ ހަމަލާތަކާއި ގުޅިގެން ފަހުން އިސްރާއީލުން ވެސް ވަނީ ހަމަލާތަކެއް ފޮނުވާފައެވެ. ހަމަލާތަކުގައި އިސްރާއީލުގެ ގިނަ ބަޔަކު މަރުވެފައިވާއިރު، ފަލަސްތީނުގެ ބައެއް މީހުން ވެސް ޝަހީދު ވެފައިވާ ކަމަށް ރިޕޯޓްތަކުން ވަނީ ބުނެފައެވެ.

ހަމާސްއިން ދިން ކުއްލި "ސަޕްރައިޒް" ހަމަލާއާއި ގުޅިގެން ނަތަންޏާހޫ ބުނެފައިވަނީ މިއަދުގެ ހަމަލާއަކީ މީގެ ކުރިން އިސްރާއީލަށް ފެނިފައި ނުވާ ވަރުގެ ހަމަލާތަކެއް ކަމަށެވެ. ނަތަންޏާހޫ ސިފަ ކުރި ގޮތުގައި އެއީ މީގެ ކުރިން ނުދެކޭ ވަރުގެ ވަރުގަދަ ހަމަލާތަކެކެވެ. އަދި އެކަމުގެ ބަދަލު ކޮންމެ ވެސް އެއް ދުވަހަކުން ހިފާނެ ކަމަށް އޭނާ ވަނީ ބުނެފައެވެ.

އޭނާ ބުނި ގޮތުގައި އިސްރާއީލް ސިފައިންނަށް ހަމާސްގެ މީހުން ފިލައިގެން ތިބި ހުރިހާ ތަނެއް ހޯދޭނެއެވެ. އެހެން ކަމުން ޣައްޒާގެ ރައްޔިތުން އެތަންތަނުގައި ތިބިއްޔާ އެހެން ތަންތަނަށް ދިއުމަށް އޭނާ ވަނީ އިލްތިމާސް ކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. ދިވެހިން

    މިކަލޭގެ ބިރުގަނެއްޖެ ޔާﷲ މި އަނިޔާވެރި ނުބައި ކަލޭގެ ހިތި ގޮތަކަށް މަރު ހިއްޕަވާދޭނވެ އިބަ ރަސްކަލާނގެ ފިރުޢައުނާއި ހާމާނާއި ޤާރޫން ނެތި ކުރެއްވި ފަދައިން މިކަލޭގެ އަށް ލައުނަތް ލައްވައި މަރު ގެންދަވާފާނދޭވެ ޔާﷲ ފަލަސްތީނުގެ މުޖާހިދުންނަށް ނަސްރާއި ކާމިޔާބު ދެއްވާނދޭވެ އާމީން ޔާރައްބުލް އާލަމީން

  2. އަބުޅޯ

    ޔަހޫދީން މީގެކުރިން ދެކެފައިނުވާފަދަ އެތައްކަމެއް ކުރިޔަށްއޮތްތަނުގައި ފެނިގެންދާނެ. އިންޝާ ﷲ. ޔާ ﷲ ޔަހޫދީން ބަލިކުރައްވައި ނިކަމެތި ކުރައްވާށި. އަދި ފަލަސްޠީނަށް ނަޞްރާއި ކާމިޔާބު މިންވަރުކުރައްވާށި. އާމީން.

  3. ފެންސިރު

    ސައިތާނުންތަށް މުޅި ފަލަސްތީނުގެ މުގައްދަސް ބިމަށްވެރިވެގަނެ، ހިސޯރުކޮށް ކުޑަކުރަމުން، ކުޑަކުރަމުންގޮސް ގައްޒާގައި އެތައްމުސްލިމުންނެއް ތާށިކޮށްގެން، އެތަން ހިޓްލަރު ހެދިކަހަލަ ކޮންސަންޓްރޭޝަން ކޭމްޕަކަށް ހަދައިފި. ޢެކަމުގެ ބަދަލު ހިތިކޮށް ފެންނާނެ. ފަލަސްތީނު މިނިވަންވާނެ.

  4. ކާޅު ބާޒުު

    މިހިރަ ބުރާންތިއާ! ﷲ ތަޢާލާގެ މަގުގައި ތިބި މުޖާހިދުންނަކީ ކަލޭގެ ތަލި ހިކޭވަރުގެ ބިރުވެރި ބަޔަކަށް ވާނެ...